ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 2 December 2008

ވަރަށްމަދުންނޫނީ އުޑުމަތިން ނުފެންނާނެ ރީތިމަންޒަރެއް ރޭ ފެނިއްޖެ.!ސ
ލިޔުނީ : އަޙްމަދު ދާއޫދު


ވީނަސް ތަރި އާއި ޖުޕިޓަރ ތަރި އަދި ހަނދު މިތިން ތަރި ވަރަށް ކައިރިވެފައިވަނިކޮށް ރޭފެނިއްޖެއެވެ. ފަލަކީ ޢިލްމްވެރިން ހާމަކުރައްވާ ގޮތުން މިއީ "ކޮންޖަންކްޝަން" އޭ ކިޔާމަސްސަރެކެވެ.މިފަދަ ގޮތަކަށް ތަރިތައް އެއްތަރި އަނެއްތަރިއާއި އެންމެގާތުން އަޅުގަނޑުމެންނަށް ފެންނާނެ ރެއަކީ ރޭކަމުގައި ފަލަކީ އިލްމްވެރިން ބުނެއެވެ.

މިދެތަރި މިހާގާތްވެފައިވާތީ އުޑުމަތި ރޭ ވަނީ ވަރަށް ބޮޑަށްއަލިވެފައެވެ. މިމަންޒަރު އެންމެ ރީއްޗަށް ފެނިފައިވަނީ ރޭމަޣްރިބް ނަމާދަށް ފަހު ކުޑަހިނދުކޮޅެއް ވަންދެންނެވެ. މިމަންޒަރު ބެލުމަށް ލަންދޫގެ ވަރަށް ގިނަޢަދަދެއްގެ މީހުން މަގުމައްޗަށް ނުކުމެ ހަދާފައިވެއެވެ. އަދި ފޯނު ކޮށް އެހެންރައްރަށުގައި ތިބި ރައްޓެހިންނަށްވެސް މިޚަބަރުދީހަދާފައިވެއެވެ.

0 ޚިޔާލު: