ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Saturday, 13 December 2008

އަތޮޅުގެ ސަމާލުކަމަށް - ލަންދޫ ޘަޤާފީ ގުރޫޕް

ލިޔުނީ : މޫސާ ޙުސެއިން / މިހާސް




މިއަހަރުގެ އަޟްޙާޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ މަޤްޞަދުގައި ލަންދޫރަންކޮކާގެ އަލްފާޟިލް ޖަމާލު އައްޔޫބު އިސްނަންގަވައިގެން އުފެއްދެވި ސަޤާފީ ގުރޫޕް މިވަނީ މުޅިއަތޮޅުގެ ސަމާލުކަން ހޯދާފައެވެ.
އިތުރުބައެއްފޮޓޯ ބެއްލެވުމަށް

ޢީދުގެ ފުރަތަމަދުވަހު މިގްރޫޕްގެ ފަރާތުން ރަށުގައި ދެވުނު ދަނޑިޖެހުމާއި، ބޮޑުބެރުޝޯވގެ ސަބަބުން އަތޮޅުގެ ވަރަށްގިނަރައްތަކުން މިގްރޫޕަށް ދައުވަތުތައް ލިބެމުން ދިޔައެވެ. މީގެތެރެއިން މިގްރޫޕްގެ ފަރާތުން ވަނީ އަތޮޅުގެ އެންމެއާބާދީ ބޮޑުރަށްކަމުގައިވާ ވެލިދުއަށް ގޮސް އެރަށުގައި ޝޯވ އެއް ދިނުމުގެ އިތުރުން އަވަށްޓެރި މާޅެންދޫގައިވެސް ޝޯވއެއްދީފައެވެ. މިދެ ޝޯވއަށްވެސް މިދެރަށުގެ ރައްޔިތުން ގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި، ވަރަށްހޫނު ތަރުޙީބެއްލިބިފައިވާކަމަށް މިގްރޫޕްގެ ލީޑަރ ޖަމާލު އައްޔޫބު ހާމަކުރެއްވިއެވެ.
މިގްރޫޕްގެ ފަރާތުން ޢީދަށްޓަކައި ދަނޑިޖެހުމާއި ބޮޑުބެރުޖެހުން ފަރިތަކުރުމަށް ފަހު އެންމެފަހުވަގުތު ހިތްޗަށްވަޑައިގަތުންވެސް ވަނީ މިގްރޫޕުން ފަރިތަކޮށް މިޢީދަކީ އުފާވެރި ކާމިޔާބު ޖަމާ ޢީދަކަށް ހަދައިދީފައެވެ.
ލަންދޫޒުވާނުންގެ ޖަމްޢިއްޔާގެ ނަމުގައި މިރަށުގައި މީގެކުރިން ކުރެވެމުން އައި މިކަންތައްތައް މިއަހަރު ފެށިގެން ދެން ކުރަމުން ގެންދާނީ މިގްރޫޕްގެ ފަރާތުން މިގްރޫޕްގެ ނަމުގައި ކަމަށް ގްރޫޕްގެ ލީޑަރ މަޢުލޫމާތު ދެއްވައެވެ.
މިއަހަރުގެ ތަޖްރިބާއަށް ބަލާފައި އަންނައަހަރު ޘަޤާފީ އިތުރުކުޅިވަރުތަކާއި އިތުރުބައިވެރިންނާއި އެކު ނިކުންނާނެ ކަމަށްވެސް މިގްރޫޕްގެ ލީޑަރ ހާމަކުރައްވައެވެ.

0 ޚިޔާލު: