Tuesday, 18 November 2008
މި އަތޮޅުގެ ބިއުރޯ ކީއްކުރާ ތަނެއްތަ ؟
ލިޔުނީ : މޫސާ ހުސެއިން / ނ. ލަންދޫ ( މިހާސް
އަތޮޅުތަކުގައި ޓީ.ވީ .އެމް ބިއުރޯތައް ޤާއިމު ކުރައްވާ އަޑު އިވުމުން އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ، އުފަލެއް އިޙްސާސް ކުރެވުނެވެ. އަޅުގަނޑުމެންގެ އަޑުވެސް މުޅިރާއްޖެއަށް އިއްވާލުމުގެ ފުރުޞަތު ލިބިގެން ދާތީއެވެ. ރަށަށާއި ، އަތޮޅަށް ދިމާވެފައިވާ އިޖުތިމާޢީ ތަފާތު މައްސަލަތައް ރާއްޖޭގެ އެންމެ ވަރުގަދަ އެއް މުއައްސަސާ ކަމުގައިވާ ޓީ.ވީ.އެމް މެދުވެރިކޮށް ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދޭނެ މަގު ތަނަވަސް ވެގެން ދާތީއެވެ.
ނަމަވެސް ކަންތައްތައް މިއަދާއި ހިސާބަށް ގޮސްފައިމިވަނީ އަޅުގަނޑުމެން ހީކުރިގޮތާއި މުޅިން ތަފާތު ގޮތަކަށެވެ. މިއަތޮޅުގެ ބިއުރޯ މިހާތަނަށް ވެގެންގޮސްފައި މިވަނީ އަތޮޅު ވެރިޔާގެ ދަތުރުތައް ކަވަރުކޮށްދޭ މީޑިއާރ ރިޕޯރޓަރަކަށެވެ.
އަޅުގަނޑުމެންގެ ރަށްރަށުން ކިތައްމެ މުޙިއްމުކަމެއް ރާވާ އިންތިޒާމްކޮށް އަންގާލިކަމުގައިވިޔަސް ބިއުރޯއަށް އޮންނަނީ ނާދެވިފައެވެ. އަތޮޅުވެރިޔާ އާއި އެކު ރަށްރަށަށް ކުރައްވާ މަދު ޒިޔާރަތްތަކުގައި ބިޔުރޯގާތު އާދޭސް ކޮށްގެން ރިޕޯރޓެއްތައްޔާރުކޮށް ގެނެސް ދެއްވާށޭ ކިޔާއާދޭސްކުރުމުން ވީޑިއޯކޮށްލުމަށްފަހު އެދާތަނަކަށް ދިއުމަށްފަހު ޚަބަރެއްދަބަރެއް ނުވެއެވެ.
ޓީ.ވީ.އެމް ޚަބަރު ގަޑީގައި ތަފާތު އަތޮޅުތަކުގެ ރަށްރަށާއި ގުޅޭގޮތުން ތަފާތު ރިޕޯރޓްތައް ގެނެސްދޭތައް ފެނުމުން އަޅުގަނޑުމެންގެ މި ބިޔުރޯގެ ބޭނުމަކީ ކޮބައިބާއޭ ހިތައްއަރާލެއް އިތުރުވެގެން ދެއެވެ.
" ޢަލީ ސުލެއިމާން ޓީ.ވީ.އެމް " ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖޭގެ އެންމެންގެ ގާތް އެކުވެރިޔަކަށް ވެގެން ދިޔައީ އޭނާގެ އަޑުގައި ހުރި ޖާޒުބިއްޔަތު ކަމަކުން ނޫނެވެ. އޭނާ ހަވާލުވެލެއްވި ކޮށްމެ ބިޔުރޯއެއްގައި ހުންނަވައިގެން ޢާއމުންނާއިހިސާބަށް އޭނާ ގެނެސްދެއްވި އާދަޔާ ޚިލާފް ރިޕޯރޓް ތަކަކުންނެވެ.
މި އަތޮޅުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން އެހެން އަތޮޅު ތަކުގެ ބިއުރޯތަކަށް ގޮސް އެއަތޮޅުގެ ރަށްރަށާއި ބެހޭގޮތުން ތަފާތު ރިޕޯރޓްތައް މިއަދު ހުށަހަޅައިދޭން ފެށުމުން މިއަތޮޅުގެ ބިއުރޯގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކޮށްމެވެސް އުދަގުލަކާއި ކުރިމަތިލާން ޖެހޭ ކަމުގެ އިޙްސާސްވެސްބައެއް ފަހަރަށް ކުރެވެމުން ދެއެވެ.
ކޮށްމެ ގޮތެއްވިޔަސް އަޅުގަނޑުގެ ނަޒަރުގައި އަތޮޅުގެ ރަށްތަކުގެ ތަރައްޤީއަށް އެއަތޮޅެއްގައި ހުންނަ ބިއުރޯއަކީ ވަރަށް މުޙިއްމު ދަޢުރެއް އަދާކުރެއްވި ދާނެ ތަނެކެވެ. މިއީ މިއަތޮޅުގެ އެންމެހައި ބޭފުޅުން ވިސްނަވާލަށް ވެއްޖެކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ޝާއިޢުކުރެވުނީ ރިޕޯރޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment