ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 21 December 2008

ލަންދޫގެ ބޮޑުބަޔަކަށް ކަރަންޓްނުލިބި 7 ގަޑިހެއްހާއިރު ތިބެންޖެހިއްޖެ


ވިއްސާރަވުމުގެ ސަބަބުން ޑިސްޓްރިބިޔުޝަން ފޮށިތަކަކަށް ފެނުގެ އަސަރުކޮށް ކަރަންޓަށް ދިމާވި ކުއްލިމައްސަލައަކާއި ގުޅިގެން ރަށުގެ ބޮޑުބަޔަކުން ކަރަންޓް ކެނޑި ގާތްގަޑަކަށް 7 ގަޑިހެއްހާއިރު ކަނުއަނދިރީގައި ތިބެންޖެހިއްޖެއެވެ. މިއަދު ހަވީރު 3 ޖެހިތަނާ މުޅިރަށުން ކަރަންޓް ދިޔައީ ވިއްސާރަ ވުމުގެ ސަބަބުން މަގުމަތީ ފޮށިތަކަށް ފެނުގެ އަސަރު ކޮށްގެންކަމަށް ލަންދޫ އިންޖީނުގޭގައި ޑިޔުޓީކުރާ ތިންމީހުން ކުރެ އެކަކު ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވިއެވެ.

ވިއްސާރަ ދުވަސްވަރު ކަރަންޓަށް މިމައްސަލަ މިދިމާވަނީ ކީއްވެތޯ ލަންދޫ ގައި ފުރަތަމަ ކަރަންޓް ވައިރުކޮށްދީ އިންޖީނުތައް ބަހައްޓައިދިނުމުގެ މަސައްކަތްތައް ކޮށްދެއްވި ހ.ފެންވިލާގެ ޝަހީމު އާދަމް ފުޅާއި ލަންދޫއިންފޯގެ ފަރާތުން ސުވާލުކޮށްލުމުން އޭނާ ބުނުއްވީ އެހެންއެވަނީ ރަށުގެ އާބާދީ ގައި ކަރަންޓް ބޭނުން ކުރާ މިންވަރަށް ވުރެ ކަރަންޓް އުފެއްދޭ މިންވަރު ދައްކަމުން ކަމަށެވެ. އަދި މީގެ 15 ވަރަކަށް އަހަރު ކުރިން އަޅާފައިވާ 64 ގެ ކޭބަލް މިހާރު ހުންނާނީ ބައުވެ ހަލާކުވެފައި ކަމަށްވެސް ޝަހީމު ބުނުއްވިއެވެ. މިމައްސަލަ ތައް ހައްލުކުރެވޭނީ މުޅިން އައު ނެޓް ވާރކެއް ރަށުގައި އެޅިގެންކަމަށް ވެސް އޭނާ ލަފާދެއްވިއެވެ.
މިހާއަވަސް އަވަހަށް ކަރަންޓް ކަނޑައިގެން ގޮސް ހާއްޞަކޮށް ވިއްސާރަދުވަސްވަރު ކަރަންޓަށް މިދިމާވާ މައްސަލަތަކުގެ ސަބަބުން މީމީސްމީހުންނަށް ދަނީ އެމީހުންގެ މުދަލަށް ( ޓީވީ،ވީސީއާރ، ކޮމްޕިއުޓަރ ފަދަ ކަރަންޓުން ބޭނުންކުރާ ސާމާނު ) ދަނީ ބޮޑެތި ގެއްލުން ތަކެއް ލިބެމުންނެވެ.
ކަރަންޓަށް މިދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެސް މުޅިރަށަށް ކަރަންޓް ދެވުނީ ރޭ 11 ޖެހިފަހުންނެވެ.

ލަންދޫ ރައްޔިތުންގެ އިންޖީނުގެ ހިންގުމުގެ ކަންތައް މިހާރުވެސް ބައްލަވަމުން ގެންދަވަނީ ލަންދޫ އޮފީހުން ރކ.ކޮމިޓީ އިސްވެ އޮވެގެންކަމަށް ވާއިރު މިދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ތަކެއް ކުރަންވެއްޖެކަމަށް ލަންދޫއިންފޯއިން ޤަބޫލުކުރަމެވެ.

0 ޚިޔާލު: