Saturday, 6 December 2008
މާފުށީޖަލްގައި ހުކުމްތަންފީޒުކުރަމުންދާ މީހުންގެތެރެއިން އެއްބަޔަކު މާލެގެންނަނީ
ލިޔުނީ : އަޙްމަދު ދާއޫދު

މާފުށީޖަލްގައި ހުކުމްތަންފީޒުކުރަމުންދާ މީހުންގެތެރެއިން ޕެރޯލަށް ޝަރުތުހަމަވާ 119 މީހުން މާލެގެންނެވުމަށް ރާއްވަވަމުންދާކަމަށް މޯލްޑިވްސް ޕެނިޓެންސަރީ ޑިޕާޓްމެންޓުން މިއަދު ހާމަކޮށްފިއެވެ. އެޑިޕާޓްމަންޓުން މިއަދު ހާމަކުރެއްވިގޮތުގައި މިމީހުންގެ ތެރެއިން ބައެއްމީހުންނަކީ މިކަމާބެހޭ ބޭފުޅުން އެމީހުންގެ ރެކޯޑްތައް ކުރިންޗެކުކުރައްވާ އަދި އިންޓަވިއުވެސް ކުރައްވާ ފައިވާ މީހުންނެވެ. މިމީހުންމާލެގެންނެވުމާއި އަދި ޕެރޯލްގެ އުޞޫލްތަކާއި އެއްގޮތަށް މާލޭގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކުރައްވަންޖެހިވަޑައިގަންނަވާ ތައްޔާރީތައް މިހާރުގެންދަވަނީ ކުރައްވަމުންނެވެ.
ޑިޕާޓްމަންޓްއޮފް ޕެނިޓެންސަރީ އެންޑް ރިހެބެލިޓޭޝަނުން ހާމަކުރައްވާ ގޮތުގައި ޕެރޯލަށް ޝަރުތުހަމަވާތީ މިރޭ މާލެގެންނަވަން ހަމަޖައްސަވާފައިވާ 119 މީހުންގެ އިތުރަށް ޖަލްގައި މިވަގުތު ބައިތިއްބުން ރަގަޅުނޫންކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ބަލިމީހުންގެ 12 މީހަކުވެސް މިރޭމާލެގެންނެވުމުގެ މަސައްކަތް އެޑިޕާޓްމަންޓުން މިއަދުވަނީ ފައްޓަވާފައެވެ. މި 12 މީހުންގެ ތެރެއިން ބައެއްމީހުން ވަނީ މިރޭ އިރާކޮޅު މާލެގެންނަވާފައެވެ.
ޕެނިޓެންޝަރީ ޑިޕާޓްމަންޓުން މިފިޔަވަޅުތައް މިއަޅުއްވަނީ ޖަލްގައި މިހާރުހުކުމް ތަންފިޛު ކުރަމުން ގެންދާ ގިނަބަޔަކު މިއަދު ޖަލުންދާ ކާތަކެތި ނުކައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުފަށާފައިވަނިކޮނެވެ. މިހަޅުތާލުކުރަމުންދާނަމަވެސް ޖަލްގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިނގަމުން ނުދާކަމަށް ޕެނިޓެންޝަރީ ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވައެވެ.
ޖަލްގައި ހުކުމް ތަންފީޛް ކުރަމުންދާމީހުން ހަޅުތާލުކުރަންފެށީ އެމީހުންނަށް ލިބެންޖެހޭކަމަށް ބުނާޙައްޤުތަކެއް ހޯދުމަށް ސަރުކާރަށް ޕްރެޝަރކުރުމުގެ ބޭނުމުގައިކަމަށް ގައިދީންނާ ހަވާލާދީ މަޢުލޫމާތު ލިބިފައިވެއެވެ.

ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment