Monday, 1 December 2008
ލަންދޫޔޫތު އެންކަރޭޖިންސޮސައިޓީގެ ރައީސްކަމަށް ކުރިމަތިލާނެ ފަރާތެއްނުވި
ލިޔުނީ : އަޙްމަދު ދާއޫދު
ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) ގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން 2009 ވަނައަހަރަށް ޖަމްޢިއްޔާގެ އައު ރައީސަކު އިންތިޚާބު ކުރުމަށް ބޭނުންވާތީ ، ރައީސްކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ސިޓީލުމަށް ހުޅުވާލިފުރުޞަތު މިދިޔަ ހޮނިހިރުދުވަހަށް ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ސިޓީލައިފާ ނުވާކަމަށް ލިޔެސްގެ ހިންގާކޮމިޓީގެ ބޭފުޅެއްކަމަށްވާ ނ.ލަންދޫ ކެތްތެރި ޢަބުދުﷲ އިބްރާހީމް މިއަދު ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވައިފިއެވެ. "އެއްވެސް މީހަކު ސިޓީލައިފައެއްނުވޭ" އެބޭފުޅާ ވިދާޅުވިއެވެ.
މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ރައީސްކަމަށް ކުރިމަތިލައިފާ ނުވާތީ ރޭ ބޭއްވި އެޖަމްޢިއްޔާގެ ހިންގާކޮމިޓީގެ ޖަލްސާއަކުން ނިންމާފައިވަނީ ޢާއްމުމެންބަރުންގެ ބޮޑުޖަލްސާއެއް ވަރަށް އަވަހަށް ބާއްވާ ޢާއްމުމެމްބަރުންގެ މެދުގައި ވޯޓެއްނަގާ އައު ރައީސަކު އިންތިޚާބު ކުރުމަށެވެ. އެގޮތުގެ މަތިން އައުރައީސަކު ހޮވުމަށް ބާއްވާ ޢާއްމު މެމްބަރުންގެ ޖަލްސާ މިރޭ 8:30 ގައި "ކަމާނާވެހި" ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ޖަލްސާއަށް ފަހު ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީގެ ދެވަނަރައީސް ކަނޑައެޅިގެންދާނެކަމަށް އުންމީދުކުރަމެވެ. އަދި ނިމެގެންމިދާ ދައުރުގައި ޖަމްޢިއްޔާ ވަރަށް ފުރިހަމަގޮތެއްގައި ހިންގަވާފައިވާތީ ޖަމްޢިއްޔާގެ މިދައުރުގެ ރައީސް ނ.ލަންދޫ ކެރެޓްއަލްފާޟިލް މުޙައްމަދު އިބްރާހީމަށް ލަންދޫއިންފޯގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަނަމުގައި ނުހަނު އިޚްލާޞްތެރިކަމާއި އެކު ޝުކުރުދަންނަވަމެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment