Tuesday, 23 December 2008
އޮކާޗީ އާއި ވެލޯސިޓީ ބައްދަލުކުރިމެޗް 2-0 ން އޮކާޗީ ކާމިޔާބުކޮށްފި

ލަންދޫގައި މިހާރު ހިގަމުންދާ ރީނދޫކަޕް 2008 ގެ ތިންވަނަ މެޗްގައި އެފްސީ އޮކާޗީއާއި ކްލަބު ވެލޯސިޓީ ބައްދަލުކޮށް 2-0 ން އޮކާޗީ މިމެޗް ކާމިޔާބުކޮށްފިއެވެ. މިދެޓީމްވެސް ފުރަތަމަ ކުޅުމެޗުން ކޮންމެ ޓީމެއްވެސް ބަލިވެފައިވަނީކޮށް ބައްދަލުކުރި މިމެޗުން ވެލޯސިޓީ ބަލިވުމުން މުބާރާތުގެ ފައިނަލަށް ދިޔުމުގެ ދޮރު ގާތްގަޑަކަށް ވެލޯސިޓީއަށް މިވަނީ ބަންދުވެފައެވެ. ސަބަބަކީ މިމުބާރާތުގައި ބައިވެރިވި އަނެއް ތިންޓީމުން ކޮންމެޓީމެއް ވަނީ 3 ޕޮއިންޓް ހޯދާފައެވެ.
މިއަދު ކުޅެވުނު މިމެޗްގެ ފުރަތަމަގޯލް އޮކާޗީއަށް ކާމިޔާބު ކޮށްދިނީ ލިޔެސްހޮލިޑޭ ކަޕް ގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމްހޯދާފައިވާ އެފްސީ އޮކާޗީގެ ޖަރޒީ ނަމްބަރ 08 އިސްމާއީލް އިބްރާހިމް އެވެ. ފުރަތަމަ ހާފްގެ 22 ވަނަމިޓްގައި ޖަހައިދިން މިލަނޑާއި އެކު ވެލޯސިޓީއިންވެސް ކުޅުން ތަންކޮޅެއް ރަގަޅުކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނު އިރުވެސް ނަތީޖާ އޮތީ 1-0 ން އޮކާޗީ ކުރީގައެވެ. މެޗްގެ ދެވަނަލަނޑު އޮކާޗީއަށް ފަހުހާފްގެ 46 ވަނަމިޓްގައި ( މެޗް ނިމިނިމިއިންދާ ) އޮކާޗީއަށް ކާމިޔާބުކޮށްދިނީ ވެލޯސިޓީގެ ކީޕަރ ފުޖްމޯރީގެ މިސްޓޭކަކުން ލިބުނު ޗާންސަކުން އެފްސީ އޮކާޗީގެ ޖަރޒީނަމްބަރ 05 ހުސެއިން ޖަވާދު ( ޖަވާ ) އެވެ. ޖަވާއަކީ ވޭތުވެދިޔަ ލިޔެސް ހޮލިޑޭ ކަޕްގެ އެންމެމޮޅުކުޅުން ތެރިޔާގެ މަޤާމް ވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ.
އެފްއޭއެމްގެ ރެފްރީ ލަންދޫ ބޮކަރުމާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ރެފްރީކަން ކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗް މަޤާމް ހޯދީ އެފްސީ އޮކާޗީގެ ޖަރޒީނަމްބަރ 07 ޔޫސުފް އަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ.
ރީނދޫކަޕްގައި އަދިމިހާތަނަށް ފެނިގެންދިޔަ އެންމެގިނަކާޑުވެސް ފެނިގެންދި
ޔައީ މިމެޗްގައެވެ. އެފްސީ އޮކާޗީގެ ޖަރޒީނަމްބަރ 18 މުހައްމަދު އަޙްމަދު ( ހިންމަފުށިމޯޑު ) އަށާއި، ހަމަ އެޓީމުގެ ޖަރޒީނަމްބަރ 09 ވަސީމު އަށާއި، 17 ޝަހީމް އަށް ވެސް ރީނދޫކާޑު ދައްކާފައިވެއެވެ. އަދި ހަމަ އެފްސީ އޮކާޗީ ގެ މެނޭޖަރ ޢަބުދުއްރައްޒާޤަށް ވެސް އެޓީމުގެ ބެންޗްގައި އިންދާ ރީދޫކާޑެއްދަކާފއިވެއެވެ.
ހަމަ އެފަދައިން ކްލަބު ވެލޯސިޓީގެ ޖަރޒީނަމްބަރ 11 ޙަސަން ޒަރީރަށާއި، އެޓީމްގެ ޝަހީމު އިބްރާހީމް ( ބެއްރޭ ) އަށްވެސް މިމެޗްގައި ރީދޫ ކާޑުދައްކާފައިވެއެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޕަސަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ޗެލެންޖާރސްއެވެ.

