Wednesday, 3 December 2008
ދެވަނަދައުރުގެ ރައީސްކަމަށްވެސް މުޙައްމަދު އިބްރާހީމް އިންތިޚާބުކޮށްފި
ލިޔުނީ : އަޙްމަދު ދާއޫދު

ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީގެ ( ލިޔެސް ) ޖަމްޢިއްޔާ 2009 ވަނަ އަހަރުގެ ރައީސްކަމަށް މިހާރުވެސް އެޖަމްޢިއްޔާގެ ރައީސްކަމުގައި ހުންނެވި ލަންދޫ ކެރެޓް އަލްފާޟިލް މުޙައްމަދު އިބްރާހީމް އެޖަމްޢިއްޔާގެ ޢާއްމު މެމްބަރުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތުން އިންތިޚާބުކޮށްފިއެވެ.
ރައީސްކަން ކުރާނެ އެއްވެސް ފަރާތެއް ނެތުމުން މިފަހަރުވެސް ރައީސްކަން ޤަބޫލުކުރީކަމަށް އެރޭގެ ޖަލްސާގައި މުޙައްމަދު އިބްރާހީމް ހާމަކުރެއްވިއެވެ.
ރައީސަކަށް ކުރިމަތިލާނެފަރާތެއް ނުވަނީ ކީއްވެތޯ މެމްބަރުންގެ މެދުގައި އެރޭގެ ޖަލްސާގައި ވަރަށްފުޅާދާއިރާއެއްގައި ބަހްޘް ކުރެވުނެވެ. ބައެއް ބޭފުޅުން ހާމަކުރެއްވިގޮތުން ރައީސަކަށް ހުންނަވާ ބޭފުޅަކަށް ކޮންމެވެސް ވަރެއްގެ އެލަވަންސެއް ޖަމްޢިއްޔާގެ ބަޖްޓުން ކަނޑައެޅުމަކީ މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމެކެވެ.
މާލިއްޔަތުގައި މިހާރުވެސް ހުރި ހަރުމުދަލުގެ ( ސައުންޑްސިސްޓަމާއި، އެހެނިހެންސާމާނު ) ގެއިތުރުން ޖަމްޢިއްޔާގެ އެކައުންޓްގައި މިހާރުވެސް ބައިލައްކަ ރުފިޔާ އަށް ވުރެ ގިނަފައިސާ ހުރި މިޖަމްޢިއްޔާއިން ރައީސަކަށް ހުންނަވާ ބޭފުޅަކަށް -/100 ރ. ގެ އެލަވަންސެއް ކޮންމެމަހަކު ދޭ ގޮތަށް އެރޭނިންމިއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment