Monday, 10 November 2008
އިހުނަށްވުރެވެސްފޯރިގަދަވެއްޖެ

ލިޔުނީ : މޫސާ ޙުސެއިން ، ލަންދޫ / މިހާސް

ލަންދުއަކީ ފުޓްބޯޅައިގެ ރަށެކެވެ. ލަންދޫގެ ފަސްގަނޑުގައި އެންމެ ފޯރީއާއި ޖޯޝާއި އެކު ކުޅެވޭ ކުޅިވަރަކީވެސް ފުޓްބޯޅައެވެ. ލަންދޫގެ ތާރީޚްގައި އަދި މިހާތަނަށް ޤައުމީލެވަލްގައި ކުޅިވަރަކުން އެންމެބޮޑުކާމިޔާބެއްވެސް ލިބިފައިވަނީ ހަމައެކަނި ފުޓްބޯޅައިންނެވެ.
މިހުރިހާސަބަބަކާއި އެކުގައި ފުޓްބޯޅައަކީ މިއަދުވެސް އެންމެގިނަބަޔަކު ތަރުޙީބުދީ ބައިވެރިވަމުންދާ ކުޅިވަރެވެ.
ލަންދޫގައި މިފަހަރު ސްކޫލްކުދިންގެ ބޮޑުބަންދާއި ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ދެ ފުޓްބޯޅަމުބާރާތަށް ޓަކައި ރަށުގެ ހުރިހާ ފުޓްބޯޅަކުޅުންތެރިން ދަނީ ވަރަށްފޯރިއާއި އެކު ތައްޔާރުވަމުންނެވެ.
މީގެކުރިން ލަންދުއަކީ 5:30 ގައި ފުޓްބޯޅަކުޅެންފަށާބަޔަކު ކުޅެންދާ ރަށެއްކަމުގައި ވީނަމަވެސް މިއަދު މިކަންވަނީ މިޅިންބަދަލުވެފައެވެ. މިއދު އެންމެލަސްވެގެން ކޮންމެދުވަހަކުވެސް 4:30 ގައި ބައިބަހައިގެން ކުޅެންފަށައެވެ.
މިގޮތަށް މިގަޑިއަށްކުޅެންފަށާއިރުވެސް ގިނަދުވަސްދުވަހު ކޮޅެއްގައި ސާދަ ނުވަތަ ފަނަރަ ކުޅުންތެރިން ތިބެއެވެ.
ކުދިންއަވަހަށް ކުޅެންގެންދިޔުމާއި ހިސާބަށްވުރެގިނައިން ކުދިން ދަނޑުމަތީގައި ގިނަވެގެންދިޔަނުދިނުމަށްޓަކައި ކުދިންގެ މެދުގައިވަނީ ވަރަށްރަނގަޅު ޤަވާއިދެއްވެސް ހެދިފައެވެ. އެއީ އެދުވަހު ކުޅުމަށް ބައިބަހާފަހުން ކުޅެންކުއްޖަކު ދިޔަކަމުގައިވިޔަސް އެކުއްޖަކަށް ނުކުޅެވޭ އުޞޫލެވެ. ނަތީޖާއެއްގެ ގޮތުން މިއަދުމިވަނީ 5:30 ގައިކުޅެންފެށުމަށް އާދެވެފައިވާ އާދަވުން ބަދަލުވެގެންގޮސްފައެވެ.
މިގޮތުގައި މިރޫޙްގައި، އަދި މިފޯރީގައި ހިފަހައްޓައިލެވިއްޖެނަމަ ކުރިއަށްރޭވިފައިވާ ފުޓްބޯޅަމުބާރާތް ތަކަކީ ހުރިހާގޮތަކުންވެސް ފޯރިގަދަ އަދި ކާމިޔާބު މުބާރާތްތަކަކަށް ވެގެންދާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއްނޫނެވެ

ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment