Monday, 10 November 2008
އަނބުރާ ރަށަށް ހިޖުރަކުރަނީ.
ލިއުނީ : ގޮމަ
ލިއުނީ : ގޮމަ

ނ.ލަންދޫސްކޫލުން ދެވޭތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދަރިންނަށް ރަގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ މަޤްޞަދުގައި މީގެ ދެތިންއަހަރުކުރިން މާލެއަށް ބަދަލުވި އެތައްޢާއިލާ ތަކެއް އެނބުރި ރަށަށް ހިޖުރަކުރާގޮތަށް ނިންމައިފިއެވެ. އަދި މިހާރުވެސް ވަނީ މީގެތެރެއިން ބައެއް ޢާއިލާތައް ރަށަށް ބަދަލުވެފައެވެ.
ފުރަތަމަފަހަރަށް ލަންދޫސްކޫލްގައި ޖީސީއީ އޯލެވެލް ، އައިޖީސީއެސްއީ، އަދި އެސްއެސްސީ އިމްތިހާންތައް ހަދަންފެށިފައިވަނީ ވޭތުވެދިޔަ އަހަރުއެވެ. ވޭތުވެދިޔައަހަރު ފުރަތަމަފަހަރަށް މިއިމްތިހާންތައް ހަދަން ފެށުނުކަމުގައިވިޔަސް ވޭތުވެދިޔައަހަރު ސްކޫލަށް ލިބުނުކާމިޔާބީއަކީ ރަށުން ބޭރަށް ދަރިންނަށް ކިޔަވައިދިނުމަށް ގޮސްތިބި އެތައް ޢާއިލާ ތަކެއް އެނބުރި ރަށަށް ހިޖްރަކުރަންނިމި އެންމެބޮޑު އެއްސަބަބު ކަމުގައި އަޅުގަނޑުދެކެމެވެ.
ޙަޤީޤަތުގައި ލަންދޫގެ ކޮންމެދަރިއަކީވެސް ނުހަނު ބޮޑަށް ރަށްދެކެލޯބިވާ ރަށަށް ހެއޮއެދޭ ، ކުރިއެރުމާއި ފާގަތިކަން އެދޭ ރައްޔިތެކެވެ.
ތަޢުލީމީ ގޮތުން މިއަދު ލަންދޫ މިދެކޭ ކުރިއެރުމަކީ ވެސް ލަންދޫގެ ލޮބުވެތި ރައްޔިތުންގެ ގަދަހިތްވަރާއި މިންނެތްމަސައްކަތުން ޙާޞިލް ކޮށްފައިވާ ކުރިއެރުން ތަކެކެވެ.
ބެލެނިވެރިންގެ އަމިއްލަ މަސައަކަތުން ސާނަވީ ތައުލީމުގެ ބިންގާ އަޅައިދިން ލަންދޫސްކޫލުން ވޭތުވެދިޔަ އަހަރު ސްކޫލް ނިންމި ސާދަވަރަކަށް ކުދިންނަށްވުރެ މިއަހަރު ސްކޫލްނިންމާ ތިރީހަކަށް ކުދިންނަކީ ހުރިހާގޮތަކުންވެސް ރަނގަޅުކާމިޔާބީތަކެއް ހޯދައިދޭނެ ކުދިންތަކެއް ކަމުގައި ލަންދޫސްކޫލުން ދެކެމެވެ.
ރަށުން ދެވޭ ތަޢުލީމު ކަމުނުގޮސްގެންރަށުން ބޭރަށް ދިޔަ އެތައްޢާއިލާ ތަކެއް އަންނައަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އަލުން އެނބުރި ލަންދޫސްކޫލާއި ގުޅެމުންދާއިރު މިކަމުގެ ސަބަބުން މިއަންނައަހަރު ލަންދޫސްކޫލަށް ވެގެންދާނީ އިތުރުގޮންޖެހުން ތަކަކާއި އިތުރު ތަޖްރިބާ ތަކެއް ކުރަންޖެހޭ އަހަރެއްގެ ގޮތުގައެވެ.
ނަމަވެސް ސްކޫލްގެ އެންމެހައި ބެލެނިވެރިން ނާއި ދަރިވަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާޢީދު ލިބިއްޖެ ކަމަށްވާނަމަަ މިހުރިހައިކަމަކީވެސް ހައްލުކުރަންދަތި ކަމަކަށް ވެގެން ނުދާނެއެވެ. ބޭނުންވަނީ ބެލެނިވެރިންނާއި، މުޖުތަމަޢުގެ އެއްބާރުލެއްވުމާއި ފުރިހަމަތާއީދެވެ.

ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment