ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 9 November 2008

އެމް،ޑީ،ޕީ އިއްތިހާދުގެ ކެބިނެޓް އިއުލާންކޮށްފި
ޙަފްޞީ ޢަބުދުﷲ / ލަންދޫ

އެމް،ޑީ،ޕީ އިއްތިހާދުގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވައި، އެކަން މިއަދު ހާމަކުރައްވައިފިއެވެ. އަންނަ އަންގާރަ
ދުވަހުން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެންފައިވާ މުޙަންމަދު ނަޝީގެ ރަސްމީ ތަރުޖަމާން އިބްރާހީމް ހުސައިން ޒަކީ މީގެ އިރުކޮޅެއް ކުރިން ހާމަކުރެއްވި ކެބިނެޓްގައި ސާދަ ވުޒާރާއެއް ހިމެނެއެވެ. އެވުޒާރާތައް ހިންގެވުމަށް ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކެބިނެޓް މިނިސްޓަރުންގެ ނަންފުޅުތައްވެސް މިއަދު ވަނީ ހާމަކުރައްވާފައެވެ. އެބޭފުޅުންނާ ހަމަޖެއްސެވި ވުޒާރާތަކަކީ

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޤާސިމް އިބްރާހީމް.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލީ ހާޝިމް.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު.
މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އައިމިނަތު ޖަމީލް.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިސަލް.
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ މުސްޠަފާ ލުޠުފީ.
އެޓާރނީ ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދު.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދު.
މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ އަޙްމަދު އަލީ ސަވާދު.
މިނިސްޓަރ އޮފް ހިޔުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯރޓްސް އަލްއުސްތާޛު ހަސަން ލަތީފް.
މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯރޓް އެންޑް އެންވަޔަރަމަންޓް މުޙަންމަދު އަސްލަމް.
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒް ޑޮކްޓަރ އިބްރާހީމް ދީދީ.
މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަބުދުލްމަޖީދު އަބްދުލްބާރީ.

މާދަމާގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ ހައިޞިއްޔަތުން މުޙަންމަދު ނަޝީދު
އައްޔަންކުރައްވާ އަށް މެންބަރުންގެ ނަން ހާމަކުރައްވާނެކަމަށްވެސް ޒަކީ ވިދާޅުވިއެވެ. އަދި މިނިސްޓްރީތައް ހުންނާނެ އިމާރާތްތައް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކޮމިޓީތަކުގެ މަސައްކަތްތައްވެސް ދެދުވަހެއްގެ ތެރޭގައި ނިމޭނެކަމަށް ޒަކީ ވިދާޅުވިއެވެ

0 ޚިޔާލު: