Saturday, 29 November 2008
ލަންދޫ ސިއްޙީމަރުކަޒުގެ ވަޒީފާތަކެއް ކެންސަލްކުރައްވައިފި
ލަންދޫސިއްހީމަރުކަޒުގެ އިޢުލާން
LHC/2008/05ނަމްބަރ
އިޢުލާން ބާތިލްކުރައްވާ އެއިޢުލާންގައިވާ ވަޒީފާގެ ފުރުޞަތުތައް ޖުމުލަ ހަ ފުރުޞަތު ކެންސަލްކުރައްވިފިކަން އެމަރުކަޒުގެ ފަރާތުން އިޢުލާން ކުރައްވައިފިއެވެ.
ކެންސަލްކުރެއްވި އިޢުލާންގައިވާ ވަޒީފާތަކަށް ޖުމުލަ 60 ފަރާތަކުން ކުރިމަތިލައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އަދި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅާ އިންޓަވިއުއަށް ވެސް ދާންވީ ގަޑިޔާއި ތާރީޚް، ކުރިމަތިލެއްވި ފަރާތްތަކަށް އެމަރުކަޒުގެ ފަރާތުން އަންގަވާފައިވަނިކޮށް ކުއްލިއަކަށް މިވަޒީފާތައް ކެންސަލްކުރެއްވީ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އެމަރުކަޒަށް ފޮނުއްވި މެސެޖަކާއި ގުޅިގެންކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
މިއަހަރުގެ ބަޖެޓްގައި ފައިސާގެ ދަތިކަން އިޙްސާސް ކުރަންޖެހިފައިވާ ތީ އަލަށް އިސްލާާޙްކުރެވުނު ސަރުކާރު މުވައްޒަފުންގެ އޮނިގަޑުގައިވާ ވަޒީފާތަކަށް މީހުން ހަމަޖެއްސުން ކެއްސަލް ކުރެއްވީ ކަމުގައި ޑީޕީއެޗުން ފޮނުއްވި މިމެސެޖްގައި ބަޔާންކޮށް ފައިވާ ކަމަށް ސިއްޙީމަރުކަޒުން ކުރެއްވި އިޢުލާންގައި ބަޔާންކުރައްވާފައިވެއެވެ.
ކޮންމެއަކަސް އަލަށް އުފެދުނު ސަރުކާރުގެ ދަށުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ރައްޔިތުންގެ ހެޔޮ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމްވެގެންދާނެކަމަށް ރައްޔިތުން އުންމީދުކޮށް ގެން ތިބި މިދަނޑިވަޅުގައި މިވަޒީފާތަކަށް ކުރިމަތިލީބޭފުޅުންނާއި އެހެނިހެން ރައްޔިތުންގެ ހިތްތަކުގައި މިކަމުގެ ސަބަބުން ސުވާލުމާކެއް ނުޖެހިދާނެބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
އަޅުގަނޑަށް ވިސްނޭގޮތުގައި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެ އެޚިދުމަތުގެ ފެންވަރު ރަގަޅުވެގެންދާނީ ޚިދުމަތުގެެދާއިރާގައި އެކަށީގެންވާ މިންވަރަކަށް ޚިދުމަތްދެއްވާނެ ބޭފުޅުން ތިބެގެންކަންޔަޤީނެވެ. އެންމެ މަސައްކަތު މީހަކާއި ، އެންމެ ވޮޗަރެއް ހުރެގެން ލަންދޫސިއްޙީ މަރުކަޒުކަހަލަ ބޮޑު ޢިމާރާތެއް ބެލެހެއްޓުމަކީ ދަތިކަމެކެވެ. މިމަރުކަޒުގެ އެހެނިހެން ދާއިރާތަކުގައިވެސް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމުން އެކަމުގެ ދަތި ތައް ލަންދޫރައްޔިތުން މިއަދު މިދަނީ އިޙްސާސްކުރަމުންނެވެ.

ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment