ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 16 December 2008

އެފްސީ އޮކާޗީއާއި ، ޗެލެންޖާރސް ބައްދަލުކުރިމެޗް ނިނުނީ އެއްވަރުވެގެން


ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އިންތިޒާމްކޮށްގެން ލަންދޫ ގައި ކުރިއަށް ގެންދާ ލިޔެސް ހޮލިޑޭ ކަޕް ފުޓްބޯޅަމުބާރާތުގައި އެފްސީ އޮކާޗީއާއި ، ޗެލެންޖާރސް މިއަދު ބައްދަލުކުރިމެޗް 2-2 ން އެއްވަރު ވެގެން ނިމިއްޖެއެވެ. މިމެޗް މިގޮތަށް ނިމުމުން މިމުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނެ ދެ ޓީމެއް މިއަދު މިވަނީ ކަށަވަރު ވެފައެވެ.

މިމެޗްގެ މޭންއޮފްދަމެޗަކަށް ހޮވުނީ ހިންމަފުށީ މުޙައްމަދު އަހުމަދެވެ.
މިގޮތަށް މިމެޗް ނިމުމުން ޕޮއިންޓް ޓޭބަލްގައި އެއްވަނައިގައި އޮވެގެން ފައިނަލަށް ދިޔައީ ޗެލެންޖާސް އެވެ. އަދި ދެވަނަހޯދައިގެން ދެވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް މިދިޔައީ އެފްސީ އޮކާޗީއެވެ. ފައިނަލްމެޗްގެ ކުޅުން އޮންނާނީ އަންނަހުކުރު ދުވަހުއެވެ.
މިއަދުގެ މެޗްގައި އޮކާޗީގެ ލަނޑުތައް ޖަހައިދިނީ ރައޫފު އާއި ސަމާހް އެވެ. ޗެލެންޖާރސް އިން ލަނޑުތައް ޖެހީ ޝަހިންޓޭ އާއި އަޝްފާގެވެ. މާދަމާ ބައްދަލުކުރާނީ ކްލަބް ވެލޯސިޓީއާއި ، ޕަސަންޓް ސްޕޯޓްސް ކްލަބެވެ.
މިއަދު ގެ މިމެޗްގެ ރެފްރީއަކީ ވެސް ނ.މާފަރު ޝަބުނަމްގެ އަލްފާޟިލް އަޙްމަދު ޝަރީފް އެވެ.

0 ޚިޔާލު: