Tuesday, 18 November 2008
ނެޓްބޯޅަ ޕުރެކުޓިސް ވެސް ފެށިއްޖެ
ލިޔުނީ : ގޮމަ

މިއަހަރުގެ ބަރަކާތްތެރި ފިތުރުއީދާއި ސުކޫލްކުދިންގެ ބޮޑުބަންދަކީ އުފާވެރި ކާމިޔާބު ދުވަސްތަކަކަށް
ހެދުމަށް ލަންދޫގެ ލޮބުވެތި ރައްޔެތުން، ހާއްސަކޮށް ލަންދޫގެ ޒުވާނުން ކުރަމުންގެންދާ މަސައްކަތް ތަކުގެތެރެއިން ބޮޑުއީދަށް އަމާޒުކުރުވައިގެން ބޭވުމަށް ހަމަޖެހިފައިވާ ނެޓުބޯޅަ މުބާރާތައް ތައްޔާރުވުމަށް ފަރިތަކުރުންތައް އިއްޔެފަށައިފިއެވެ.
2000 ވަނައަހަރު އޭރުގެ ލަންދޫ ސްކޫލު އިސްދަރިވަރުންގެ ޖަމުއިއްޔާއިން ރަށަށް ތައާރަފް ކުރުވުނު މިކުޅިވަރަކީ މިއަދު މިރަށުގައި ވަރަށްބޮޑަށް ވައިގައި ހިފާފައިވާ ކުޅިވަރެކެވެ.މިރަށުގެ އަންހެންކުދިންގެ މެދުގައި އެއްވަނަ ކުޅިވަރަށްވެފައިވާ މިކުޅިވަރުގެ ފަރިތަކުރުންތައް މިފަހަރު އިސްވެ ފަށައިފާވަނީ މިއަހަރު ސްކޫލުން ނިމުނު ކުދިންކޮޅެކެވެ. މިކަމުގައި "ލިޔެސް" ޖަމްއިއްޔާއިން އިސްވެ ހަރަކާތްތެރިވެލައްވަނީ އެޖަމްއިއްޔާގެ އަންހެން ގޮފީގެ ރައީސާ އަލްފާޞިލާ ތަސްލީމާ އަބޫބަކުރެވެ. މިފަހަރުގެ އީދުގައި ބޭއްވުމަށް ހަމަޖައްސަމުންދާ ހުރިހާ ކުޅިވަރުތަކެއްގައި އަމަލީގޮތުން ބައިވެރިވަމުންދާ މީހުންނަށް ބަލާލުމުން މިފަހަރުގެ އީދުގެ ކުޅިވަރުތަކަކީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކުޅިވަރުތަކަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރަންޖެހެއެވެ.
މިކަން މިހެން އޮތް އިރު ލަންދޫގައި މިވަގުތު އެންމެ ހަރަކާތްތެރި ޖަމުޢިއްޔާ ކަމުގައިވާ " ލިޔެސް " ޖަމްޢިއްޔާއިން މިކަމަށް ދެއްވާ ޙާއްޞަ ސަމާލްކަން މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ. އަޅުގަނޑުމެން އެދެނީ މާލަސްނުކޮށް ލަންދޫގެ ނެޓްބޯޅަ ކުޅުންތެރިންނަށް ޓަކައި ނެޓްބޯޅަ ކޯޗިންގ ކޭމްޕެއް ޖަމްޢިއްޔާގެ ފަރާތުން މިރަށުގައި ހިއްގަވައި ދެއްވުމެވެ.

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment