ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 9 December 2008

މާޅެންދޫގެ ގިނަރައްޔިތުންތަކެއް ލަންދުއަށް

ލިޔުނީ : މޫސާ ޙުސެއިން / މިހާސް



މިއަހަރުގެ އުފާވެރި އަޟްޙާޢީދުގެ ކުޅިވަރުތައް ބަލާލުމަށްޓަކައި މާޅެންދޫގެ ވަރަށްގިނަ އަދަދެއްގެ ބަޔަކު އިއްޔެގެ ހަވީރުލަންދުއަށް ޒިޔާރަތްކޮށްފިއެވެ.
ލަންދޫގެ ސަޤާފީކުޅިވަރު އާލާކޮށްދިރުވާ ދަނޑިޕާރޓީ ޤްރޫޕްއިން އިއްޔެބޭއްވި ދަނޑިޖެހުމުގެ އައިޓަމްތައް ބަލާލުމަށް ލަންދޫއަށް އިއްޔެމާޅެންދޫއިން ޒިޔާރާތްކުރިމީހުންގެ އަދަދު 100 އަށްވުރެ މަދުނުވާނެކަމަށް ލަންދޫ އިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިފަހަކަށްއިސް ލަންދޫގައި އެންމެފޯރީގައި ކުރިއަށް ގެންދެވުނު ދަނޑިޖެހުމުގެ އައިޓަމްބަލާލުމަށްޓަކައި މާޅެންދޫރައްޔިތުންގެ އިތުރުން މާފަރުގެބައެއް ރައްޔިތުންވެސް ޒިޔާރަތްކުރައްވާފައިވެއެވެ. އަދިމީގެ އިތުރުން އިރުފުށި ރިޒޯޓްގެ ބައެއްފަތުރުވެރިންވެސް ޒިޔާރާތްކުރައްވާފައިވެއެވެ.
ލަންދޫގެވެސް އެންމެހާރައްޔިތުންގެ ފުރިހަމަ ސަޕޯރޓްލިބިގެންދިޔަ ދަނޑިޖެހުމުގެ މިއައިޓަމަށްފަހު ރޭގައިވަނީ މިޤުރޫޕުގެ ފަރާތުން ބޮޑުބެރު ޝޯވ އެއްވެސް ހުށަހަޅައި ދީފައެވެ.
ލަންދޫގެ ކުޅިވަރުސްޓޭޖްގައި ބޭއްވުނުމި ޝޯވގައި ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ޢަމަލީގޮތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަމިއާއިއެކު ކުޅިބެލުމަށްޓަކައި ރަށުގެ ކުދިބޮޑު އެންމެންކަހަލަ ގޮތަކަށްވަނީ ސްޓޭޖްދޮށަށް ޖަމާވެފައެވެ.
މިއަހަރުގެމި ޢީދަކީ އުފާވެރިކާމިޔާބު ޢީދަކަށް ހެދުމަށްޓަކައި ލަންދޫގެ އެންމެހާ ރައްޔިތުން އަންނަނީ ނުޙަނުގިނަގުން މަސައްކަތްތަކެއް ކުރަމުންނެވެ.

0 ޚިޔާލު: