Sunday, 21 December 2008
ރީނދޫކަޕް 2008 ފެށީ އެފްސީއޮކާޗީއާއި، ޕަސަންޓްސްޕޯޓްސް

އަމިއްލަފަރާތަކުން އިސްނަގައިގެން ލަންދޫގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަމުބާރާތް ރީނދޫކަޕް 2008 މިއަދު ފަށަައިފިއެވެ. މުބާރާތުގެ އޯޕަނިންގ ސަރމަނީގައި ބައްދަލުކުރީ ލިޔެސް ހޮލޑޭކަޕް 2008 ގެ ޗެމްޕިއަން އެފްސީ އޮކާޗީއާއި ، ހޮލިޑޭކަޕް 2007 ގެ ޗެމްޕިއަން ޕަސަންޓް ސްޕޯޓްސް ކްލަބެވެ.
ހަތަރުޓީމްގެ ދިދައާއި، ސަރުކާރުދިދައާއި އަދި މުބާރާތުގެ ދިދަ އެއްފަހަރާ ނެގުމުގެ އިވެންޓަކުން ފެށިގެންދިޔަ މިމުބާރާތުގެ ފުރަތަމަމެޗްގެ ފުރަތަމަ ހާފްގައި ވަނީ ޕަސަންޓް ސްޕޯޓްސްއިން އެޓީމްގެ ޖާރޒީނަމްބަރ 8 މުޙައްމަދު ސިމާލު (ކެނދިކޮޅު ) ޖެހިޖެހިގެން ކަހަލަ ގޮތަކަށް 2 ގޯލް ބަޔަށް ހޯދައިދީ މެޗްގެ ފުރިހަމަކޮންޓްރޯލް އަތުލައިފައެވެ.
އެފްސީއޮކާޗީއިން ވަރަށް އިތުބާރާއިއެކު ކާމިޔާބުކުރުމަށް ނިންމައިގެން ތިބިމިމެޗްގެ އެކި ހިސާބުން އޮކާޗީއަށް ގޯލްޖަހާނެ ވަރަށްގިނަ އޯޕަން ފުރުޞަތުތަކެއް ލިބި ނާކާމިޔާބު ވެގެން ދިޔުމުގެ ސަބަބުން 90 މިނިޓް ހަމަވެ މެޗްނިމިގެންދިޔައީ 2-1ގައި އޮވެ ޕަސަންޓް ސްޕޯޓްސްް މޮޅުވެގެންނެވެ.
ލަންދޫގެ ތަޖްރިބާކާރު ރެފްރީ އަލްފާޟިލް ޖަމާލު އައްޔޫބު ރެފްރީކަންކޮށްދެއްވި މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދީ ޕަސަންޓަށް 2 ގޯލްވެސް ކާމިޔާބުކޮށްދިން ސިމައްޓޭ އެވެ.
ރީނދޫކަޕް 2008 ގެ ދެވަނަމެޗްގައި މާދަމާ ބައްދަލުކުރާނީ ކްލަބު ޗެލެންޖަރސް އާއި ވެލޯސިޓީ އެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment