ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 19 November 2008

އައު ނަމާއި އެކު ތާރީޙްގެ ތެރެއަށް

ލިޔުނީ : މޫސާ ހުސެއިން ( މިހާސް ) / ނ. ލަންދޫ



ލަންދޫގައި ބޭއްވޭ އެންމެޒަމާންވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި މިފަހަ މިވަނީ ރަށުގައި ވަރަށް ބޮޑަށް ގަދަވެ ވައިގައި ހިފާފައެވެ.
ފުރަތަމަ ފަހަރަށް ޖަމުޢިއްޔާއަކުން އިސްނަގައިގެން ބޭއްވޭ މި މުބާރާތް މިފަހަރު މިވަނީ ވަރަށް ތާރީޙީ މުބާރާތަކަށްވެސް ވެފައެވެ. ފުރަތަމަ ކަމަކަށް މި މުބާރާތުގެ ނަން " ލިޔެސް ހޮލިޑޭކަޕް" ގެ ނަމަށް ބަދަލުވުން ފާހަގަކޮށްލަން ޖެހެއެވެ. ދެވަނަ ކަމަކަށް ރައްޔިތުން ގާތަށް ފޮތް ހިފައިގެން ސަލާންޖަހަން ނުގޮސް ޖަމުޢިއްޔާއިން އިސްނަގައިގެން ސްޕޮންސަރ ހޯދައިގެން ބޭއްވޭ ފުރަތަމަ މުބާރާތައް މި މުބާރާތް ވާކަންފާހަގަކޮށްލަން ޖެހެއެވެ. ލަންދޫގެ ތަރީޙްގައި މިހާތަނަށް މިހާދުރާލައި ޓީމްތަކުން މިހާފުރިހަމައަށް ތައްޔާރުވާ ފުރަތަމަ މުބާރާތަކީވެސް މިފަހަރުގެ " ލިޔެސްހޮލިޑޭކަޕް" ކަން ހަމަޔަޤީނެވެ. މި މުބާރާތައް އެފް.އޭ.އެމްގެ ރެފްރީން ގެނެވިއްޖެނަމަ މިކަންވެގެން ދާނީ ފުޓްބޯޅައިގެ މިރަށުގެ ފުޓްބޯޅައިގެ ތާރީޙްގައި ރަން އަކުރުން ލިޔެލެވޭނެ ކަމަކަށެވެ. ލަންދޫގެ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ފަހަރަށް އިސްތިހާރު ބޯޑްތަކެއް ބެހެއްޓޭނެ މުބާރާތަކީވެސް މިފަހަރުގެ " ލިޔެސް ހޮލިޑޭކަޕް" ފުޓްބޯޅަ މުބާރާތެވެ. މި ނޫނަސް މި މުބާރާތް ތާރީޙީ މުބާރާތަކަށް ވެގެންދާނެ އެތަށްބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ.


މިފަހަރުގެ " ލިޔެސް ހޮލިޑޭކަޕް " އަކީ ތާރީޙީ މުބަރާތަކަށް ހެދުމަށްޓަކައި މިމުބާރާތް ފުރަތަމަ ފަހަރަށް އިންތިޒާމް ކުރާ " ލިޔެސް " ޖަމުޢިއްޔާގެ ހީވާގި އެންމެހައި މެމްބަރުންނަށް މިފުރުޞަތުގައިވެސް އަޅުގަނޑުމެން ނިހާޔަތައް ޝުކުރުވެރިވަމެވެ. ޚާއްޞަ ގޮތެއްގައި މާލޭކޮޅުން މި މުބާރާތުގެ ގިނަކަންތައްތަކެއް ހަމަޖައްސަވަމުން ގެންދަވާ ހަފްސީ ޢަބުދުﷲ ގެނަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. ޚަޤީގަތުގައި މިޒަމާނުގައި ކަމެއްކުރެވޭނީ ބަޔަކުމީހުން ވަރުގަދަ މަސައްކަތްތަކެއްކޮށް މަތިވެރި ޤުރުބާނީތަކެއްވެގެން ކަމުގައި އަޅުގަނޑު ޤަބޫލް ކުރަމެވެ.
މިއަދު " ލިޔެސް " ޖަމުޢިއްޔާގެ އިސް ސަފުގައި ތިއްބެވި ޓީމަކީ މިދެންނެވިފަދަ ބޭފުޅުންކޮޅެއްކަމަށް އަޅުގަނޑުޤަބޫލް ކުރަމެވެ. ބޭނުންވަނީ ހެޔޮ ނިޔަތަކާއި އެކު ތެދުވެރިކަމާއި ،ވަފާތެރިކަމާއި އެކު ރަށަށް ލާބަޔާއި މަންފާހުރި ކަންތައްތަކުގައި އިސްނަގައިގެން ކުރިއަށް ދިއުމެވެ.

0 ޚިޔާލު: