Saturday, 6 December 2008
ލިޔެސްހޮލިޑޭ ކަޕުން ފެންނާނެ ތަރިން

ފުރަތަމަފަހަރަށް ލިޔެސް ޖަމްޢިއްޔާއިން ފުރިހަމައަށް އިންތިޒާމްކޮށްގެން މިމަހުގެ 12 ގައި ފެށުމައްހަމަޖެހިފައިވާ ލިޔެސް ހޮލިޑޭކަޕް ވެގެންދާނީ މޮޅެތި އެތައްކުޅުން ތެރިންތަކެއްގެ ހުނަރު އެއްތަނަކުން ފެނިގެންދާނެ މުބާރާތަކަށެވެ.
މިމުބާރާތުގައިކުޅޭނެ ކަމަށް ބެލެވޭ މިރަށުގެ ކުޅުންތެރިންތަކުގެ ތެރެއިން އެންމެމޮޅު ކުޅުމެއްދައްކާނެ ކަމަށް އެންމެންވެސް އިއްތިފާގުވަނީ ލަންދޫގައިމިވަޤުތު ހުރިކަމަށް ބެލެވޭ އެންމެމޮޅު ކުޅުންތެރިޔާ ޔޫސުފް އަބްދުއް ރަޙީމް (ޔޫއްޓޭ)އެވެ. އެފްސީއޮކާޗީގެ މިމުހިންމު ކުޅުންތެރިޔާ މިވަގުތު ފޯމެއްގައި ހުރުމުން މީނާގެފަރާތުން މީނާގެ އަސްލު ކުޅުންފެނިގެންދާނެ ކަމަށް ބެލެއެވެ.
މިލިސްޓިގެ ދެވަނައިގައި އުޅެނީ ޔޫއްޓޭގެ ކޮއްކޮ ނައުޝާދު އަބްދުއްރަހީމް( ނާގެ )އެވެ. މީނާއަކީވަރުބަލި ވުމެއްނެތި މުޅި ދަނޑުގައި ދުވެ ހިތްވަރުކޮށްގެން ކުޅޭވަރަށް ޙުނަރުވެރި ކުޅުންތެރިއެކެވެ. ނަމަވެސް ކަކާގެ ނަމުން މަޝްޙޫރުވެގެން އަންނަ މިޒުވާންކުޅުންތެރިޔާ މިދުވަސްކޮޅު ފޯމުންގެއްލިފައި ހުރުމުން މުބާރާތުގައި ވަރަށް ހިތްވަރުކުރަންޖެހެއެވެ.
ރާއްޖޭހެ މަޝްޙޫރު ފުޓްބޯޅަޓީމް ނިއުގެފޯވާޑް ކޮކީގެ ބޭބެއިސްމާއިލް ޝިމާޒް (ކައްޓި) އަކީ މިމުބާރާތުގައި މޮޅުކުޅުމެއް ދައްކާނެ ހުނަރުވެރި ކުޅުންތެރިއެކެވެ. ޕާސްދިނުމުގައި ދެވަނައެއްނެތް ކައްޓި ފާހަގަ ކުރެވިފައިވަނީ ގޯލްނޫން ކޮންމެ މަޤާމަކައްފިޓް އަދި ހަށިގަނޑުގެ މޫވްމަންޓުތައް އެންމެފުރިހަމައެއް ކުޅުންތެރިއެއްގެ ގޮތުގައެވެ. ކައްޓި މިވަގުތު ފޯމެއްގައި ހުރިއިރު މިމުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާއަށް މީނާވާދަ ކުރާނެ ކަމަށް ޔަޤީންކުރެވެއެވެ.
މާގިނައިންބޯޅަ ނުހިފަހައްޓައި ޓައިމިންގައި ކުޅުންތެރިންނަށް ޕާސްދެވޭނަމަ ޙުސެއިން ޖަވާދު (ޖަވާ ) މިފަހަރުގެ މިކަޕުގައި އެންމެމޮޅު މަގާމްހޯދުން އެންމެގާތް އެކަކެވެ. ޖަވާގެ މަސައްކަތުން ޖަވާގެ ކުޅުންވަނީމި މުބާރާތައްޓަކައި ވަރަށްބޮޑު ތަން ރަނގަޅުކޮށްފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރިޖަވާއަކީ ގޯލާވެސް ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. މިމުބާރާތުގައި އެފްސީއޮކާޗީގެ އުއްމީދުތައްވެސް ގުޅިފައިވަނީ ޖަވާއާއެވެ.
ޒުވާންކުޅުންތެރިއަކަށް މިމަޤާމްލިބޭނެނަމަ ލިބުންއެއްމެ ގާތީ އެފްސީޗެލެންޖުގެ ޢުމުރުން 16 އަހަރުގެ މުޙަންމަދު ސަމާޙު (ސަމައްޓޭ ) އެވެ. މިވަގުތު ފޯމްގައިހުރި ސަމައްޓޭއަކީ ޑްރިބަލްކުރުމާއި އެއްވަރަށް ސްޕީޑްރަނގަޅު ހުނަރުވެރިއެކެވެ. ސަމައްޓޭއަކީ ޒުވާންކުޅުންތެރިން ހިމެނޭ އެފްސީ ޗެލެންޖުގެ ލަނޑުޖަހާ މެޝިނައްވާނެ ކުޅުންތެރިޔާވެސްމެއެވެ.
މިލިސްޓުންދެންފާހަގަ ކޮށްލެވެނީ މިމުބާރާތް ހޮލިޑޭކަޕްގައި ކުރިއަށް ގެންދިއުމަށް އިސްނެގި އެއްކުއްޖަކު ކަމުގައިވާ އަބްދުއްﷲ އާރިފް (އާރިއްޕޭ )އެވެ. އާރިފް ފާހަގަކުރެވިފައިވަނީ މާކަރަކަށް ކުޅެމުން ކުރިއަށްއަރައި ލަނޑުޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ވަރުބަލިވުމެއްނެތި ދުވެގެން ބޯޅަހޯދައިގެން ކުޅޭމި ކުޅުންތެރިޔާ ފާހަގަކުރެވިފައިވަނީ ބޮލުން ގޯލްޖެހުމުގެ މާހިރެއްގެވެސްގޮތުގައެވެ. އާރިއްޕޭވެފައިވަނީ ވެލޯސިޓީގެ މާތް ތަނބުކަމުގައެވެ.
މިއީމުބާރާތައް ތައްޔާރުވަމުން އަންނައިރުމިހާރު ކުޅުންތެރިންގެ ޕާރފޯމަންސްއަށް ބަލައިލާ ނިންމާލެވޭ ނިންމާލުމެކެވެ. ޔަޤީންވާކަމަކީ މިފަހަރުގެމި މުބާރާތުން އާދަޔާ ޚިލާފް ކަންތައްތަކެއް ފެނިއެތައް ހުނަރުވެރި މޮޅުކުޅުންތެރިން ތަކެއްފެންނާނެ ކަމެވެ.އަޅެބަލަންތިބެމާ ހިގާށެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
3 ޚިޔާލު:
haadha hevvayey
aharemen ge nameh neh mithaaku...
only thse guys will be see in thse cup.. wat abt others...
Post a Comment