Saturday, 13 December 2008
ދެވަނަމެޗް އެއްވަރުވެއްޖެ

ލިޔެސް ހޮލިޑޭކަޕްގެ ދެވަނަމެޗްގައި ކްލަބު ޗެލެންޖާސް އާއި ޕަސަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރިމެޗް 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ.
ލަންދޫގައި ހުރިއެންމެ ތަޖްރިބާކާރު ރެފްރީ އަލްފާޟިލް ޖަމާލު އައްޔޫބު ގެ ރެފްރީ ކަމުގެ ދަށުން މިމުބާރާތުގައި މިދެޓީމް ކުޅުނު ފުރަތަމަމެޗްގެ ފުރަތަމަހާފްގެ ކުރީކޮޅު ގައި އެއްވެސް ޓީމަކަށް މާއެކަށޭނަ ރަގަޅުކުޅުމެއް ދެއްކިފައެއްނުވެއެވެ.
އިތުރުބައެއްފޮޓޯ
ނަމަވެސް ފުރަމަހާފްގެ ފަހުބައިގައި މެޗްގައި ރަނގަޅަށް ކުޅެމުންއައީ މިމުބާރާތުގެ އެންމެ ފުލަށް ދާނެކަމަށް ބެލެވުނު ޕަސަންޓް ސްޕޯޓްސް އެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 35 ވަނަމިނިޓްގައި މުޙައްމަދު އިރުޝާދު ( ރެޑޭ ) ޕަސަންޓްގެ ފުރަތަމަ ގޯލް ޖަހައިދިނުމެވެ.
ފުރަތަމަ ހާފް ނިމުނީ މިސްކޯގައި އޮވެގެންނެވެ. ދެވަނަ ހާފްފެށިގެންވެސް މެޗްކޮންޓްރޯލްކުރަމުން އައީ ޕަސަންޓް ސްޕޯޓްސް އެވެ. ނަމަވެސް ކްލަބު ޗެލެންޖާސް ކައުންޓް އެޓޭކްގައި ކުރިއަރާ ރިޒާ ދުއްވާލި ތުރޫޕާހަކުން ޗެލެންޖާސް އަށް ގެނެސްފައިވާ ގުރައިދޫޓީމަށް ކުޅެފައިވާ ރައޫފް ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.މިލަނޑާއި އެކު ކުޅުމުގެ ފޯރި ގަދަވެގެން ދިޔައެވެ. އަދި ދެޓީމުން ފެނިގެންދިޔައީ ހަަމަހަމަ ކުޅުމެކެވެ. މިހާފުގައި ޕަސަންޓްގެ ލަނޑު ހާފްގެ 21 ވަނަމިނިޓްގައި ބަޔަށް ކާމިޔާބުކޮށްދިނީ ކުޅުދޫގެ 1 ނަމްބަރު ފޯވާޑު ނޫހެވެ. މިހިސާބުން ކްލަބު ޗެލެންޖާސް ގެ ކުޅުން ރަގަޅުކޮށް ޕަސަންޓް ސްޕޯޓްސް އަށް ބާރުބޮޑުކުރަމުން ދާތަން ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޕަސަންޓްގެ ކުޅުންތެރިންގެ ފައުލުތައް އިތުރަށް ގިނަވެގެން ދިޔުމެވެ. ހަމަމިއާއި އެކު މެޗްގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ރެފްރީ ޖަމާލު 5 މިނިޓެއްހާއިރަށް މެޗް މެދުކަނޑާލިއެވެ.
ކްލަބު ޗެލެންޖާރސް އިން ލަނޑެއްޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެގެން ދިޔައީި މެޗްނިމެން 5 ވަރަކަށް މިނިޓަށް ވެފައި އިންދާ ފަހުހާފްގައި ކުޅެންނިކުތް ސާމިހް ގޯލްކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ޕަސަންޓްގެ ކެޕްޓަން ބޭންޑްއަޅައިގެން ކުޅެމުންދިޔަ މާފަރު ކުޅުންތެރިޔާ ( ނަބީލް ) ގެފައިގާ ޖެހިފައެވެ.
މިމެޗް ކުރިއަށް ދިޔައިރު ދަނޑުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޚާއްޞަ ޓާސްކް ފޯހެއް ޙަރަކާތްތެރިވަމުން ދިޔައެވެ. އަދި ޓީމްތަކުގެ އޮފިސަލުން ރަސްމީ ހެދުމުގައި ތިބިކަން ވަރަށްބޮޑަށް ފާހަގަވެގެން ދިޔައެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކްލަބު ޗެލެންޖާސްގެ ރައޫފެވެ. މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޕަސަންޓް ސްޕޯޓްސް ކްލަބާއި އެފްސީ އޮކާޗީއެވެ.

ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment