Saturday, 29 November 2008
ދެވަނަދޯނީގެމަސައްކަތް ކުރިއަށް
ލިޔުނީ : ގޮމަ

މިރަށުގެ މަޝްހޫރުވިޔަފާރިވެރިޔާ މުރިނގު ޚާލިދު އަބޫބަކުރުގެ ދެވަނަ ދޯނީގެ މަސައްކަތް ފެށި ހލުވިކަމާއިއެކު ކުރިއަށް އެބަދެއެވެ.
މީގެ ގާތްގަޑަކަށްދެމަހެއްހާދުވަސްކުރިން ޚާލިދު އަބޫބަކުރުވަނީ އޭނައިގެ ފުރަތަމަދޯނި އަދި ލަންދޫގައި ފުރަތަމަފަހަރަށް ބަނދެވުނު ސަފާރީދޯނި ބަނދެނިންމާފައެވެ. އަދި ބާލާފައެވެ. މިހާރު މިދޯނިވަނީ މިއަތޮޅުގެ ރިސޯޓެއްގަކަމުގައިވާ އިރުފުށި ޓުވަރިސްޓް ރިސޯޓަށް ކުއްޔަށް ދޫކުރެވިފައެވެ.
މިފަހަރު ޚާލިދު އަބޫބަކުރު ބަންނަންފަށާފައިވަނީ ދިގުމިނުގައި ގާތްގަޑަކަށް 47 ފޫޓް ހުންނަވަރުގެ މަސްދޯންޏެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާރު އެތެރެވަތް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ މިދޯނިބަނދެ ހުރިހާކަމެއް ނިމުމުންމި ދޯނި ޙަވާލްކުރުމަށް ހަމަޖެހިފައިވަނީ މާލޭޢގައިމަސްވެރިކަން ކުރަމުންގެންދާ ކިޔޮޅު މުޙަންމަދު ރަޝީދުއާއި ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.
ދާދިފަހުންރަށުގައި އޭނާގެ 3 ވަނަފިހާރައެއް ހުޅުވިއެވެ. ޚާލިދުއަބޫބަކުރުގެ މިމަސްދޯނިބަނުމުގެ ހުރިހާމަސައްކަތެއްވެސް ކުރަމުންދަނީ ޚާލިދުގެ ފުރަތަމަ ދޯނީގެ ވަޑާމުގެހުރިހާ މަސައްކަތެއް ކުރެއްވި ނ.މާފަރަށް އުފަން އެހެންނަމަވެސް މިވަގުތު ކެދިކޮޅުގައި ދިރިއުޅުއްވަމުން ގެންދަވާ އަބޮދުލްޤަނީގެ މާވަޑިކަމުގެ ދަށުން މީނާގެ ގުރޫއްޕުންނެވެ.
މިހާރުމަސައްކަތް ކުރިއަށް ދާގޮތަށް ކުރިއަށްދާނަމަ ގާތްގަނޑަކަށް މަހެއްހާދުވަހުގެ ތެރޭގައި މިދޯނިބަނުމުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމުގައި އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment