Wednesday, 3 December 2008
ރަނަރއަޕް ޓީމަށް -/1000 ރ. މަދުކަމަށް ބުނެ ޕެޓިޝަނެއް ހުށަހަޅައިފި
ލިޔުނީ: އަޙްމަދު ދާއޫދު
މިމަހު 12 ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ލިޔެސް ހޮލިޑޭކަޕް" ގެ ޓީމުތަކަށް ދިނުމަށް ކަނޑައެޅި ފައިސާގެ އިނާމްތަކާއިމެދު އެމުބާރާތުގައި ބައިވެރި ބައެއް ޓީމުތަކުން ހިތްހަމަނުޖެހިގެން ލިޔެސް ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހީމަށް އެޑްރެސްކޮށް 60 މީހުންގެ ސޮޔާއި އެކު ޕެޓިޝަނެއް ރޭ ހުށަހަޅައިފިއެވެ.
ޕެޓިޝަން ތައްޔާރުކުރުމުގައި އެންމެއިސްކޮށް އުޅުނު އާރިފުއާއި ސައިފު ބުނަނީ ޗެމްޕިއަން ޓީމަށް -/5000 ރ. ދޭއިރު ރަނައަޕް ޓީމަށްް -/1000 ރ. މާ މަދުކަމުގައެވެ. ނިސްބަތުން ހަމަހަމަވާން ޖެހޭނެކަމަށް ބުނެ ހުށަހެޅި މިޕެޓިޝަން ގައި ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީގެ ހިންގާކޮމިޓީގެ ބައެއްބޭފުޅުން ވެސް ސޮއިކޮށްފައި ވާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ.
ހިންގާކޮމިޓީއިން އިއްޔެރޭ ފާސްކުރި ލިޔެސް ހޮލިޑޭކަޕްގެ ބަޖެޓްގައި ފައިސާ ގެ އިނާމްތައް މިހާތަފާތުބޮޑުގޮތަކަށް ކަނޑައެޅިގެންދިޔައީ ކީއްވެތޯ ހިންގާކޮމިޓީގެ ބޭފުޅަކާ އަޅުގަނޑު ސުވާލުކޮށްލުމުން އެބޭފުޅާ ވިދާޅުވީ އެހެން އެކަން އެދިޔައީ ހިންގާކޮމިޓީގައި ތިއްބެވި ބައެއްބޭފުޅުންގެ ނުފޫޒުން ކަމުގައެވެ. "ވަރަށްނުފޫޒު ގަދަ ބޭފުޅަކު މިދައުރުގެ ހިންގާ ކޮމިޓީގައި އެބަހުރި" އެބޭފުޅާ އިތުރަށްވިދާޅުވިއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment