ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Saturday, 29 November 2008

ނަތީޖާ ތަކުރާރު ކުރެވިދާނެބާ؟

ލިޔުނީ : މޫސާ ޙުސެއިން / މިހާސް


ވޭތުވެދިޔައަހަރުގެ "ހޮލިޑޭކަޕް"ގެ ޗެމްޕިއަންކަން ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް ހޯދާފައިވަނީ ޕަސަންޓް ސްޕޯޓްސް އެވެ. މިފަހަރު ޕަސަންޓް ސްޕޯޓްސްއަށް މިކަންތައް ތަކުރާރު ކުރެވިދާނެބާއެވެ. ؟
ވޭތުވެދިޔައަހަރާއި މިއަހަރާއި އަޅާބަލާއިރު ޕަސަންޓް ސްޕޯޓްސްގައި ތިބިކުޅުންތެރިންތައް ވަރަށްތަފާތެވެ. މިފަހަރު މިރިޕޯޓްގައި ބަލާލެވޭތޯ މިބަލަނީ ޕަސަންޓް ސްޕޯޓްސް ޓީމަށެވެ.

ޕަސަންޓްސްޕޯޓްސްއަށް މިއަހަރުވެސް އޮތް އެންމެ ބޮޑުހިތްހަމަޖެހުމަކީ ވޭތުވެދިޔައަހަރުގެ 1 ވަނަކީޕަރ ކަމުގައިވާ ސުހައިލް ޢަލީ މިފަހަރެސް ޕަސަންޓް ގައި ހުރުމެވެ. މިފަހަރު ޕަސަންޓަށް އެންމެބޮޑުމައްސަލަތަކެސއް ކުރިމަތިވާނެކަމަށް ބެލެވެނީ ޑިފެންސްލައިނުގައެވެ.ނަމަވެސް މިފަހަރުވެސް މިޓީމުގެ ޑިފެންސްބެލެހެއްޓުމަށް ޢަބުދުއްރަޙްމާން އަބޫބަކުރު (އަންދަރޭ ) ، ޒުކާ ޖަމާލު ( ގެކޯ ) ޚާލިދު ޢަބުދުލްކަރީމް ( ކުޑަޚާލިދު ) އަދި މޯޑް ނާސިރު ހިމެނޭ ކަމީ ފާހަގަކޮށްލަން ޖެހޭކަމެކެވެ. މިޓީމުގެ މެދުތެރެވެގެންދާނީ މުބާރާތުގައި ފެންނާނެ އެންމެވަރުގަދަ އެއް މެދުތެރެކަމުގައެވެ. މެދުތެރޭގައި ބަހާރޭއާއި އަހުޗޭ ޙަރަކާތްތެރިވާއިރު މިޓީމްގެ ކުރީގައި ޙަރަކާތްތެރިވާނީ ވޭތުވެދިޔައަހަރުގެ ހޮލިޑޭކަޕްގެ އެންމެ މޮޅުކުޅުންތެރިޔާ އަހްމަދު އިނާޒް ( އަޕީ ) އާއި، ރެޑޭއާއި ސިންނޭއާއި އަދި މިހާރު އެންމެ ކުރިއަރަމުން އަންނަކަމަށް ފާހަގަކުރެވޭ ޢަލީ ޙާފިޒް ( ލަމްޕާޑް ) އެވެ. މިޓީމަށްގެނައުމަށް ހަމަޖެހިފައިވާ މާފަރުގެ ހުނަރުވެރި ކުޅުންތެރިންތައް ގެނައުމުން މިޓީމުވެސް ވެގެންދާނީ އެންމެވަރުގަދަ ޓީމަށެވެ.
ޙަޤީޤަތުގައިވެސް ޕަސަންޓް ސްޕޯޓްސް އަކީ ގޮތްނޭންގޭ ޓީމެކެވެ. މިހާތަނަށް މުބާރާތަށް ތައްޔާރުވުމުގައިވެސް އެންެމެ ގޮތްނޭންގޭކަމަށް ފާހަގަކުރެވިގެންމިދަނީ އިކުރާމް އަބޫބަކުރުގެ ކޯޗު ކަމުގެ ދަށުން ތައްޔާރުވަމުންއަންނަ ޕަސަންޓް ސްޕޯޓްސް އެވެ. އެކަމަކު މިއަންނަމަހުގެ ބާރައި ގެފަހުން މުބާރާތްފެށި ކުޅެންފެށީމަ ހުރިހާކަމެއް އެނގިހާމަބެގެން ދާނެއެވެ.

0 ޚިޔާލު: