Friday, 19 December 2008
ލިޔެސްހޮލިޑޭކަޕްގެ ޗެމްޕިއަންކަން "އެފްސީ އޮކާޗީ" ހޯދައިފި

ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އިން އިންތިޒާމްކޮށްގެން ލަންދޫގައި ބޭއްވި ލިޔެސް ހޮލިޑޭ ކަޕްގެ ފައިނަލްގައި ކްލަބު ޗެލެންޖާސް އާއި ބައްދަލުކޮށް 1-0 ން ފައިނަލްމެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ އޮކާޗީ ހޯދައިފިއެވެ.
ޤައުމީޓީމުގެ ކެޕްޓަން އައްސަދު ޢަބުދުލްޣަނީ އާއި އަކުރަމް އަބުދުލްޣަނީ ޝަރަފްވެރިކޮށްދެއްވި މިމުބާރާތުގެ ފައިނަލްމެޗް ގައި އެފްސީ އޮކާޗީއިން ޖެހި ހަމައެކަނި ލަނޑު ބަޔަށް ކާމިޔާބު ކޮށްދިނީ ކ.ހިންމަފުށީ މުޙައްމަދު އަހްމަދު ( މޯޑު ) އެވެ.
ފައިނަލްމެޗް ނިމުމުން މިމުބާރާތުގެ އެކި އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމް ތައް ހަވާލުކޮށްދެއްވައި ޗެމްޕިއަން ޓީމަށާއި ރަނަރ އަޕް ޓީމަށް ކަނޑައެޅިފައިވާ ތައްޓާއި މެޑެލް ތައް ބައްސަވައިދެއްވީ އައްސަދު އާއި އަކުރަމެވެ.
ލިޔެސް ހޮލިޑޭ ކަޕް 2008 ގެ މަޤާމްތަކަށް ހޮވުނު ޓީމު ތަކާއި، ކުޅުން ތެރިންނަކީ :
އެންމެމޮޅުފޯވާޑް ކްލަބު ޗެލެންޖާސްގެ ރައޫފު ( ގުރައިދޫ )ސ
އެންމެގިނަގޯލްޖެހި ކުޅުންތެރިންނަކީ ކްލަބު ޗެލެންޖާސްގެ ރައޫފު ( ގުރައިދޫ ) އާއި އެފްސީ އޮކާޗީގެ ޙުސެއިން ޖަވާދު ( ޖަވާ ) އެވެ. ( 3 ގޯލް )ސ
އެންމެ މޮޅުޑިފެންޑަރ އެފްސީ އޮކާޗީގެ ޢަލީ ދާއޫދު
އެންމެ މޮޅު ކީޕަރ އެފްސީ އޮކާޗީގެ މުޙައްމަދު ވަސީމް ( ވައްސޭ )ސ
ފެއަރޕްލޭ ކުޅުންތެރިޔާ އެފްސީ އޮކާޗީގެ އިސްމާއީލް އިބްރާހީމް
އެންމެ އުންމީދީ ކުޅުންތެރިޔާ ކްލަބު ޗެލެންޖާރސް ގެ މުޙައްމަދު ސަމާހް ( ސަމައްޓޭ )ސ
މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ އެފްސީ އޮކާޗީގެ ޙުސެއިން ޖަވާދު ( ޖަވާ )ސ
އެންމެމޮޅު މިޑްފީލްޑަރ ކްލަބު ޗެލެންޖާސްގެ ނައުޝާދު ޢަބުދުއްރަހީމް ( ނާގެ ) ސ
މުބާރާތުގެ ފެއަރ ޕްލޭޓީމަކަށް ހޮވުނީ ކްލަބު ވެލޯސިޓީއެވެ. އެފް އޭ އެމްގެ ތަޖްރިބާ ކާރު ރެފްރީ ނ.ލަންދޫ ބޮކަރުމާގެ އަލްފާޟިލް އިބްރާހިމް މުޙައްމަދު ރެފްރީކަން ކޮށްދެއްވި މި ފައިނަލްމެޗްގެ ފަހުހާފްގައި ކުޑަވަރެއްގެ ހަމަނުޖެހުމެއްވެސް ހިނގާފައިވެއެވެ. ގޯލް އޭރިޔާ ކައިރިން އޮކާޗީ ކުޅުންތެރިއެއްގެ އަތުގައި ޖެހުންކަމަށް ރެފްރީ ނިންމެވި ބޯޅަ އަކީ ޕެނަލްޓީ އެއްދޭން ޖެހޭ އެއްޗެއްކަމަށް ބުނެ ޗެލެންޖަރސް ގެ ކުޅުންތެރިން މައްސަލަޖެއްސީއެވެ .
މިމެޗްގެ ލައިންސް މަނުންނަކީ ނ.މާފަރުގެ ދެބޭފުޅުންނެވެ. މެޗް ބަލަން ލަންދޫ ގެ ވަރަށް ގިނަރައްޔިތުން ދަނޑުދޮށަށް ޙާޒިރުވިއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment