ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 3 December 2008

ލަންދޫ ކެނެލްޓްރޭޑްގެ ވިޔާފާރި އެމީހުންގެ އައު ޢިމާރާތަށް ބަދަލުކޮށްފި

ލިޔުނީ : އަޙްމަދު ދާއޫދު


ނ.ލަންދޫ ކުޑަކަތީބު ލަންދޫ ފިތުރޯނުގެ އަލްފާޟިލް ޢަބުދުއްނާޞިރު ޢަލީ ގެ އޯނަރ ކަމުގެ ދަށުގެ ދަށުން ލަންދޫގައި ހިންގަމުން ދިޔަ ކެނެލްޓްރޭޑް ( އަލިބެފިހާރަ ) އެމީހުންގެ އާ ޢިމާރާތަށް ބަދަލުކޮށްފިއެވެ. މިހާތަނާ ޖެހެންދެން ކެނަލްޓްރޭޑް ހިންގަމުން ގެންދިޔައީ ލަންދޫ މަލަ ( ނާސިރު ބައްޕަގެ ގޭ ) ގައި ހަދާފައިވާ ކުޑަކުޑަޢިމާރާތެއްގައެވެ. މިފިހާރައިގެ މުދާ މި ބަދަލުކުރީ ނާސިރުގެ އަމިއްލަ ގެ (ފިތުރޯނުގޭ) ގައި ޒަމާނުގެ ފެންވަރަށް ހަދާފައިވާ ބޮޑުޢިމާރާތަކަށެވެ.

ކުރިން ނާސިރު ނިންމައިގެން ހުރީ މި ދެޢިމާރާތުގައިވެސް ވިޔަފާރި ކުރިއަށް ގެންދާގޮތަށެވެ. ނަމަވެސް ކުއްލިއަކަށް ކުރިން ހުރިފިހާރައިގެ މުދާ އާޢިމާރާތަށް ބަދަލުކޮށް ވިޔަފާރި ކުރަން ފެށިތަން ފެނުމުން، މިއީ ކިހިނެތް ނިންމި ނިންމުމެއްތޯ ނާސިރު ކައިރީ އަޅުގަނޑުއަހާލީމެވެ. ނާސިރު ބުނި ގޮތުން ދެފިހާރަ ހިންގެން މިވަގުތު ނެތީ ދެފިހާރަބަލަހައްޓަން ޖެހުމަކީ ފުދޭވަރެއްގެ ބޮޑު ބުރަމަސައްކަތަކަށްވާކަމެވެ. "ކުރިން ބައްޕަ އެފިހާރައިގާ އިންނަނީ ، ނަމަވެސް މިހާރު ބައްޕަވެސް މަންމަވެސް މިކަމަކާ އަޅައެއްނުލައި" ނާސިރު އިތުރަށްއޮޅުންފިލުއްވައިދެއްވިއެވެ.
ރޭ ރަސްމީކޮށް ވިޔާފާރިކުރަން ފެށި ކެނެލްޓްރޭޑުން ޢާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާބާވަތެއްގެ މުދާވެސް ލިބެންހުރެއެވެ. އޭގެތެރޭގައި އައިސްކުރީމް ، އައިސްކޯން ، އައިސްކުކުޅު، ސޮސެޖް، ފަދަ ތަކެތި ހިމެނެއެވެ.

0 ޚިޔާލު: