ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 2 December 2008

އަގުބޮޑު މުބާރާތުގެ ނަން ފާސްކޮށްފި

ލިއުނީ : މޫސާ ޙުސެއިން


މިރަށުގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތައް ނަމެއް އިއްޔެފާސް ކޮށްފިއެވެ. މިރަށުގެކުޅިވަރަށް ޚާއްޞަކޮށް ފުތުބޯޅައަށް ނުޙަނު އަގުހުރި ޙިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ކ.މާލެއަށް އުފަން "ރީދޫ" ނަސީމުގެ ދަރި ވަސީމް ހުރިހާ ޚަރަދެއް ކުރައްވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ނަމަކީ " ރީދޫކަޕް" އެވެ.

މީގެފަހުން ކޮންމެ އަހަރަކުވެސް މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތައެއް ފުރަތަމަކިޔުމަށް ވިސްނާފައިވަނީ"ވައްސޭކަޕް" ނުވަތަ "އުލްފާކަޕް" އެވެ. ނަމަވެސްމި މުބާރާތައް "ރީދޫކަޕް" ކިޔުމަށް އެންމެފަހުން ނިންމާފައިވަނީ ވައްސޭގެ ޢާއިލާއަށް ނިސްބަތްކޮށް "ރީދޫ" ކިއެމުންދާތީ މިކަންތައް ދެމެހެއްޓުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިމުބާރާތައް ހުރިހާ ޚަރަދެއް ކުރައްވަުންގެންދަވާ މުޙަންމަދު ވަސީމް (ވައްސޭ) މިވަޤުތު އާޢިލާއާއި އެކު ހުންނެވީމިރަށުގައެވެ.
އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވައްސޭގެ" ރީދޫކަޕް " އަށް ހުށަހެޅިފައިވާ ފައިސާގެ ޢިނާމްތަކަކީ އަތޮޅުމުބާރާތުގަޔާއި އަދި "ޔޫތްކަޕް" ގައިދެވޭ ޢިނާމްތަކަށްވުރެ އަގުބޮޑު އިނާމްތަކެކެވެ. ހަމަޔަޤީނުންވެސް މިމުބާރާތައްޓަކައި ގެނެވިފައިވާ ޓުރޮފީތަކަކީ އެންމެޒަމާނީ އަގުބޮޑެތި ޓުރޮފީތަކެކެވެ.
ވައްސޭގެ "ރީދޫ ކަޕް " އާއިބެހޭގޮތުން ރަށުގެޒުވާނުންނަށް މަޢުލޫމާތު ދިނުމަށް ޚާއްޞަ ބައްދަލްވުމެއް މިއަންނަހުކުރު ދުވަހުގެރޭ ބޭއްވުމަށް ރާއްވަވަމުންދާ ކަމުގައި "ރީދޫ ކަޕް" އިންތިޒާމްކުރައްވާ ކޮމެޓީން ހާމަކުރައްވައެވެ.
މިރަށުގައިމިފަހަރު މިބޮޑުބަންދާއި ދިމާކޮށްބޭއްވުމަށް ހަމަޖެހިފައިވާ "ލިޔެސްހޮލިޑޭ ކަޕް" އަށާއި ވައްސޭގެ
" ރީދޫ ކަޕް" އަށްޓަކައި ލަންދޫގެ ހުރިހާ ޒުވާނުންއަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. ޓީމްތައްބެހިފައިވުމާއިއެކުޓިމްތައްވަކިން ތއްޔާރުވަމުންއަންނައިރު ހީވަނީ ފުޓްބޯޅައިގެ ފެސްޓިވަލެއް ރަށަށް އައިސްފައިވާހެނެވެ.

1 ޚިޔާލު:

Anonymous said...

yellow cup eh noo tha.