ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 14 December 2008

އެފްސީ އޮކާޗީ އާއި ޕަސަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ވަގުތު ހަމަނުވަނީސް ހުއްޓާލައިފި
.

ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) ފަރާތުން އިންތިޒާމްކޮށް ގެން ލަންދޫގައި ލިޔެސް ހޮލިޑޭކަޕް ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްބޯޅަމުބާރާތުގެ ތިންވަނަ މެޗް ގައ އެފްސީ އޮކާޗީ އާއި ޕަސަންޓް ސްޕޯޓްސް ކްލަބު ބައްދަލުކޮށް ކުޅުނު މެޗްގެ ފަހު ހާފްގެ 30 މިނިޓް ކުޅެނިމިފައިވަނިކޮށް މެޗް ކުރިއަށް ނުގެންގޮސް ރެފްރީ ޖަމާލު ކުއްލިއަކަށް މެޗް ހުއްޓާލައި ދަނޑުން ފައިބައިފިއެވެ.

ޖަމާލު ދަނޑުން ފައިބަން ޖެހުނީ ދެޓީމުންވެސް ލަނޑުޖަހާ 1-1 ން އެއްވަރު ވެފައިވަނިކޮށް އެފްސީ އޮކާޗީގެ ކުޅުންތެރިއަކު ވަރަށް ދުރުން ޕަސަންޓްގެ ގޯލަށް ފޮނުވާލި ބޯޅައެއް ގޯލްގެ މަތީ ދަނޑީގައި ޖެހިފައި ބައުންސްވެގެން ކީޕަރު އަތުގައި ނުޖެހި ގޯލްލައިންގެ ވަރަށް ކުޑަތަންކޮޅެއް އެތެރޭގައި ޖެހިގޯލްތެރެއަށް ބޯޅަވަނީ ކަމަށް ރެފްރީ ޖަމާލު އާއި ، ހުޅަނގު ފަރާތު ރޮގުބަަލަހައްޓަން ހުރި މަޖްދުﷲ ނިންމާ އެއީ ލަނޑަކަށް ނިންމުމުން ޕަސަންޓް ސްޕޯޓްސް ގެ ކުޅުންތެރިން އެކަމާ ހިތްހަމަނުޖެހި ހަމަނުޖެހުން ހިންގަން އުޅުމުގެ ސަބަބުންނެވެ.
ޕަސަންޓްގެ ގޯލްކީޕަރ ސުހެއިލް އަލީ ވެސް އެއީ ކުއްލިއަކަށް ގޯލުދޫކޮށްލައި ދަނޑުފައިބައިގެން ދިޔަތަން ފެނުނެވެ. އަދި އެޓީމުގެ ބެންޗްގައި ތިބި ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިން ދުވެފައި ކުއްލިއަކަށް ދަނޑަށް އަރައިގަތީއެވެ. ދަނޑުގެ ސިކިޔުރިޓީ ބަލަހައްޓަން ތިބި ބޭފުޅުންނަށްވެސް ކޮންޓްރޯލް ނުކުރެވިގެން ރެފްރީ އާއިދިމާއަށް ފުދޭވަރެއްގެ ގިނަކުޅުން ތެރިން ހަމަނުޖެހުން އުފައްދަން ދުވެފައި ދިޔަތަން ފެނުނެވެ. މިހާދިސާ ހިގުމުން ރެފްރީ ޖަމާލު ބުނީ މިމެޗް ދެން ކުރިއަށް ގެންދަން ކުޅުންތެރިން ބޭނުންވިކަމުގައިވިޔަސް ރެފްރީ ބޭނުންވަނީ އެހިސާބުން ނިންމާލަން ކަމުގައެވެ.
މުބާރާތުގެ އޮގައިނައިޒިން ކޮމިޓީގެ ކުއްލިބައްދަލުވުމަކަށްފަހު މިހާރު ނިންމާފައިވަނީ މާދަމާ އެމެޗްގެ ބާކީ އޮތްބައި ކުރިއަށް ގެންދިއުމަށެވެ. އަދި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކުޅުންތެރިން ނަށް ކުށުގެ ބޮޑުކުޑަމިނުން ވަނީ އަދަބު ވެސް ކަނޑައަޅާފައެވެ. އެގޮތުން ބައެއް ކުޅުންތެރިން ރެފްރީ ކައިރިން މަޢާފަށް އެދެން ޖެއްސުމާއި ، ޖުރިމަނާ ކުރާގޮތަށް ވަނީ ނިންމާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނީޔާއެއް ލިބިފައެއްނުވެއެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި މެޗްތައް ކެންސަލް ކުރާވަރުގެ ބޮޑު ހަމަނުޖެހުމެއްވެސް ހިނގާފައެއް ނުވެއެވެ.

0 ޚިޔާލު: