Wednesday, 24 December 2008
އެފްސީ އޮކާޗީއަށް ޗެމްޕިއަންކަންލިބުމުގެ އުފަލުގައި ޕާޓީއެއްދީފި
ނިމިގެދިޔަ ލިޔެސްހޮލިޑޭކަޕްގެ ޗެމްޕިއަންކަން އެފްސީ އޮކާޗީއަށް ލިބުމުގެ އުފަލުގައި ވަރަށްފުރިހަމަ ޕާޓީއެއް އެކްލަބުގެ ފަރާތުން އެކްލަބުގެ ހުރިހާމެމްބަރުންނަށާއި ، ލިޔެސް ހޮލިޑޭކަޕްގައި ބައިވެރިވި އެހެންޓީމްތަކުގެ އިސްބޭފުޅުންނަށާއި، ރަށުގެ ކަމުވޮށިވެގެންވާ މީހުންނަށާއި ، އޮކާޗީއަށް ހެޔޮއެދޭ ފަރާތްތަކަށް ރޭ ދީފިއެވެ.
ޕާޓީފެށިގެންދިޔައީ އޮކާޗީގެ ލޯގޯ ސިފަވެގެންދާނެގޮތުން ތައްޔާރުކުރެވިފައިވާ އަލިފާނުގެ ދައްކާލުމުކުންނެވެ. މިއައިޓަމްވެގެންދިޔައީ ޕާޓީއަށް ޙާޒިރުވެތިބި ގިނަބެއްގެ ހައިރާކަން ގެނެވުވި އައިޓަމެކެވެ. ޓީމުގެ މެނޭޖަރ އަބުދުﷲ ސާމީ ގެ އައިޑިއަރ އަށް ތައްޔާރު ކުރެވިފައިވާ މިލޯގޯގެ ހުޅުކޮޅުތައް ޕާޓީނިމެންދެން ނުނިވި ހުރިކަމަށް ޕާޓީނިމެންދެން ޕާޓީގައި އެތާނގައި އުޅުނު ބައެއްމީހުންބުނެއެވެ.
ކާނެވަރަކަށް ކާނެ ކުކުޅާއި ، ނޫޑުލްސް އަދި ސްޕެގެޓީއާއި ، ދެވައްތަރެއްގެ ޑެސަރޓްސް އެކުލެވޭ ގޮތުން ތައްޔާރުކުރެވިފައިވާ މިޕާޓީ އިންތިޒާމްކުރީ އެކްލަބުގެ ފަރާތުން އަމިލަފަރާތަކާއި ކޮންޓްރެކްޓް އުސޫލުންޙަވާލުކޮށްގެންކަމަށް އެފްސީއޮކާޗީން މަޢުލޫމާތު ދެއްވިއެވެ.
އެފްސީ އޮކަޗީގެ އަމާޒަކީ ރީނދޫކަޕް 2008 ގެވެސް ޗެމްޕިއަންކަން ހޯދުމެވެ. މިމުބާރާތުގައި އޮކާޗީންވަނީ މިހާތަނަށްވަނީ 2 މެޗްކުޅެ 3 ޕޮއިންޓްބަޔަށް ހޯދާފައެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment