Sunday, 30 November 2008
މިފަހަރުގެ ފެވަރިޓުންނަކީ ކޮބާ؟
ލިޔުނީ : މޫސާ ޙުސެއިން / މިހާސް

އަންނަމަހުގެ 12 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ "ލިޔެސްހޮލިޑޭކަޕް" ވެގެންދާނީ މިފަސްގަނޑުގައި މިހާތަނަށް ބޭއްވޭނެ އެންމެފޯރިގަދަ އަދިވާދަވެރި ފުޓްބޯޅަ މުބާރާތްކަމާއި މެދު މިހާރުކުޑަވެސް ޝައްކެތްނެތެވެ.
މިހާރު ކުރަމުންދާ ގަދަވިއްސާރައިގާ ، ވެހެމުންދާ ބޯވާރެއަށް ބެލުމެއްނެތި ޓީމްތަކުން އެޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމާއި، މުބާރާތަށް ތައްޔާރުވުމަށްޓަކައި ޓީމްތަކުން ޓީމްތަކުގެ މާލީޙާލަތު ރަގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، އަދި މުބާރާތުގައި ކުޅުމަށްޓަކައި ރަށުގައިތިބިނަމަ ތިބި ހުނަރުވެރި މޮޅަތިކުޅުންތެރިން ރަށަށް ޖަމާވަމުން ދާކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
މީގެކުރިން ކޮންމެއަހަރެއްގެ ސްކޫލްކުދިން ގެ ބޮޑުބަންދާއި ދިމާކޮށް ބޭއްވޭ "ހޮލިޑޭކަޕް" މިފަހަރު ލިޔެސް ހޮލިޑޭކަޕަށް ނަންބަދަލު ކޮށްގެމް ބޭއްވޭ ތާރީޚީ މުބާރާތުގައި ވާދަކުރާ ހަތަރުޓީމަކީވެސް ފެންނަ ފެނުމަށް ދާދި ހަމަހަމަ ޓީމްތަކެކެވެ.
ނަމަވެސް ރަށުތެރޭގެ އަޑުތައް ހުންނަގޮތުން މިފަހަރުގެ މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި މިހާރުވެފައިވަނީ " ވެލޯސިޓީ" އެވެ. ފެންނަފެނުމަށް ވަރުގަދަ ސްކޮޑެއް އޮވެފައި އެންމެ ހުނަރުވެރި ކުޅުންތެރިންތިބީވެސް ހަމަމިޓީމުގައެވެ. މިލިސްޓްގެ ދެވަނައިގާ އުޅެނީ ލަންދޫގައި މިވަގުތު އަރަމުންއަންނަ އެންމެޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ގެ މައްޗަށް އެކުލެވިގެންވާ " އެފްސީ އޮކާޗީ " ގެޓީމެވެ. މިލިސްޓްގެ އެންމެފަހަތުގައި އުޅެނީ މުބާރާތަށް ތައްޔާރުވުމުގައިވެސް ތަންކޮޅެއްފުލުގައި އުޅޭކަމަށް ފާހަގަކުރެވޭ ޕަސަންޓް ސްޕޯޓްސް އެވެ.
ނަމަވެސް ވޭތުވެދިޔައަހަރުގެ މުބާރާތުގެ ތަޖްރިބާގެ އަލީގައި ދަންނަވަންޖެހެނީ މިގޮތަށް ކަނޑައެޅޭ ކަނޑައެޅުންތަކަކީ ކުޑަވެސް ހަޤީޤަތެއްއޮތް ކަމެއްނޫންކަމުގައެވެ. ވޭތުވެދިޔަ އަހަރުވެސް އެންމެފުލަށް ދާނެކަމަށް އަޑުތައްއަރައިގެންދިޔަ ޕަސަންޓް ސްޕޯޓްސް މުބާރާތް ނިންމާލީ ޗެމްޕިއަން ތައްޓާއި އެކުގައެވެ . މިފަހަރުވެސް މިކަންތައް ތަކުރާރުވުމަކީ ވެސް މާދުރުގައިވާ ކަމެއްނޫނެވެ.
އަޅުގަނޑަށް ޔަޤީންވާ ކަމަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީވެސް ވަރަށް ވާދަވެރިޓީމްތަކަކަށް ވެގެން ދާނެކަމެވެ. ފެވަރިޓުންނަށް ވާނީ ކޮންޓީމެއްތޯ ބަލަންތިބެމާ ހިނގާށެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment