ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 12 November 2008

ލިޔެސްއަށް، ޖަމްއިއްޔާ ހިންގުމުގެ ތަމްރީން ޕްރޮގްރާމަކުން ފުރުޞަތު ލިބިއްޖެ
ޚަބަރު: ޙަފްޞީ ޢަބުދުﷲ / ލަންދޫ

ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ، ލިޔެސް ޖަމްއިއްޔާއަށް ތަމްރީން ޕްރޮގްރާމަކުން ފުރުޞަތު ލިބިއްޖެއެވެ. މިތަމްރީން ޕްރޮގްރާމަކީ ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލާ ގުޅިފައިވާ ޖަމްއިއްޔާތަކުގެ ހިންގުން ޚަރުދަނާކުރުމަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، ޖަމްއިއްޔާތަކުގެ އިސްވެރިންގެ ޤާބިލްކަން އިތުރުކުރުމަށް އެކައުންސިލުން ހިންގަވާ ޕްރޮގްރާމެކެވެ. އެގޮތުން ލިޔެސް ޖަމްއިއްޔާއަށް ފުރުޞަތު މިލިބުނީ މިމަހުގެ ނަވާވީސް ވަނަ ދުވަހު ފަށާ، އެކޯހުގެ ބާރަވަނަ ބުރުންނެވެ
މިތަމްރީނަކީ ޖަމްއިއްޔާ ހިންގުމުގެ އަސާސީ ހުނަރުތަކުގެ ގޮތުގައި ބެލެވޭ މުޙިންމު ބައިތަކުގެ މައްޗަށް އެކުލެވިފައިވާ ތަމްރީނެކެވެ. މިއީ ކޮންމެ ޖަމްއިއްޔާއަކުންވެސް އެޖަމްއިއްޔާއެއްގެ އިދާރީ ހިންގުމުގެ ކަންކަމުގައި އެންމެ އިސްކޮށް ޒިންމާ އުފުލާ ވެރިއަކު ފުރިހަމަކުރަންޖެހޭ ތަމްރީނެކެވެ. ކޮންމެ ޖަމްއިއްޔާއަކަށްވެސް ލިބެނީ އެއް މެންބަރަކު ބައިވެރިކުރުމުގެ ފުރުޞަތެވެ. މިތަމްރީންގައި ބައިވެރިކުރާނެ ފަރާތެއް އެންގުމުގެ ސުންގަޑަިއަކީ މިމަހުގެ ސަތާރަވަނަ ދުވަހެވެ


މާލޭގައި ކުރިއަށްދާ މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތަށް ދަތުރުގެ ޚަރަދާއި، ކެއުމާއި ހުރުން ސަރުކާރުން ހަމަޖައްސަވާ އުޞޫލުން ލިބިދެވޭނެއެވެ. ނަމަވެސް މިތަމްރީން ފުރިހަމަކުރާ މީހަކީ މަދުވެގެން އެއް އަހަރު ޖަމްއިއްޔާއަށް ޚިދުމަތްކުރާނެ މީހަކަށް ވާނެޖެހެއެވެ
ލިޔެސް ޖަމްއިއްޔާއަކީ ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ މެންބަރެކެވެ

0 ޚިޔާލު: