Friday, 28 November 2008
ދަނޑިޕާޓީއާއި އެކު ކަތީބު ދުރުވާނަމަ އެއްބަޔަކުނުދާން ނިންމައިފި
ލިޔުނީ : އަހްމަދު ދާއޫދު

ޘަޤާފީ ކުޅިވަރު ލަންދޫގައި އާލާކޮށް ދިރުވާ ކޮމެޓީގެ ފަރާތުން މިހާރު ދަނީ މިއަންނަ ބޮޑުޢީދުގައި ކުޅޭނެ ޘަޤާފީ ކުޅިވަރުތައް ފޯރިއާއި އެކު ފަރިތަކުރަމުންނެވެ. އެގޮތުން ކޮންމެރެއަކުވެސް ކުޅިވަރުތައް ފަރިކުރުން އޮވެއެވެ. ޙާއްޞަގޮތެއްގައި ދަނޑިފަރިތަކުރުން އޮވެއެވެ. ދަނޑި ފަރިތަކުރުމަށް މާބޮޑު ސަމާލުކަމެއް މިފަހަރު އެބޭފުޅުން އެދެއްވަނީ ނ.ވެލިދޫން އެރަށުގެޒުވާނުންގެ ބަޔަކު ދީފައިވާ ދައުވަތަކަށް ބޮޑުޢީދުގައި ދަނޑިޖަހަން ވެލިދުއަށް ދިޔުމަށް ނިންމާފައިވާ ތީއެވެ. އެހެންނަމަވެސް ކުޅިވަރުތަކުގެ ޕްރެކްޓިސް މިހާހިސާބަށް ދިޔައިރު ޕާޓީގެ މެދުގައި މިވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް މެދުވެރިވެފައެވެ.
ގާތްގަޑަކަށް 30 ވަރަކަށް ބޭފުޅުން ހިމެނިލައްވާ ދަނޑިޕާޓީގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ ގިނަބޭފުޅުން މިހާރު ހާމަކުރަމުން ދަނީ ވެލިދުއަށް ދާއިރު މިދަތުރުގައި ލަންދޫ ކަތީބު އަލްފާޟިލް ޙަސަން ނަޞީރު ބައިވެރިވެލައްވާ ކަމުގައި ވަނީނަމަ އެބޭފުޅުން އެދަތުރުގައި ބައިވެރިނުވާނެ ކަމުގެ ވާހަކައެވެ. މިއީ ކޮންސަބަބަކާއި ހުރެ ނިންމި ނިންމުމެއްތޯ އޮޅުންފިލުވުމަށް ކުރިމަސައްކަތް އަދި މިވަނީ ނާކާމިޔާބުވެފައެވެ.
ތުންތުންމަތިން އެނގޭގޮތުގައި ކަތީބު ނަސީރު މިދަތުރުގައި ބައިވެރިވެލެއްވުމަށް އިދިކޮޅުހަދާ ފަރާތްތަކުން އިދިކޮޅުހަދަމުން އެދާ މައިގަނޑުސަބަބަކީ މިފަދަ ކޮންމެ ބުރަމަސައްކަތަކުން ރަށަށް ލިބޭ ރީތިނަން ކަތީބަކަށްހުންނަވާ ބޭފުޅާއަށް ނިސްބަތްވާތީ ކަމުގައެވެ. އެއީ ކަތީބުން ގެ މާބޮޑު އެއްބާރުލުމެއް މިކަހަލަ ކަންކަމުގައި ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ.
ލަންދޫގައި ކުޅިވަރުތައް އާލާކޮށް ދިރުވުމުގައި އިސްވެ ޙަރަކާތްތެރިވެލެއްވާ ބޭފުޅުން ހާމަކުރައްވާ ގޮތުން ވިއްޔާ ކޮންމެ މީހަކު ކަތީބުކަމުގައިހުއްޓަސް ލަންދޫގައި ކުރިއަށް ގެންދެވޭ މިފަދަ ޘަޤާފީ ، އިޖްތިމާޢީ އަދި ކުޅިވަރުގެ ހަރަކާތްތައް ހިންގާފައިވާނީ އަދި މިހާރުވެސް ހިންގަމުން އެގެންދަނީ ރަށުއޮފިހުގެ މާބޮޑު އެއްބާރުލުމެއް ލިބިގެންނޫނެވެ.
ވީމާ އަޅުގަނޑަށްވިސްނޭގޮތުގައި މިފަދަ ދަތުރު ތަކުގައި ކަތީބުން ، މުދިމުން ، ހެޑްމާސްޓަރުން، ސްޕަވައިޒަރުން ، ޓީޗަރުން ، ފަދަ ކަމާނުބެހޭ ބޭފުޅުން ހިމެނި ނުލެއްވިއަސް އެންމެރަގަޅުވާނެއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment