Monday, 8 December 2008
ފަންސަވީސްފަރާތަކަށް ސިޓީފޮނުވައިގެން އެހީލިބުނީ އެންމެފަރާތަކުން ކަމަށް ލަންދޫއޮފީހުން ހާމަކުރައްވައިފި
ލިޔުނީ: އަޙްމަދު ދާއޫދު

ލަފާފުރުމުގެ ދަތިކަން ފިލުވައިދެއްވުމުގެ ގޮތުން ސަރުކާރުން ލަންދޫ ގައި ހައްދަވައިދެއްވަމުންގެންދަވާ ފަޅުގެމަސައްކަތް ގާތްގަޑަކަށް ނިމިފައިވާއިރު ސަރުކާރުފިޔަވާ އަމިއްލަފަރާތަކުން ހަމައެކަނިއެހީއެއްދެއްވީ އަލްފާޟިލް ޤާސިމް އިބްރާހިމް ކަމުގައި ލަންދޫއޮފީހުން ހާމަކުރައްވައިފިއެވެ.
ލަންދޫފަޅަށް އިތުރުއެހީއެއްގެ ގޮތުން އަލްފާޟިލް ޤާސިމް އިބްރާހީމް ( ބުރުމާޤާސިމް ) ދެއްވި 300 ކޮތަޅުސިމެންތިން ކުރާނެ ކަމަކާމެދު ރައްޔިތުންނާއި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ކަތީބު ނަޞީރު ވިދާޅުވީ އެހީހޯދަން 25 ފަރާތަކަށް ސިޓީފޮނުވައިގެން ހަމައެކަނި އެހީއެއް ދެއްވީ ޤާސިމް ކަމުގައެވެ. މި 25 ފަރާތުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ސިޔާސީ މަޝްހޫރު ބޭފުޅުން ހިމެނިފައިވާނެކަމަށް ވެސް ނަސީރު ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް މިދެއްވި އެހީއަކީވެސް އެމްޑީޕީ އިއްތިހާދުގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުންގެ ފަރާތުން ގިނަޢަދަދެއްގެ ބަޔަކު ޤާސިމް ގެ އަރިހަށްގޮސް ދެންނެވި ދެންނެވުމާއި ، އެކު ލަންދޫއޮފީހުން ފޮނުވާފައިވާ ސިޓީއަށް ދެއްވި އެހީއެކެވެ.
ޤާސިމް ދެއްވި 300 ކޮތަޅުސިމެންތިން ލަންދޫ ރައްޔިތުންނިންމާފައިވަނީ އަލަށް ހައްދަވައިދެއްވާ އޮޑިއެހެލާސަރަޙައްދުގެ ބޭރުތޮށީގެ ގޮތުގައި ވަޅުބުރިތަކެއް އަޅައި އެތަންހިމާޔަތް ކުރާގޮތަށެވެ. މިމަސައްކަތް ކުރާގޮތަށް ނިންމީ ރައްޔިތުންގެ އަމިއްލަމަސައްކަތަތެއްގެ ގޮތުގައި ރައްޔިތުންކުރާގޮތަށެވެ. އަދި މިވަޅުބުރިތައް އަޅަން ތައްގަޑުހެދުމަށް ބޭނުންވާ ދަގަނޑުފިލާފަދަ ސާމާނު ގަންނަގޮތަށް ރައްޔިތުންނިންމީ ރައްޔިތުންގެ އެކައުންޓްގައިވާ ފައިސާ ޚަރަދު ކޮށްގެންނެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment