ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 15 December 2008

ވެލޯސިޓީއާއި، ޗެލެންޖާރސް ބައްދަލުކުރިމެޗް ބޮޑުތަފާތަކުން ޗެލެންޖާރސް ކާމިޔާބުކޮށްފި


ލިޔެސް ހޮލެޑޭ ކަޕްގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރީ ވެލޯސިޓީއާއި ކްލަބު ޗެލެންޖާސް އެވެ. މިމެޗް ވަރަށްފަސޭހަކަމާއި އެކު 5-2 ން ކާމިޔާބު ކުރީ ކްލަބު ޗެލެންޖާރސް އިންނެވެ.
މިމެޗްގެ މޭންއޮފްދަމެޗްގެ މަޤާމް ހޯދީ ކްލަބު ޗެލެންޖާސްގެ ޖާރޒީނަމްބަރ 77 ނައުޝާދު ޢަބުދުއްރަޙީމް ( ނާގެ ) އެވެ.

މިމެޗްގައި ވެލޯސިޓީގެ ކޮޅަށް ވަދެފައިވާ ގިނަގޯލްތައް ވަދެފައިހުރީ ކީޕަރ މުޙައްމަދު ފައިސަލް ( ފުޖްމޯރީ ) ގެ މިސްޓޭކުންކަމަށް ވަރަށް ގިނަބެލުންތެރިން ބުނަމުން ގެެންދިޔައެވެ. ކުރިން ވެލޯސިޓީގެ ކީޕަރަކަށް ހަމަޖައްސާފައިވަނީ ރަށުންބޭރު ކުޅުންތެރިއެކެވެ. ނަމަވެސް ފުޖްމޯރީއަށް ފުރަތަމަ އެގާރައިން ޖާގަދޭންޖެހުނީ ރަށުން ބޭރު އެހެން ކުޅުންތެރިއަކަށް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކަމަށް ޓީމުގެ މެނޭޖްމަންޓާ ޙަވާލާދީ ޕަސަންޓް ސްޕޯޓްސްގެ ކުޅުންތެރިއެއް ކަމަށްވާ ސީޓޭ ލަންދޫއިންފޯއަށް މަޢުލޫމާތުދެއްވިއެވެ.
މިމެޗް ޗެލެންޖާރސް ކާމިޔާބުކުރުމުން ފައިނަލަށް ދިޔުމުގެ ފުރުޞަތު އެޓީމަށް ވަނީ ބޮޑުތަން ތަނަވަސްވެފައެވެ. އަދި ކްލަބު އޮކާޗީ އާއި ޕަސަންޓް ސްޕޯޓްސް ގެ އިއްޔެގެ މައްސަލަޖެހިގެން މެދުކަނޑާލިމެޗްގެ ފަހުބައި މިއަދު ކުޅެ މިމެޗްވެސް މުޅިންނިންމާ 2-1 ކްލަބުއޮކާޗީ ކާމިޔާބުކުރުމުން ފައިނަލްގެ އެއްކޮޅު އޮކާޗީން އެވަނީ ކާމިޔާބުކޮށްފައެވެ. ފައިނަލްގައި އޮކާޗީއާއި އެކު ދެން ކުޅޭނެ ޓީމެއް މާދަމާ ބައްދަލުކުރާ އޮކާޗީ ސްޕޯޓްސްއާއި ޗެލެންޖާސް ނިނުމުން އެގިގެންދާނެއެވެ.
މިއަދު ގެ މެޗްގެ ރެފްރީކަން ކޮށްދެއްވީ ނ.މާފަރު ޝަބުނަމްގެ އަޙްމަދު ޝަރީފް ( ފެޑޯ ) އެވެ.

0 ޚިޔާލު: