ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 6 August 2008

ސސސސސފައިލްފޮޓޯ
ލިޔުނީ : މުޙައްމަދު އިބްރާހީމް / ކެރެޓް`

"ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ މިފަހަރު ށ. ފުނަދޫގައި ބޭއްވޭ ޔޫތުކަޕް ބުޓްބޯޅަމުބާރާތުގާ ވާދަ ނުކުރާން ނިންމީ ތަފާތުގިނަ ސަބަބު ތަކާހުރެ"
އާދެ ! މިދިޔަ އަހަރުގެ ޔޫތުކަޕްގެ ރަނަރަޕް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މިއަދު އަޅުގަޑުމެންގެ ފުޓްބޯޅަޓީމުގެ ކުޅުންތެރިންނެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ބައެއްކުޅުންތެރިންގެ ނަން ދަންނަވާލާނަމެވެ.
ޔޫސުފް އަބުދުއްރަހީމް ވިނަރެސް ( އިތުބާރު ފޯވާރޑް )މ
މުހައްމަދު ރަމްޒީ އަޅިވިލާގެ ( ވެދިޔަ ޔޫތުކަޕްގެ އަހުލާގު ރަގަޅު ކުޅުންތެރިޔާ )މ
އަހުމަދު ރަސީދު ވިނަރެސް ( ގެރެންޓީ ފޯވާރޑް )މ
ހުސެން ޖަވާދު ހީނާމާގެ ( ކީޕަރ / ވައިޑް- ފޯވާރޑް )މ
ސިނާން އަބުދުލްގަނީ ހުދުވެލި ( ވައިޑް- ފޯވާރޑް )މ
އަހުސަން އަބޫބަކުރު ( އިތުބާރު މިޑްފީޑަރ )މ
އަބުދުލްގަނީ އުމަރު ހުދުވެލި ( ކޯޗް / ލަންދޫގެ ކުޅިވަރު ސަހުސިއްޔަތު )މ
އަހުމަދު އާރިފް ބުލޫކިޔާގެ ( މާރކަރ )މ
ހަސަން ސައިފް ސާހް ( މާރކަރ )މ
ނައުސާދު އަބުދއްރަހީމް ( މިޑްފީޑަރ )މ
ސިނާއު ދާއޫދު ( ޑިފެންޑަރ )މ

އާދެ ! މިނޫނަސް މިރަށުގެ އިތުބާރު ހުރި ގިނަ ކުޅުންތެރިން ނަކީ އަޅުގަޑުމެންޓީމުގެ މެންބަރުންނެވެ. ވީމާ މިފަހަރުގެ އެމުބާރާތުގައި ބައިވެރި ވާން އަޅުގަޑުމެން ކުރިމަސައްކަތް ކާމިޔާބްވިނަމަ މިފަހަރުގެ ތައްޓާދޭތެރޭ ޝައްކެތް ނުއުފެދެއެވެ. ރަސްމީކޮށް މުބާރާތް އިއުލާނުކުރުމުގެ ކުރިން ފުނަދޫ ގެ ބައެއް ރައްޔިތުން އަޅުގަޑުމެންގެ ބައެއްކުޅުންތެރިންނާ ގުޅާ މުބާރާތުގައި ބައިވެރިވޭތޯ ސުވާލްކުރަމުން ދިއުން އެއީ އެމީހުން އަޅުގަޑުމެންނާދޭތެރޭ ކިހިނެއް ދެކިގެން ކުރިކަމެއް ކަން ނިންމުން ރަގަޅުވާނީ ތިޔަބޭފުޅުން މިލިޔުންކިޔާލުމަށް ފަހު ނިންމިއްޔާއެވެ އާދެ ! ވޭތުވެދިޔަ އަހަރު މުބާރާތް ނިންމާލަމުން މުބާރާތް އިންތިޒާމްކުރާ ކޮމެޓީގެ ފަރާތުން ދެއްކެވިވާހަކައިން އެގުނީ މިމުބާރާތަކީ 2 އަތޮޅުގެ ޓީމުތަކަތް ހުޅުވާލެވިގެން ބާއްވާ މުބާރާތަކަށްވާތީ އިންސާފުވެރި ގޮތަކީ ފަހަރަކު އަތޮޅެއްގައި މިމުބާރާތް ބޭއްވުން ކަމަށެވެ. އަޅުގަޑުމެންޓީމުގެ ފަރާތުން އެކަމަށް ތާއީދުކުރީމެވެ. ނަމަވެސް ވަކިހިސާބަކުން މިޚިޔާލް އެމީހުންގެ ހިތުން ދިޔައީ ކީއްވެ ކަމެއް އަޅުގަޑަކަށް ނޭގެއެވެ. ނަމަވެސް މިސުވާލްގެ ޖަވާބް ހޯދަން އަޅުގަޑަށް މަޖްބޫރުވީ މިއަހަރު ށ. އަތޮޅުގައި މުބާރާތް އިންތިޒާމް ކުރާނަމަ އެކުޅުންތެރިން މުބާރާތުގައި ނުކުޅޭނެކަމަށް ބުނުމުންނެވެ
އާދެ! މިދިޔަ ޖޫންމަހު އަޅުގަޑު، މުބާރާތުގައި ބައިވެރިވާން އިންތިޒާމް ކޮމެޓީން ދީފައިވާ ޑިއުޑޭޓް ހަމަވުމުގެކުރިން ޒުވާނުންނާ ކުޅިވަރު މަރުކަޒް ހިންގުމާއި ހަވާލްވެ ހުންނެވި އަބުދުﷲ އާ ފޯނުން ގުޅާ މިފަހަރުގެ މުބާރާތް މިއަތޮޅު ރަށެއްގައި ބާއްވަދިނުމަށް އެދުނީމެވެ. ނަމަވެސް އެބޭފުޅާގެ ޖަވާބަކަށްވީ ފުރަތަމަ މުބާރާތުގައި ބައިވެރިވެފަ ދެންއެއްޗެކޭބުނުމަށެވެ. ނަމަވެސް އޭގެ ޖަވާބުގައި އަޅުގަޑު ބުނީމެވެ. އަޅުގަޑުމެންނަށް މިފަހަރުގެ މުބާރާތުގައި ބައިވެރިވެވެން އަންނަނީ މިއަތޮޅުގައި މުބާރާތް ކުރިއަށްދާނަމެއެވެ. އެހެނީ މިދިޔަ އަހަރު ށ.އަތޮޅުގައި ވަނީ މުބާރާތް ބޭއްވިފައެވެ.ވީމާ މިއަހަރު ބޭއްވެންޖެހޭނީ ނ.އަތޮޅުގައެވެ. މީގެ ޖަވާބަކަށް އަޅުގަޑަށް ލިބުނީ ތިޓީމު މިމުބާރާތަށް ތަޞައްރަފު ނުފުދެއެވެ. އަދި ބުންޏެވެ. ކަޑިތީމު މީހުންހުންނަށް ތިއަތޮޅުގާމުބާރާތް ބާއްވާނަމަ ދަތުރުވަރަށް ދިގުވާނޭ، މިހެންދެންނެވިއިރު އަޅުގަޑުމެން ފުނަދުވަށްދާން ކިހާވަގުތެއްނަގާކަމާމެދު އެބޭފުޅާވިސްނާލިބާވައެވެ. ދެން އެބޭފުޅާދެންނެވިއެވެ. މިމުރާތައްފަހު ފަހަރަކު އަތޮޅެއްގާމިބުރާތް ބާއްވާގޮތަށް ނިންމާވާހަކައެވެ. އަދިމުބާރާތް ބާއްވަން ޕުރަޕޯސަލްވެސް ހުށައެޅޭނީ އަހަރަކު އެއްއަތޮޅުގެ ޓީމުތަކަށެވެ.އެހެނީ ނ.އަތޮޅުން ހުށައަޅާއަހަރު ށަވިޔަނި އަތޮޅަކުން ހުށައެއް ނޭޅޭނެއެވެ. މިދިޔަފަހަރުވެސް މިގޮތަށް ނިންމިއެވެ. ވީމާ އަޅުގަޑުމެން މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވިއެއްކަމަކު ވީހާވެސް އިންސާފްވެރި ގޮތެއްގައި ނޫނުއަތޮޅުގެ ޓީމުތަކާ ށަވިޔަނި އަތޮޅުގެ ޓީމުތަކާ ތަފާތުނުކޮށް މުބާރާތް ކުރިއަށް ގެންދިއުމަށް މުބާރާތުގެ އިންތިޒާމުކޮމެޓީއަށް އިލްތިމާސް ކުރަމެވެ. މިދިޔައަހަރުވެސް މުބާރާތް ނިމުމާއި ހަމައަށް ދިޔައިރު އަދި ރަނަރަޕް ޓީމަށް ދޭނޭފައިސާގެ އަދަދެއް / ޗެންޕިއަންތީމަށް ދޭނެފައިސާގެ އަދަދެއް ކަޑައެޅިފައެއްނުވޭ. ކީއްވެގެންތޯ ސުވާލްކުރުމުން ޖަވާބަކަށް ވެފައިވަނީ މުބާރާތް ހިންގަންދާނެ ފައިސާގެ އަދަދު ނޭގޭތީ ދެންނެވެން ނެތީކަމުގައެވެ. އަދިވެސް އިންތިޒާމު ކޮމެޓީގެ ސަމާލްކަމަށް ބުނެލާނަން ، ކުރިންފަހަރު ދިމާވިކަހަލަ ކުޅުންތެރިން ހަމަނުވުމުގެ މައްސަލައެއް މިފަރު ދިމާވެއްޖެ ނަމަ ކަންކުރާނެ ރަގަޅުގޮތެއް ހޯދުން ވަރަށް ރަގަޅުވާނެ
އާދެ! އެތްގޮތަކަށްވެސް ފުނަދޫގައި މުބާރާތް ބާއްވާތީ މިކޮޅުން ހިތްހަމަނުޖެހުނީ ފުނަދޫން ޓީމަށްކީ މަރުހަބާ ހަދާން ނެތުނީމައެތްނޫން ! އެހަދާން ހަމަދެންމެ ވީކަމެއްހެން އެބަފެނޭ ! ވީމާ ފުނަދޫގެ އެންމެހާ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން. އަދިވަކިން މުބާރާތުގެ ކަންތައް ރޭވުމުގައި އިސްކޮށް އުޅުނު ހުރިހާ ފަރާތްތަކަކަށް ހިފެހެއްޓުމެއް ނެއްޝުކުރުގެ ބަސްތައް ބަރުތީލަކުރަން . ތީ އަޅުގަޑުމެންނަށް ފޭބުނުނު އަޚުލާގީ ނަމޫނާރަށެއް . ހިތްހެޔޮބަޔަކު ދިރިއުޅޭ ފަސްގަޑެއް . މީއަޅުގަޑުމެނަނަށް ކުރެވުނު ހިތި އެހެނަސް ހިތްހަމަޖެހި އުފާވާ ފޮނި ތަޖްރިބާއެއް. ވީމާ އެހެންރަށް ރައްށެކޭ ތަފާތު ނުކޮށް އަޅުގަޑުމެނަށްވެސް ތިޔަފަރާތުން، ޒުވާނުންގެ މަރުކަޒުން ކަންތައްތަކެއް ކޮށްދޭނެކަމުގެ އިންތިޒާރުގާ ދެތިން ފުޓްބޯޅަޔާ ދާގަޑެއް އެދިގެން އިންތިޒާރުގައި ތިބީން
ވައްސަލާމް އަލައިކުމް

0 ޚިޔާލު: