Thursday, 4 December 2008
ލަންދޫޔޫތުއެންކަރޭޖިން ސޮސައިޓީގެ ފުރަތަމައަހަރީދުވަސް ފާހަގަކޮށްފި
ލިޔުނީ : އަޙްމަދު ދާއޫދު

ލަންދޫޔޫތު އެންކަރޭޖިންސޮސައިޓީ ( ލިޔެސް ) ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލަންދޫ ރައްޔިތުންގެ ކުޅިވަރުސްޓޭޖްގައި ވަރަށްކުލަގަދަ ޖަލްސާއެއް ރޭ ބާއްވައިފިއެވެ.
ނ.ލަންދޫ ތަނޑިރަތްމާގެ ޢަބުދުﷲ ޙަނީފް ( މަދަރުސަތުލްޢަރަބިއްޔާ ) ގެ ޤުރުއާން ކިޔެވުމުން ފެށިގެންދިޔަ މިޖަލްސާތަޢާރަފްކުރުމުގެ ގޮތުންވާހަކަދެއްކެވީ ޓީވީއެމްގެ ނިއުސްކާސްޓަރ ، ލިޔެސް ޖަމްޢިއްޔާގެ މާލޭ ފޯކަލްޕޮއިންޓް ނ.ލަންދޫ ފުރަވެރި އަލްފާޟިލް ޙަފްސީ ޢަބުދުﷲ އެވެ.
ޙަފްސީގެ ވާހަކައިގާ މިހާތަނަށް ޖަމްޢިއްޔާއަށް އެކި ގޮތްގޮތުން ހަފްސީ ބައިވެރިވެގެން ހޯދިފައިވާ ތަކެއްޗާއި ފައިސާގެ ތަފްސީލް ޖަލްސާގެ ޙާޒިރީންނަށް ވަރަށް ތަފްޞީލް ކޮށް އޮޅުން ފިލުއްވައިދެއްވިއެވެ. އަދި އޭނާއަކީ ހަމައެކަނި ލަންދޫގެ ރައްވެއްސަކަށް ވުންނޫން އެހެން ހުރިހާ ޚިދުމަތެއް އޭނައިގެ އުފަންރަށް ލަންދުއަށް އޭނައިގެ ފަރާތުން ދިނުމަށް އަބަދުވެސް ކެތްމަދުވެފައިވާ ރަށުގެ ޒުވާން ދަރިއެއްކަން އިތުރަށް ހާމަކޮށްދެއްވިއެވެ.
ލިޔެސް ޖަމްއިއްޔާގެ ވޭތުވެދިޔައަހަރުގެ އަހަރީ ރިޕޯޓް އިއްވަވައިދެއްވީ ޖަމްއިއްޔާގެ ނިމިގެންމިދިޔަ ދައުރުގެވެސް އަދި މިފެށުނު ދައުރުގެ ވެސް ރައީސް ނ.ލަންދޫ ކެރެޓް އަލްފާޟިލް މުޙައްމަދު އިބްރާހީމްއެވެ. އަހަރީ ރިޕޯޓްގައި ޖަމްއިއްޔާގެ މަޤްޞަދުތަކާއި ، މިހާތަނަށް ހިންގިފައިވާ ޙަރާކާތްތަކާއި، ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކަށް ވަރަށް ތަފްޞީލް ކޮށް ބައްލަވައިލެއްވިއެވެ. އަދި ކުރިއަށް އޮތްދައުރަށް އެކުލަވާލެވުނު ޖަމްއިއްޔާގެ ހިންގާކޮމިޓީވެސް ރައީސް ރޭ ގެ ޖަލްސާގައި އިއުލާންކުރެއްވިއެވެ.
ޖަމްއިއްޔާއަށް އެކިރޮގުތަކުން އެހީތެރިވެދީ، މާލީގޮތުން ބޮޑެތި ފައިސާގެއެހީތައް ވެދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނަދާނީ ލިޔުން ދިނުން އޮތެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ޖަމްއިއްޔާގެ ޚިދުމަތްތެރިންގެ ތެރެއިން ޓޮޕް 5 ށް ޝަރަފްވެރިކަމުގެ ސެޓްފިކެޓް ދިނުންވެސް ރޭ ގެ ޖަލްސާގައި އޮތެވެ. މިބޭބޭފުޅުންގެ ނަންތައް އިއުލާންކޮށްދެއްވީ ޖަމްޢިއްޔާގެ ޚަޒާންދާރު ނ.ލަންދޫސްކޫލް ޕްރައިމަރީޓީޗަރ ލަންދޫ ވިނަރެސް އަލްފާޟިލް ޔޫސުފު ޢަބުދުއްރަހީމެވެ. ހަނދާނީ ލިޔުންތައް ބައްސަވައިދެއްވީ ޖަމްޢިއްޔާގެ އަންހެން ގޮފީގެ ރައީސާ އަލްފާޟިލާ ތަސްލީމާ އަބޫބަކުރާއި ، ޖަލްސާގެ ޝަރަފްވެރި މެހްމާނެވެ.
މިމަހުގެ 12 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތުގެ ޖާރޒީ ދައްކާލުމާއި މިދެ މުބާރާތުގެ ގުރުއަތުލުންވެސް ރޭ ގެ ޖަލްސާގައި އޮތެވެ. އަދި އަހަރީ ކޭކް ފެޅުމާއި މުނިފޫހިފިލުވުމުގެ އައިޓަމެއްވެސް މިޖަލްސައިގާ ފެނިގެން ދިޔައެވެ. އަހަރީ ކޭކް ފަޅައިދެއްވީ ޝަރަފްވެރިމެހްމާން އަލްފާޟިލް އަހްމަދު އާތިފްއާއި ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމެވެ.
މަލްޓިމީޑިޔާ ޕްރޮޖްކްޓަރ ބޭނުންކޮށްގެން ބެކްގްރައުންޑް ފައްކާކޮށްގެން ކުރިއަށް ގެންދިޔަ މިޖަލްސާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރި ވެލެއްވީ މަނަދޫ ޕޮލިސްޓްސޭޝަންގެ އިންޗާޖް ، ކޯޕްރަލް އަލްފާޟިލް އަޙްމަދު އާތިފް އެވެ. އާތިފްގެ ވާހަކައިގާ ލިޔެސް ޖަމްޢިއްޔާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޖަމްއިއްޔާއަކުން މިއަތޮޅުގެ ފުލުހުންނަށް މިފަދަ ދައުވަތެއް ދިން މީ ފުރަތަމަފަހަރުކަމަށް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާއި ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ދުރުކުރުމަށް ލިޔެސް ޖަމްޢިއްޔާއިން ހިންގާ ހުރިހާހަރަކާތްތަކެއްގައި ފުރިހަމައަށް ބައިވެރިވެލައްވާނެކަމުގެ ޔަޤީންކަން ފުލުހުންގެ ފަރާތުން އެބޭފުޅާ ދެއްވިއެވެ.

ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment