ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Friday, 26 December 2008

ރީނދޫކަޕްގެ ފުރަތަމަ ހެޓްރިކް ހެދީ ވެލޯސިޓީގެ ޞައްފަތު


ރީނދޫނަސީމުގެ ދަރި ވަސީމް ޚަރަދުކޮށްގެން ލަންދޫގައި ކުރިއަށްގެންދާ ރީނދޫކަޕް 2008 ގެ ފުރަތަމަ ހެޓްރިކް މިއަދު ކުޅުނުމެޗްގައި ކްލަބު ވެލޯސިޓީގެ ޞައްފަތު މުޙައްމަދު ( ކެނދިކޮޅު ) ހަދައިފިއެވެ.

ރީނދޫކަޕްގެފައިނަލިސްޓުންގެ ގޮތުގައި ޕަސަންޓް ސްޕޯޓްސްއާއި ކްލަބު ޗެލެންޖާރސް ހޮވިފައިވަނިކޮށް މިމުބާރާތުގެ 6 ވަނަމެޗްގައި މިއަދު ޕަސަންޓް ސްޕޯޓްސްއާއި އެކު ކްލަބު ވެލޯސިޓީ ބައްދަލުކުރީ ޕޮއިންޓް ޓޭބަލްގެ އެންމެފަހަތުގައި އަދި ކުޅުނު އެއްވެސްމެޗަކުން މޮޅުނުވެ ވަނިކޮށެވެ. މިއަދު ގެ މެޗްގައި ޕަސަންޓް ސްޕޯޓްސްއިން އެޓީމްގެ ބެންޗް ޓީމް އަރުވައިގެން ކުޅުނު މިމެޗްގައި ސައްފަތުގެ 3 ލަންޑުގެ އިތުރުން ވެލޯސިޓީގެ ޖ.ނަމްބަރ 8 އިސްމާއީލް ޝިމާޒް ( ކައްޓި ) އާއި ޖ.ނަމްބަރ 10 ޝަހީމް އިބްރާހީމް ( ބެއްރީ ) މިދެކުޅުންތެރިންވެސް ކޮންމެކުޅުންތެރިއަކު 1 ލަނޑުޖަހައިދީފައިވެއެވެ. އަދި ޕަސަންޓް ސްޕޯޓްސްއިންވެސް ޖ.ނަމްބަރ 08 ޝިމާލު ( ކެނދިކޮޅު ) އާއި ޖ.ނަމްބަރ 14 ޢަބުދުލްޢަޒީޒު މުޙައްމަދު ( ބަހާރޭ ) ވެސް މިއިންކޮންމެ ކުޅުންތެރިއަކު 1 ލަނޑު ޕަސަންޓް ސްޕޯޓްސްއަށްވެސް ޖަހައިދީފައިވެއެވެ. މިލަޑުތަކާއިއެކު މެޗްގެ 90 މިނިޓް ހަމަވެ ނިމުނު އިރު ނަތީޖާ އަކީ 5-2 ން ކްލަބު ވެލޯސިޓީ މެޗް ކާމިޔާބު ކުރުމެވެ.
މިމެޗްގައި ޕަސަންޓް ސްޕޯޓްސްގެ ޖ.ނަމްބަރ 8 މުޙައްމަދު ޝިމާލު ( ސިމައްޓޭ ) ޖެހިލަނޑާއިއެކު މިހާތަނަށް މުބާރާތުގެ އެންމެ ގިނަލަނޑުޖެހި ކުޅުންތެރިޔާއަށް ޖުމުލަ 5 ގޯލް ކާމިޔާބުކޮށްެގެން މިވަނީ ހޮވިފައެވެ. އަދި މިމުބާރާތުގެ މިހާތަނަށް ދެވަނައަށް ގިނަލަނޑުޖެހިކުޅުންތެރިޔާއަށް ކްލަބު ޗެލެންޖަރސްގެ 77 ނަމްބަރ ނައުޝާދު ޢަބުދުއްރަހީމް ވަނީހޮވިފައެވެ. މުބާރާތުގެ މަޤާމްތައް މުޅިން ކަނޑައެޅިއެނގިގެންދާނީ މިއަންނަ އާދިއްތަދުވަހު ކުޅެވޭ ފައިނަލް މެޗަށްފަހުއެވެ.

0 ޚިޔާލު: