Saturday, 29 November 2008
އެންމެއިތުރުކަން ބޮޑުޢަމަލަކީ ކޮބައިތޯއެވެ؟

އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި

ވަސައްސަލަމްގެ ބަސްފުޅެއްގެ މާނައިގާ ވެއެވެ. " އެކަލޭގެފާނުގެ މައްޗައް ﷲ ޞަލަވާތާއި ސަލާމްލެއްވި ނަބީ ކަލޭގެފާނު އަރިހުގައި ސުވާލުދެންނެވުނެވެ. އެންމެއިތުރުކަން ބޮޑުޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޡްކުރެއްވިއެވެ. ﷲ އާއިއެކަލާންގެ ރަސޫލާއަށް އީމާންވުމެވެ. ދެންނެވުނެވެ. ދެންކޮންކަމެއްތޯއެވެ؟ ޙަދީޡްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމެވެ. ދެންނެވުނެވެ. ދެންކޮންކަމެއްތޯއެވެ؟ ޙަދީޡްކުރެއްވިއެވެ. މަބްރޫރުޙައްޖެކެވެ." އެބަހީރަނގަޅު ގޮތުގައިވެވޭ ޙައްޖެކެވެ.
މަބްރޫރުޙައްޖަކީ ﷲގެ ޙަޟުރަތުގައި މަޤްބޫލު ވެގެންވާ ޙައްޖެވެ. އެއީއެ ޙައްޖުގެ ތެރޭގައި ޖިމާޢުވުމެއްނުވާ ފާސިޤު ކަމެއްނުހިގާ ޖަދަލްކޮށް ޒުވާބުކުރުމެއް ނުވާޙައްޖެވެ. ޙައްޖުވާންއޮތް ފުރިހަމަ ގޮތުގައި ވެވޭޙައްޖެވެ. މާތް ﷲވަޙީ ކުރެއްވިއެވެ. "الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلا رَفَثَ وَلا فُسُوقَ وَلا جِدَالَ فِي الْحَجِّ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى " ( އަލްބަޤަރާ 197) މިއާޔަތުގެ މާނައީ " ޙައްޖުގެ ވަޤުތަކީ ކަނޑައެޅިގެންވާ މައްސަރުތަކެކެވެ. ފަހެއެމައްސަރު ތަކުގައި ޙައްޖުފަރުޟުކޮށް ގެންފިމީހާ (ދަންނާށެވެ!) ފަހެޙައްޖުގެ ތެރޭގައި ޖިމާޢުވުމެއްއަދި އުރެދުމެއް އަދި އަރާރުންވުމެއްވެސް ނެތެވެ. އަދިހެޔޮ ކަމުގެތެރެއިން ތިޔަބައިމީހުންކުރާ ކޮންމެކަމެއް ﷲދެނެވޮޑިގެންވެއެވެ. އަދިތިޔަބައިމީހުން ދަތުރުމަތީ ކޮށްތުލިބިގަންނާށެވެ! ހަމަކަށަވަރުން އެންމެމޮޅު ކޮށްތަކީ ތަޤުވާއެވެ"
މަބުރޫރު ޙައްޖުގައި ތިރީގައިމިވާ ކަންތައް އެކުލެވިގެން ވާންޖެހޭނެއެވެ.
ސ1- އިޚްލާސްތެރި ނިޔަތަކާއެކު އެއަޅުކަން އަދާކުރަންވާނެއެވެ. މިބިޔައަޅުކަމުގެ ހުރިހާ ޢަމަލެއްބިނާ ވެގެންވާ އަސާސަކީ އިޚްލާސްތެރިކަމެވެ. ﷲއަށް ޓަކައިނިޔަތް ޚާލިސްކުރުމެވެ. އަދި ޙައްޖުގެތެރޭގައި ތަވާޟުޢުވެރިވެ ޚުޝޫޢަތްތެރިވާންވާނެއެވެ. އެއްވެސްކަހަލް ބޮޑާވުމެއް އޮވެގެން ނުވާނެއެވެ.
ސ2- ޙައްޖުގެ އަޅުކަމަށްބޭނުންކުރާ ހުރިހާ ފައިސާއަކީ ޙަލާލްގޮތުގައި ހޯދާފައިވާ ފައިސާކަމުގައި ވާންވާނެއެވެ. އޭގެތެރެއަށް ޙަރާމްގޮތުގައިހޯދި ފައިސާއެއް، ވަދެއްޖެނަމަ ޙަލާލްފައިސާ ފާސިދުވާނެއެވެ.
ސ3- ކެތްތެރިވާންވާނެއެވެ. ދިމާވާއުނދަގޫތަކާއި ވަރުބަލިކަމާއި ބުރަތަކަށް ކެތްތެރިވުމުން ޡަވާބުގިނަގުނަވެގެންދާނެއެވެ.
ސ4- އެކަކު އަނެކަކާ ކުރާ މުޢާމަލާތްތައް ރަގަޅުރިވެތިގޮތުގައި ކުރަންވާނެއެވެ. ހަރުކަށިވެގެންނުވާނެއެވެ.
ސ5- މިމަތިވެރިނިޢުމަތް ދެއްވިކަމަށް ޓަކައި ﷲއަށް ޝުކުރުވެރިވާންވާނެއެވެ. ޙައްޖުގެ އަޅުކަމަށް އެހެންމީހުން ޝަޢުގުވެރިވާ ގޮތަށް އެޙައްޖުގެވާހަކަ ދައްކަންވާނެއެވެ.
ސ6- ޙައްޖުގެ އަޅުކަމުން ލިބުނުފައިދަތަކާއި މަންފާތަކާއި ޘަވާބަށް ރައްކާތެރިވާންވާނެއެވެ. ޙައްޖުވުމަށްފަހު ފައިދާހުރިހެއޮޢަމަލް ތަކަކުން އާޙަޔާތެއް ފަށްޓަންވާނެއެވެ.
ނޯޓް: މިއީ ފަޟީލަތުއްޝައިޚުލް އުސްތާޛު މޫސާ ފަތުޙީގެ ލިޔުއްވުމަކުން ނަގާފައިވާ ލިޔުމެކެވެ.

ޝާއިޢުކުރެވުނީ ދީން
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment