ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Friday, 26 December 2008

ރަށު ކޯޗެއްގެ އިރުޝާދުގެ ދަށުން ޤައުމީ ފެތުމުގެ މުބާރާތުގެ ތިންވަނަ ލިޔެސް ހޯދައިފި.

ޚަބަރު: ޙަފްޞީ ޢަބުދުﷲ




މިއަދު ނިމުނު ތިރީސް ހަތަރުވަނަ ޤައުމީ ފެތުމުގެ މުބާރާތުގެ އަންހެން ބައިގެ ތިންވަނަ ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީއަށް ލިބިއްޖެއެވެ. ލަންދޫގެ ޒުވާން ކޯޗް އަދި ފެތުންތެރިޔާ އަބުދުﷲ ނަސީރުގެ އިރުޝާދުގެ ދަށުން ވާދަކުރި މިޓީމްގެ ބައެއް ކުޅުންތެރިންވެސް ވަނީ މުބާރާތުގެ ބައެއް ވަނަތައް ހޯދާފައެވެ.

މިބައިގެ އެއްވަނަ ހޯދީ ފެތުމުގެ އެއްވަނަ ދަމަހައްޓަމުން އަންނަ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނެވެ. ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދީވެސް އެޓީމެވެ. މިއީ ލަންދޫގެ ޖަމްއިއްޔާއެއް ފެތުމުގެ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި ފުޓްބޯޅައިގެ އިތުރުން ކުޅިވަރެއްގައި ޤައުމީ ފެންވަރެއްގައި ވާދަކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
އަންނަ އަހަރުވެސް މިމުބާރާތުގައި ވާދަކުރުމަށް މިއަހަރުގެ ޓީމްގައި ހިމެނުނު ކުޅުންތެރިންނާ ލިޔެސް ޖަމްއިއްޔާއިން މިހާރު ވަނީ ވާހަކަދައްކާފައެވެ. މިއަހަރުގެ މުބާރާތުގައި ޖަމްއިއްޔާއިން ވާދަކުރަން ނިންމީވެސް ބައިވެރިވުމުގެ މުއްދަތު ހަމަވާންއޮތް ދުވަހުގެ ކުރީ ދުވަހުއެވެ.

0 ޚިޔާލު: