Tuesday, 2 December 2008
ޑރ. ޝަހީދު އިންޑިޔާގެ ޚާރުޖީވަޒީރާއި ބައްދަލުކުރައްވައިފި
ލިޔުނީ : އަޙްމަދު ދާއޫދު

ރާއްޖޭގެ ޚާރުޖީވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދު އިންޑިޔާއަށްކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ޚާރުޖީވަޒީރާއި ބައްދަލުކުރައްވައިފިއެވެ. ނިޔުދިއްލީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެދެބޭފުޅުންވަނީ ރާއްޖެއާއި އިންޑިޔާއާއި ދެމެދުމިއޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވެން ހުރި ދާއިރާތަކުގެ އިތުރުން މިސަރަޙައްދުގެ ޤައުމުތަކަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވާރާ ކުރައްވާފައެވެ.
މިބައްދަލުވުމުގައި އެންމެ އިސްކަމެއް ދެއްވީ އިގްތިޞާދީ ގޮތުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި، ހަކަތަ އުފެއްދުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment