Friday, 28 November 2008
ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ ކޮބައިބާ؟
ލިޔުނީ : ގޮމަ

މިދުވަސްކޮޅަކީ ލަންދޫގައި، މިއަހަރުގެ ބޮޑުޢީދައްޓަކައި ވަރަށްގިނަ ޙަރަކާތްތަކެއް ހިންގުމަށްތައްޔާރުވަމުން އަންނަދުވަސް ކޮޅެކެވެ. މިކަމުގައިއިސްވެ ޙަރަކާތްތެރި ވަމުންމިއަންނަނީ ވޭތުވެދިޔައަހަރުގެ ޑިސެމްބާރ 3 ގައި އައުނަމަކާއިއެކު މިވުޖޫދަށްއައި ލަންދޫޔޫތުއެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އެވެ. މިއީމީގެކުރިން ލަންދޫސުކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާގެ ނަމުގައިއޮތް ޖަމްޢިއްޔާއެވެ. މިއަދުމިވަނީމި ޖަމްޢިއްޔާގެ ހުރިހަކަމެއްބަދަލްވެ އާރޫޙަކާއި ޖޯޝަކާއި ފޯރިއަކާއި އެކުހިންގަންފަށާފައެވެ.
ލަންދޫގެތާރީޚުގައި ފުރަތަމަ އުފެދުނު އަދި އަތޮޅުގައިވެސް އެންމެފުރަތަމަ އުފެދުނު ޖަމްޢިްޔާ ތަކުގެ ތެރެއިން އެއް ޖަމްޢިއްޔަކަމުގައިވާ ނ.ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ މިހާރުކޮބައިބާއޭ ހިތަށްއަރައެވެ.
މީގެކުރިން ލަންދޫސުކޫލް އިސްދަރިވަރުންގެ ނަމުގައި އެޖަމްޢިއްޔާއިން ކިތަންމެކުޑަ ނަމަވެސް ޙަރަކާތެއްހިންގައިލައިފިނަމަ ލަންދޫޒުވާނުންގެ ޖަމްޢިއްޔާއިން އޭގެރައްދުގައި ކޮންމެވެސް ކަމެއްކޮށްލާތަން ފެނިގެންދެއެވެ.
ނަމަވެސްމިފަހަރު" ލިޔެސް" ޖަމްއިއްޔާއިން އެތައްބައިވަރު ޙަރަކާތްތަކެއް އިންތިޒާމްކޮށް ރާވާހިންގަމުން ދާއިރުވެސްލަންދޫ ޒުވާނުންގެ ޖަމްޢިްޔާގެ އަޑެއްބަޑެއްނެތެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެންމެފަހުން ހިންގާފައިވާ ޙަރަކާތަކީ ވޭތުވެދިޔައަހަރުގެ އަތޮޅު ފުޓްބޯޅަމުބާރާތުގައި އެޖަމްޢިއްޔާގެ ނަމުގައި ފުޓްބޯޅަޓީމެއްބައިވެރިކުރުމެވެ. މިކަންވެސް އެޖަމްޢިއްޔާއިން ކޮށްފައިވަނީ "ލިޔެސް" ޖަމްޢިއްޔާއިން އެމުބާރާތުގައި ބައިވެރިވުމަށް އެޖަމްޢިއްޔާއާއި ޖެއްސުމަށެވެ. އެއަހަރު ލަންދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ބައިވެރިކުރި ފުޓްބޯޅަޓީމުގައި ހިމެނުނު ކުޅުންތެރިންގެ %80 އަކީ ރަށުން ބޭރުކުޅުންތެރިންނެވެ. މިކަމާއި ގުޅިގެން ލަންދޫޒުވާނުންގެ ޖަމްޢިއްޔާގައި ވަނީ ބައިބައިވުން އުފެދިފައެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
2 ޚިޔާލު:
އަދިވެސް ރަށުގެ ޚަބަރުތައް ތާޒާ ކަންމަތީ ގެނެސް ދިނުމަށް އަޅުގަޑު އެދެން. ޝުކުރިއްޔާ!
kaaku tha ee/???
Post a Comment