Tuesday, 2 December 2008
ތައްޔާރުވަނީ

ވޭތުވެދިޔަ އަހަރުގެ ޑިސެންބާރ 3 ގައި ރަޖިސްޓްރީ ކުރެވުނު ލަންދޫޔޫތު އެންކަރޭޖިންގ ސޮސައިޓީ (ލިޔެސް)

މިޖަމްޢިއްޔާއިން ތައްޔާރުވަމުން އެބަދެއެވެ.
ލަންދޫގައި މިވަޤުތު ތިބިނަމަ، ތިބިޒުވާނުންނެއް ހިމެނޭލިޔެސް ޖަމްޢިއްޔާއަކީ ލަންދޫގައި ވަޅުޖަހާފައިވާ ޖަމްޢިއްޔާގެ ފޯރިނަގާއި، ޖަމްޢިއްޔާއެއްގެ ރޯލްފުރިހަމައަށް މިއަދުއަދާ ކުރަމުން އަންނަހީވާގި މެމްބަރަކު ޙަރަކާތްތެރި ވަމުންއަންނަ ޖަމްޢިއްޔާއެކެވެ.
މިޖަމްޢިއްޔާގެ ފުރަތަމަ އަހަރީދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުންއަންނައިރު މިޖަމްޢިއްޔާއިންވަނީ ވަރަށް ގިނަގުން ޙަރަކާތްތަކެއް ހިންގައި ރަށުގެ ގިނަބައެއްގެ މަޤުބޫލްކަމާއި ތާޢީދުހޯދާފައެވެ.
ލިޔެސް ޖަމްޢިއްޔާގެ ފުރަތަމަ އަހަރީދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން ދާއިރުމުޖަމްއިއްޔާއިން ޚާސިލްކޮށްދެވުނު އެންމެ މުހިންމުއަދި ޚާއްސަކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ ރަށުގެޒުވާނުންގެ މެދުގައި އުފެދިފައިވާ ނުގުޅުންތެރިކަމާއި، ބައިވެރިނުވުމާއި، ވަގުތައްޙުރުމަތްތެރިކޮން ނުހިތުން އެއްކިބާކޮށްލުމައްފަހު ރަށުގެޒުވާނުންނަކީ ގުޅޭ، އެކުވެރި އަދި ގަޑިއަށް ފަރުވާތެރި ޒިންމާދާރު ޒުވާނުންތަކަކަށް ހެދުމަށެވެ.
ކުޅިވަރުގެރޮގުން ހޯދާފައިވާ ސަމާނާއި، ސައުންޑުފަދަތަކެއްޗާއި މީހުންހޭލުންތެރި ކުރުމަށްޓަކައި ހިންގިފައިވާ ތަފާތު ޕްރޮގްރާމްތަކަކީވެސް މިޖަމްޢިއްޔާގެ ކާމިޔާބުގެ ތެރޭގައި ފާހަގަކޮށްލެވޭ ކަންތައްތައް ނަމަވެސް އިސްވެދެންނެވުނު ކަންތައްތަކަކީ އަޅުގަނޑު އެންމެ ފާހަގަކުރަން ބޭނުންވާކަންތައްތަކެވެ.
ލަންދޫގެ ތަރައްޤީއަށްޓަކައި އުފެދިފައިވާ ދެޖަމްޢިއްޔާގެ ތެރެއިން ލަންދޫޒުވާނުންގެ ޖަމްޢިއްޔާގެ އަޑެއްބަޑެއް ނީވޭއިރު ލިޔެސް ޖަމްޢިއްޔާއިން މިއަދުކުރިއަށް ގެންދާމަސައްކަތްތައް ކުރިމަގުގައިވެސް ކުރިއަށްގެންގޮސް އިތުރު އަރުތަ ތަކެއް ކުރިމަގުގައި މިޖަމްޢިއްޔާ ޙާސިލްކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment