ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 12 November 2008

މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިއަށް އޮތް 5 އަހަރަށް ހުވާކުރުމުގެ އުފާ ފާޅުކޮށްފި.

ލިޔުނ: އަޙްމަދު ދާއޫދު


ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިއަށް އޮތް 5 އަހަރަށް މުޙައްމަދު ނަޝީދު (އަންނި) ހުވާކުރެއްވުމާއި ގުޅިގެން އެކަމުގެ އުފާ ލަންދޫގައި ފާހަގަކުރުމުގެގޮތުން ލަންދޫ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ޖާފަތެއް ދީފިއެވެ. މިޖާފަތް އޮތީ އިއްޔެ ހަވީރު 4:00 އާއި 6:00 އާ ދޭތެރޭ ލަންދޫ ރައްޔިތުންގެ ސްޓޭޖްގައެވެ . ޖާފަތް ހިގަމުން ދިޔައިރު އަޑުގަދަކުރާއިން އެމްޑީޕީ ކެމްޕެއިން ދުވަސްވަރު ބޭނުންކުރި ލަވަތަކާއި ހިތްވަރު ގެ ޝުޢޫރުތައް އަޑުގަދަކުރާއިން ޖަހަމުން ގެންދިޔައެވެ .
ލަންދޫގައި ތިބި އެމްޑީޕީގެ ބޭފުޅުންނާއި އަދި އެމްޑީޕީ އަށް ތާއީދު ކުރައްވާ ބޭފުޅުން އިންތިޒާމް ކުރި މިޖާފަތުގައި ވަރަށްގިނަޢަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

މިޖާފަތުގެ އިތުރުން ހަމަ މިއުފަލުގައި ރޭ ލަންދޫ ރައްޔިތުންގެ ސްޓޭޖްގައި ވަނީ ވަރަށް ފޯރިގަދަ ބޮޑުބެރު ޝޯވ އެއްވެސް ދީފައެވެ. މިޝޯވގައިވެސް ލަންދޫގެ ވަރަށްގިނަޢަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. އަދި ކުރިން ލަވަކިޔުމާއި ނެށުން ފަދަ ކަންކަމުގައި ލަންދޫއިން ފެނިފައިނުވާ މޫނުތައް މިޝޯވަގައި ނަށާ ހެދިއެވެ. އޭގެ ތެރޭގައި އެމްޑީޕީ ލަންދޫގޮފީގެ އެންމެ އިސްބޭފުޅުން ފާހަގަކޮށްލަމެވެ.

0 ޚިޔާލު: