ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 12 November 2008

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންޢައްޔަން ކުރައްވައިފި

ޚަބަރު: ޙަފްޞީ ޢަބުދުﷲ

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. މީގެތެރެއިން ހަތް މެންބަރުން އައްޔަންކުރެއްވީ އިއްޔެއެވެ. އަށްވަނަ މެންބަރެއްގެ ގޮތުގައި އަދުނާން ހަލީމް ހަމަޖައްސަވައި ހުވާކުރެއްވީ ރޭގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް އައްޔަންކުރެއްވި އަށް މެންބަރުން ތިރީގައިއެވަނީއެވެ
އަލްފާޟިލް މުޙަންމަދު ރިޔާޒް - ގއ. ނިލަންދޫ ފޫޅުމާގެ
އަލްފާޟިލް އަޙްމަދު ޢަބްދުﷲ - ހއ. ތަކަންދޫ ގުލާބީގެ
އަލްފާޟިލް އަޙްމަދު ޙަލީމް - ގ. ހިލްމަން
އަލްފާޟިލް އަޙްމަދު ޢާދިލް - މ. އުނިމާ
އަލްފާޟިލް އިބްރާހީމް ޙަމީދު - ސ. ހުޅުދޫ ދެތަނޑިމާގެ
އަލްފާޟިލް މުޙަންމަދު ރަޝީދު ޙުސައިން - މ. ޖަވާހިރުވާދީ
އަލްފާޟިލް އަޙްމަދު ސަމީރު - މ. ފީރޯޒްވިލާ
އަލްފާޟިލް އަދުނާން ހަލީމް – ގ.ޗާންދު


އަލަށް ރައްޔިތުންގެ މަޖިލީހަށް އައްޔަންކުރެއްވި މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މިބޭފުޅުން އައްޔަންކުރެއްވުމާއި ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އައްޔަމްލުރެއްވި މެންބރުންގެ ތެރެއިން ބައެއް ބޭފުޅުން އެކަން އެގޮތަށް ނުކުރެއްވޭނެކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށައަޅަން އުޅޭކަމަށްވެސް ވަނީ މައުލޫމާތުލިބިފައެވެ

0 ޚިޔާލު: