Saturday, 6 December 2008
ޢީދުޗުއްޓީއަށް އަންނަ މީހުން އެއްއަހަރުން އަނެއްއަހަރަށް އިތުރުވަނީ
ލިޔުނީ : އަޙްމަދު ދާއޫދު

އެހެން އެއްވެސް ޢީދެއްގައި މީހުން ނާންނަވަރަށް މިޢީދުގައި މީހުންރަށަށްއަރައިފިއެވެ. ޢީދާއި ސްކޫލްބޮޑުޗުއްޓީ ދިމާވުމުން ވެސް އެއީ މީހުން އިތުރުވުމުގެ އެއްސަބަބު ކަމަށްވެދާނެއެވެ. ކޮންމެއަކަސް މިދިޔަހަފްތާގައި އެއްދޯނިންވެސް (އިރުފުށީގައިދުއްވާ ސަޕްލައިދޯނި)ން 60 ށްވުރެ ގިނަމީހުން ލަންދޫއަށް ޢީދުޗުއްޓީގައި އައިސްފައިވާއިރު އިއްޔެ އައި ލަންދޫބޯޓުން ގާތްގަޑަކަށް 100 ށްވުރެ ގިނަމީހުން މިވަނީ ޢީދުޗުއްޓީއަށް ލަންދުއަށް އައިހެވެ. އަދި ހަމަ މިއަދު މާފަރުބޯޓުންވެސް މަދުވެގެން 80 ވަރަކަށް މީހުން ލަންދޫއަށް އައިސްފައިވާނޭކަން ޔަޤީނެވެ.
ޢީދުޗުއްޓީއަށް ލަންދުއަށް މިފަހަރު އައިސްފައިވާ މީހުންގެ ތެރޭގައި އުތުރާއި ދެކުނުން މީހުން ހިމެނިފައިވެއެވެ. އުތުރުން އެނެމެއުތުރުން ހދ.ގެ ގްރޫޕެއްވެސް ރަށުތެރެއިން ފެންނަމުން އެބަދެއެވެ. އަދިހަމައެއާއިއެކު ދެކުނުން ފުވައްމުލަކާއި ސ.ހިތަދޫ ގެ ދެތިން މީހަކު އުޅޭތީވެސް ފެނެއެވެ. ޢާއްމުގޮތެއްގައި ގިނައީ ރަށުންބޭރުމީހުންެނެވެ. ނަމަވެސް ކުދިންނަށް ކިޔަވައިދިނުންފަދަ އެކިއެކި ބޭނުންތަކުގައި ދިރިއުޅުންބަދަލުކޮށްފައިވާ ރަށުގެ ޢާއިލާތައްވެސް މިފަހަރުގެ ޢީދުކުޅިވަރުތައް ބަލައިލުމަށް ރަށަށް އައިސްފައިވެއެވެ.
މިފަހަރުގެ ޢީދުގައި ލަންދޫގެ ޒުވާނުންނާއި ، ތަންކޮޅެއް ދުވަސްވީ ބޭފުޅުންނާއި ، ކުޑަކުދިން ހިމެނޭގޮތުން ވަރަށް ގިނަތަފާތު ކުޅިވަރުތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment