ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 11 November 2008

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަލްފާޟިލް މުޙައްމަދު ނަޝީދު 11 ނޮވެމްބަރ 2008 ގައި ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅު.

ލިޔުނީ : އަޙްމަދު ދާއޫދު



c


އައްސަލާމް އަލައިކުމް . ޙަމްދާއި ޝުކުރުހުރި އެއްކައުވަންތަ މާތްރަސްކަލާންގެއަށް . ޞަލަވާތާ ސަލާމް ހުރީ އުންމަތުގެ މާތްނަބިއްޔާއަށް.
ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި ރައީސް. ދިވެހިޖުމްހޫރީފޭރާން މިއަދު ޖަރީވެ ޒީނަތްވެފައި މިވަނީ މުޅިންއައު ކުލަތަކަކުން. އެއީ މިވަގުތާ ، މިޒަމާނާ،ޙާލަތު ގެނެސްދިން އުއްމީދީ ކުލަތައް. ބަދަލުވަމުން ދިޔަރާއްޖެ މިވަނީ ބަދަލުވެފަ. މުޅިންއާ ރިޔާސީ ބަދަލަކަށް ލާމެހި ހިމުންވެފަ. މިއަދު މިވަނީ މިރާއްޖޭގައި ގިނަޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބަކަށް ފަހު ، މިނިވަން އިންސާރުވެރި އިންތިޚާބަކަށްފަހު، ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ރާއްޖޭގެ ރައްޔިތުންނަށް ލިބިފަ. މިއީ ރާއްޖޭގެ ރައްޔިތުން ގިނަޒަމާންތަކެއްވަންދެން ގަދައަޅާ ކުރަމުންއައި މަސައްކަތް ތަކަކާ، އަދި އެރައްޔިތުންގެ ފޮނި އުންމީދުތަކެއްގެ ނަތީޖާ. އަޅުގަނޑު ދަންނަވާނީ މިދުނިޔޭގައި، މިފަހުގައި، ރައްޔިތަކު ނުވެޔޭ 30 އަހަރުގެ ދިގުވެރިކަމެއް މިހާއޮމާންކަމާއި އެކުގައި ނިންމާ، އާ ވެރިކަމަކަށް ޤައުމު ބަދަލުކުރިރައްޔިތެއް . އަޅުގަނޑު ރާއްޖޭގެރައްޔިތުންނަށް ނުހަނު ޝުކުރާއި މުބާރަކުބާދި މިސަބަބަށްޓަކައި، ރައްދުކުރަން. ރާއްޖޭގެރައްޔިތުންނަށް ހަމަ ސާބަސްދަންނަވަން.
އަޅުގަނޑުމެން އުފައްދާ ސަރުކާރަކީ، މިއަދު އަޅުގަނޑު މާތްރަސްކަލާންގެ ގަންދީ ހުވާކޮށް ، އެހުވާ މަތީގައި ދެމިހުރުމަށް މި ނިޔަތްގަން ވަޢުދުވުމަށްފަހު އުފައްދާ ސަރުކާރަކީ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި އުފައްދާ ސަރުކާރެއް. ވެރިކަން ކުރަނީ ހަމައެކަނި ވެރިކަންކުރުމަށްޓަކައެއްނޫން. ވެރިކަންކުރުމުގެ ބޭނުމަކީ ވަޢުދުފުއްދުން. އަޅުގަނޑުމެން ސަރުކާރެއް އުފައްދާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި.
ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ މިއަދު މިއޮތްމިންވަރުނޫންކަމަށް އަޅުގަނޑުމެން މިއައީ ތަކުރާރުކޮށް ބުނަމުން. އަޅުގަނޑުއަނެއްކާވެސް ހަމަތަކުރާރުކުރާނީ ހަމައެވާހަކަތައް. ތަކެތީގެ އަގު ރައްޔިތުންނަށް އަތްނުފޯރާފަށަށް ބޮޑުވެގެން ގޮސްގެން ނުވާނޭ . ޤައުމެއްގެ މާޟީ ނިޒާމް އެނޫންގޮތަކަށް ރޭވެންޖެހޭނޭ. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭނޭ. ރައްޔިތުންނަކީ ރަށުބަންދުގެ ޙާލަތުގައި އެއްތަނުން އަނެއްތަނަށް ދަތުރުނުކުރެވި ތިބި ބަޔަކަށް ވެގެންނުވާނޭ ޒުވާނުންނަކީ ޑްރަގްގެ ޝިކާރައިގާ ޖެހިގެއްލި ނިކަމެތިވެ ދާބަޔަކަށް ވެގެންނުވާނޭ . އަޅުގަނޑުމެން އެތައްވަޢުދެއްވެއްޖައިމު، އަޅުގަނޑުމެނަށް ރައްޔިތުން އަޣްލަބިއްޔަތެއްދެއްވީ ، މިވަޢުދުތައް އަޅުގަނޑުމެން ފުއްދުމަށްޓަކައި.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިބޭއްވުނު އިންތިޚާބު މިބޭއްވުނީ އަޅުގަނޑުމެން މިދިޔަދުވަސްތަކުގައި، އެކުލަވާލި ޤާނޫނު އަސާސީގެ އިންތިޤާލީބާބުންނެއްޓި. އެޤާނޫނު އަސާސީގެ ސީދާ ހަމަހަމަ ކުލަތަކުގެ ތެރޭގައި .
މިވަގުތު އަޅުގަނޑުގެ އެންމެބޮޑު އެއްވާޖިބަކީ އެޤާނޫނުއަސާސީގެ ރޫޙާ ، އެޤާނޫނު އަސާސީގެ ހަމަތަކާއި، އެއްގޮތަށް ރާއްޖޭގައި ހެޔޮވެރިކަން ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަންކުރާނަން. އެކަންކުރުމުގައި މިއަދާ އަދި ކުރިއަށް މިއޮތް ވަގުތުކޮޅުގެ ތެރޭގައި ރައްޔިތުންގެ މަޖްލީހުގެ ދައުރު އަޅުގަނޑުހިތުން އެއްވެސް ބޭފުޅަކަށް ހަދާންނެތިއެއް ނުދާނެ. މިޤާނޫނު އަސާސީ ބަޔާންކުރާގޮތުން ވުޒާރާ ތައް ކަނޑައެޅުމާއި، އަދި ވުޒާރާތައް ފާސްކޮށްދިނުމާއި، ވަޒީރުންނަށް ރުހުންދެއްވުން، އެއީ ރައްޔިތުންގެ މަޖްލީހުން ކުރައްވާ ކަމެއް. ރައްޔިތުންގެ މަޖްލީހުން މިކަންކަން ފުރިހަމައަށް ކުރެއްވީމާ ، އަޅުގަނޑުމެންނަށް ސަރުކާރެއް ހިންގަން ފެއްޓެންއަންނަނީ. އަޅުގަނޑުއުންމީދުކުރަނީ އަޅުގަނޑު ދެކެނީ މަޖްލީހުގެ ޢިއްޒަތްތެރިމެމްބަރުން ރައްޔިތުންގެ އަޣުލަބިއްޔަތާއި އެއްގޮތަށް ސަރުކާރެއް އުފެއްދުމަށް އަޅުގަނޑަށް އެހީތެރިވެދެއްވާނެކަމަށް . އަދި ގިނަލަސްތަކެއްނުކުރައްވާ ، ސަރުކާރާއި، ސަރުކާރުގައި ތިއްބަވާ ވަޒީރުން ނަށް ތިބޭފުޅުންގެ ރުހުން ދެއްވާނެކަމަށް . އަޅުގަނޑުދަންނަވާނީ ކުރިއަށް މިއޮތް ކިތަންމެދުވަހަކީ ހަމަ މިއަދުފަދަ މުނާސަބު ތާރީޚީ ދުވަސްތަކެއް. އަޅުގަނޑުމެނާއެކު މިއަދު މިޖަލްސާގައި، ޝްރީލަންކާގެ ޢިއްޒަތްތެރި ރައީސް ހިޒް އެކްސެލެންސީ މަހެންދުރަ ރާޖްބަކްޝަ އަދި އިންޑިޔާގެ ނައިބްރައީސް ބައިވެރި ވަޑައިގެން އިންނެވިކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށްބޮޑުފަޚުރެއް.
އަޅުގަނޑުމެންނާ އެކުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން ތިއްބެވިކަމީ އަޅުގަނޑުމެނަށް މިއަދު މިހުއްޓުމަށް ހުއްޓެވުނު ސަބަބު.އަޅުގަނޑު އަނެއްކާވެސް ހަމައެރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެފުންމިނުން ޝުކުރުދަންނަވަން.
އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް ހެޔޮވެރިކަމުގެ ނިޒާމެއް ބޭނުންވާކަން އަޅުގަނޑުމެން ދިވެހިންނަށް އެގެމުން އަންނަތާ ކިތަންމެދުވަހެއްވެއްޖެ. އަޅުގަނޑުމެން ތެރެއިން އެތައްބައެއް އެ ހެޔޮވެރިކަން ލިބިގަތުމަށްޓަކައި، ނުހަނުގަދ ނުހަނުބުރަ މަސައްކަތް ކުރަމުން އަންނަތާވެސް ކިތަންމެދުވަހެއް ވެއްޖެ. މާތްރަސްކަލާންގެ އިރާދަފުޅުން މިއަދު އަޅުގަނޑުމެންނަށް މިފެށެނީ ޑިމޮކްރެޓިކް އުޞޫލްތަކާއި އެއްގޮތަށް ރާއްޖޭގެ ޤާނޫނު އަސާސީ ގެ އިމްގެ ތެރޭގައި އިސްލާމް ދީނުގެ މަތިވެރި އުސޫލްތަކާއި ހަމަތަކުގެ މަތިން ހިންގޭ ހެޔޮވެރިކަމެއްގެ ނިޒާމެއް މިރާއްޖޭގައި ހިންގުން އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގެ ރައްޔިތުންނަށާއި އަޅުގަނޑުމެންގެ އެންމެހައި ކަންކަމަށް ހެޔޮނަޞީބާއި ތައުފީޤުލެއްވުން. އަލްޙަމްދު ލިﷲ . ވަރަށް ބޮޑަށް ޝުކުރިއްޔާ
!

0 ޚިޔާލު: