ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 21 December 2008

ލިޔެސް ހޮލިޑޭ ކަޕާއިމެދު......!ސ
ސ
ލިޔުނީ މޫސާ ޙުސެއިން / މިހާސް




ލަންދޫގެ ތާރީޚްގައި މިހާތަނަށް ބޭއްވުނު އެންމެފޯރިގަދަ މުބާރާތަކީ މިމަހުގެ 12 ން 19 ށް ބޭއްވުނު " ލިޔެސް ހޮލިޑޭކަޕް" ކަމާއިމެދު ހަމައެކަކުވެސް ދެބަހެއްނުވާނެއެވެ.
ލަންދޫޔޫތުއެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) ޖަމްޢިއްޔާއިން އިސްނަގައިގެން ބޭއްވުނު މިމުބާރާތް އަޅުގަނޑަށް ސިފަކުރެވިގެން ދިޔައީ އަތޮޅުފުޓްބޯޅަމުބާރާތަށްވުރެވެސް ފޯރިގަދަ ފުޓްބޯޅަމުބާރާތެއްގެ ގޮތުގައެވެ.
ލަންދޫޔޫތުއެންކަރޭޖިން ސޮސައިޓީ އެއްއަހަރާއި ނުވަދުވަހުގެ ތެރޭގައި ބޭއްވުނު މިބޮޑުޙަރަކާތުން ދައްކުވައިދިނީ މިއަހަރުގެ މިމުބާރާތަށްވުރެވެސް ކުރިމަގުގައި ފެންވަރު ރަނގަޅުކޮށް ގެންދެވިދާނެ މުބާރާތެއްގެ ކަމެވެ.

މިފަހަރުގެ މުބާރާތުން ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކޮށް އަންނައަހަރުގެ މުބާރާތަށް ކުރިމަތިލައިފިނަމަ މިމުބާރާތަކީވެސް އަތޮޅުގެ ފެންވަރުގެ މުބާރާތަކަށް ހަދާލެވިދާނެއެވެ.
މިފަހަރުގެ މުބާރާތުގައި އެންމެބޮޑު މައްސަލައަކަށް ދިމާވީ ރެފްރީންގެ މައްސަލައެވެ. މިމަސްލައަކީ މިއަދުން ފެށިގެން އަންނައަހަރުގެ މުބާރާތަށް ވިސްނަންވީކަމެކެވެ. އެފްއޭއެމްގެ އިސްބޭފުޅުންނަށް ބަރޯސާ ވުމުގެ ބަދަލުގައި ސީދާ ރެފްރީންނަށް ބަރޯސާވެވުނުނަމަ ހަމަގައިމުވެސް މިފަހަރުގެ މުބާރާތުގައިވެސް ރެފްރީންގެ މައްސަލައެއް ނުނިކުތީހެވެ.
" ލިޔެސް ހޮލިޑޭ ކަޕް" އަކީ އެންމެފޯރިގަދަ މުބާރާތަށްވެގެންދާއިރު މިމުބާރާތަށް އިންސާފުކުރުމުގައިޙަރަކާތްތެރިވެލައްވާ ޖަޖުކޮމިޓީވެސް ވާންވާނީ މިނިވަން ބޭފުޅުން ކޮޅަކަށެވެ. މުބާރާތުގައި ހޮވޭ ވަނަތަކަކީ އިންސާފުވެރިކަމާއި އެކު ރަގަޅަށް ބެލިގެން ހޮވޭ މަޤާމްތަކަކަށް ވާނީ ހަމަ އޭރުންނެވެ.
" ލިޔެސްޖަމްޢިއްޔާ"ގެ "ލިޔެސްހޮލިޑޭކަޕް" އަންނައަހަރު ބާއްވާނަމަ މިއަހަރުގެ މުބާރާތްބޭއްވުނު ދުވަހަސްވަރަށްވުރެ ތަންކޮޅެއްއަވަސް ކޮށްލަން ޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ބޮޑުޢީދުގެ ދުވަހެއްގައި ފައިނަލް ކުޅެވިއްޖެނަމަ މުބާރާތް މިޔަށްވުރެވެސް ފޯރިގަދަވެގެންދާނެކަން ހަމަ ޔަޤީނެވެ.
މިއަހަރުގެ " ލިޔެސްހޮލިޑޭކަޕް " އަކީ އަދި މިހާތަނަށް ސަޕޯޓަރުންގެ ފުރިހަމަސަޕޯޓް ފެނިގެންދިޔަ މުބާރާތްކަމަށްވާއިރު މިއަހަރަށްވުރެވެސް ބޮޑަށް ޓީމްތަކުން ސަޕޯޓަރުންގެ ސަޕޯޓް ހޯދުމަށް އާކަންތައް ތަކެއް ކުރަންޖެހެއެވެ. މިފަހަރު ފުއްޕާހަމާއި ދިދަތަކުން ދަނޑުގެ އަރިމަތިތައް ފުރާލެވިފައިވާއިރު އަންނައަހަރަށް ޓީމްތަކުން އެޓީމްތަކުގެ ޖާރޒީއާއި، ތޮފި އަދި ސްޓިކާރ ފަދަ ތަކެތި ހޯދުން މުހިއްމު ކަމުގައި ދެކެމެވެ.
މިހުރިހާކަމަކަށްވުރެ ބޮޑަށް އަޅުގަނޑުދެކޭގޮތުގައި ލިޔެސްޖަމްޢިއްޔާއިން ވިސްނަންވީ ކަމެއްކާމިޔާބުކުރުމަށްވުރެ ކާމިޔާބެއް ދެމެހެއްޓުން އުދަނގޫވާނެކަމެވެ. މިއީ އަޅުގަނޑުގެ ވިސްނުމާއި ޚިޔާލާއި ފިކުރެވެ.

0 ޚިޔާލު: