ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 28 December 2008

ރީނދޫކަޕްގެ ޗެމްޕިއަންކަން ކްލަބުޗެލެންޖަރސް ހޯދައިފި



އަމިއްލަފަރާތަކުން ޚަރަދުކޮށްގެން ލަންދޫގައި ފުރަތަމަފަހަރަށް ބޭއްވުނު ފުޓްބޯޅަމުބާރާތް ، ރީނދޫ ނަސީމު ދަރި ވަސީމް ގެ ރީނދޫކަޕް2008 ގެ ޗެމްޕިއަންކަން ކްލަބު ޗެލެންޖަރސް ހޯދައިފިއެވެ. ކްލަބު ޗެލެންޖަރސް ޗެމްޕިއަންކަން މިހޯދީ ފައިނަލްގައި ޕަސަންޓް ސްޕޯޓްސް އާއި ބައްދަލު ކޮށް 5-2 ން ފައިނަލްމެޗް ކާމިޔާބުކޮށްގެންނެވެ.

ލަންދޫ ބޮޑުކަތީބު އަލްފާޟިލް ޙަސަންނަޞީރު ޝަރަފްވެރިކޮށްދެއްވި މިފައިނަލްމެޗްގެ ފުރަތަމަލަންޑުޖަހައިދިނީ ފުރަމަ ހާފްގެ ފުރަތަމަމިނިޓްގައި ކްލަބުޗެލެންޖަރސްގެ ޖަރޒީނަމްބަރ 8 ޢަބުދުއްރައްޒާޤު އިބްރާހީމް ( ރިޒާ ) އެވެ. އޭގެފަހުން އަނެއްކާ ފުރަތަމަހާފްގެ 10 ވަނަމިނިޓްގައި އެޓީމްގެ ޖ.ނަމްބަރ 7 އާތިފް ޙަސަންވެސް ލަނޑެއް ޕަސަންޓްގެ ގޯލަށްވައްދާލިއެވެ. މިދެގޯލާއިއެކު ޕަސަންޓް ސްޕޯޓްސް ގެ އުންމީދު ވަރަށްބޮޑަށްދައްވެފައިވަނިކޮށް ޗެލެންޖަރސްގެ 3 ވަނަގޯލް ކާމިޔާބުކޮށްދިނީ ޖ.ނަމްބަރ 17 އިބްރާހީމް ސާމިހް ( ކިއްބަ ) އެވެ. އަނެއްކާ އޭގެ 2 މިނިޓްފަހުންވެސް ޗެލެންޖަރސްގެ 3 ވަނަގޯލް 7 ނަމްބަރ އާތިފް ކާމިޔާބުކޮށްދިނެވެ. ފުރަތަމަ ހާފްނިމިގެންދިޔައީ 3-0 ގެ ލީޑު ޗެލެންޖަރސް ހޯދާމެޗްގެ ކޮންޓްރޯލް އަތުލައިފައިވަނިކޮންނެވެ.
ފަހުހާފްގެ ކުޅުމަށް ނިކުތް އިރު ޕަސަންޓްގެ ކުޅުންތެރިން ތިބީ ހިތްވަރުކޮށް ފަހަތުން އަރާ މެޗް އަތުލެވޭތޯ ހުރިހާކުޅުންތެރިންވެސް އަޒުމްކަނޑައަޅަފާކަމަށް ކުޅުންތެރިންގެ މޫނުމަތިން ފެނުނުކަހަލައެވެ. އޭގެނަތީޖާއެއްގެ ގޮތުން ފަހުހާފްގެ 4 ވަނަމިނިޓްގައި ޕަސަންޓްގެ ޖ.ނަމްބަރ 17 ޢަބުދުﷲ ސިޔާމް ( ސީޓޭ ) އެޓީމްގެ ފުރަތަމަ ގޯލްކާމިޔާބުކޮށްދިނެވެ. އަދިހަމަ އޭގެ ފަހުން ފަހުހާފްގެ 38 ވަނަމިނިޓްގައި ސީޓޭގެ ދެވަނަގޯލްގެ ވެސް ފެނިގެންދިޔައެވެ. މެޗްގެ ސްކޯރ 4-2 ގައި ވަނިކޮށްފަހުހާފްގެ 42 ވަނަމިނިޓްގައި ޗެލެންޖަރސްގެ 5 ވަނަލަނޑު ޖަހައިދިނީ ފަހުހާފްގެ 42ވަނަމިނިޓްގައި އެޓީމްގެ ޖ.ނަމްބަރ 17 އިބްރާހީމް ސާމިހް ( ކިއްބަ ) އެވެ. މެޗް ނިމިގެންދިޔައީ މިނަތީޖާގައި އޮވެ އެވެ. ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ މިމެޗްގައި 2 ގޯލް ޖަހައިދިން ޗެލެންޖަރސްގެ ޖ.ނަމްބަރ 8 އާތިފް ޙަސަނެވެ.
މުބާރާތުގެ މަޤާމްތައް
ފެއަރޕްލޭޓީމް:ޕަސަންޓް ސްޕޯޓްސް ކްލަބް
އެންމެގިނަލަނޑުޖެހިކުޅުންތެރިޔާ: މުޙައްމަދު ސިމާލް (ޕަސަންޓް ސްޕޯޓްސް ) ސ
އެންމެމޮޅުޑިފެންސް:މުޙައްމަދު ސިނާން (ކުޑަފަރި) ކްލަބް ޗެލެންޖާސް
އެންމެމޮޅުފޯވާޑް: މުޙައްމަދު ސިމާލް (ޕަސަންޓް ސްޕޯޓްސް )ސ
އެންމެމޮޅުމިޑްފީލްޑް: ނައުޝާދު ޢަބުދުއްރަޙީމް (ކްލަބް ޗެލެންޖަރސް )ސ
އެންމެމޮޅުކީޕަރ :އަޙްމަދު ޝަކީލް (ކްލަބް ޗެލެންޖަރސް )ސ
ފެއަރޕްލޭކުޅުންތެރިޔާ: ޢަބުދުއްރައްޒާޤް އިބްރާހީމް (ކްލަބް ޗެލެންޖަރސް )ސ
އެންމެ އުންމީދިކުޅުންތެރިޔާ: އާތިފް މޫސާ (ކްލަބް ޗެލެންޖަރސް )ސ
މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ: ނައުޝާދު ޢަބުދުއްރަޙީމް (ކްލަބް ޗެލެންޖަރސް )ސ

1 ޚިޔާލު:

Anonymous said...

can u leave ur phone number to me???