ލަންދޫގައި މިހާރު ހިގަމުންދާ ރީނދޫކަޕް 2008 ގެ ތިންވަނަ މެޗްގައި އެފްސީ އޮކާޗީއާއި ކްލަބު ވެލޯސިޓީ ބައްދަލުކޮށް 2-0 ން އޮކާޗީ މިމެޗް ކާމިޔާބުކޮށްފިއެވެ. މިދެޓީމްވެސް ފުރަތަމަ ކުޅުމެޗުން ކޮންމެ ޓީމެއްވެސް ބަލިވެފައިވަނީކޮށް ބައްދަލުކުރި މިމެޗުން ވެލޯސިޓީ ބަލިވުމުން މުބާރާތުގެ ފައިނަލަށް ދިޔުމުގެ ދޮރު ގާތްގަޑަކަށް ވެލޯސިޓީއަށް މިވަނީ ބަންދުވެފައެވެ. ސަބަބަކީ މިމުބާރާތުގައި ބައިވެރިވި އަނެއް ތިންޓީމުން ކޮންމެޓީމެއް ވަނީ 3 ޕޮއިންޓް ހޯދާފައެވެ.
މިއަދު ކުޅެވުނު މިމެޗްގެ ފުރަތަމަގޯލް އޮކާޗީއަށް ކާމިޔާބު ކޮށްދިނީ ލިޔެސްހޮލިޑޭ ކަޕް ގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމްހޯދާފައިވާ އެފްސީ އޮކާޗީގެ ޖަރޒީ ނަމްބަރ 08 އިސްމާއީލް އިބްރާހިމް އެވެ. ފުރަތަމަ ހާފްގެ 22 ވަނަމިޓްގައި ޖަހައިދިން މިލަނޑާއި އެކު ވެލޯސިޓީއިންވެސް ކުޅުން ތަންކޮޅެއް ރަގަޅުކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނު އިރުވެސް ނަތީޖާ އޮތީ 1-0 ން އޮކާޗީ ކުރީގައެވެ. މެޗްގެ ދެވަނަލަނޑު އޮކާޗީއަށް ފަހުހާފްގެ 46 ވަނަމިޓްގައި ( މެޗް ނިމިނިމިއިންދާ ) އޮކާޗީއަށް ކާމިޔާބުކޮށްދިނީ ވެލޯސިޓީގެ ކީޕަރ ފުޖްމޯރީގެ މިސްޓޭކަކުން ލިބުނު ޗާންސަކުން އެފްސީ އޮކާޗީގެ ޖަރޒީނަމްބަރ 05 ހުސެއިން ޖަވާދު ( ޖަވާ ) އެވެ. ޖަވާއަކީ ވޭތުވެދިޔަ ލިޔެސް ހޮލިޑޭ ކަޕްގެ އެންމެމޮޅުކުޅުން ތެރިޔާގެ މަޤާމް ވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ.
އެފްއޭއެމްގެ ރެފްރީ ލަންދޫ ބޮކަރުމާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ރެފްރީކަން ކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗް މަޤާމް ހޯދީ އެފްސީ އޮކާޗީގެ ޖަރޒީނަމްބަރ 07 ޔޫސުފް އަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ.
ރީނދޫކަޕްގައި އަދިމިހާތަނަށް ފެނިގެންދިޔަ އެންމެގިނަކާޑުވެސް ފެނިގެންދި

ހަމަ އެފަދައިން ކްލަބު ވެލޯސިޓީގެ ޖަރޒީނަމްބަރ 11 ޙަސަން ޒަރީރަށާއި، އެޓީމްގެ ޝަހީމު އިބްރާހީމް ( ބެއްރޭ ) އަށްވެސް މިމެޗްގައި ރީދޫ ކާޑުދައްކާފައިވެއެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޕަސަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ޗެލެންޖާރސްއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment