Thursday, 31 July 2008
އަނެއްކާވެސް ކެފޭއެއްހުޅުވަނީ
އަނެއްކާވެސް ލަންދޫގައި ކެފޭއެއް ހުޅުވަންއުޅޭކަމުގެ މަޢުލޫމާތު ވަރަށް މުޢުތަބަރު ފަރާތަކުން ލަންދޫ އިންފޯ އަށް ލިބިއްޖެއެވެ. މިޚަބަރު ލިބުމާއިއެކު ލަންދޫއިންފޯގެ ރިޕޯޓަރުން މިކަމާގުޅޭ އިތުރުމަޢުލޫމާތު ލިބޭތޯ މިކެފޭހެދުމުގައި އިސްކޮށް އުޅުއްވާ އެއްބޭފުޅެއްކަމުގައިވާ ކަމުގައިވާ ލަންދޫ ގްލްބަކާގެ އިބްރާހީމްދާއޫދާއި ސުވާލުކޮށްލީމެވެ.
އެބޭފުޅާ މަޢުލޫމާތު ދެއްވިގޮތުގައި މިއީ މިރަށު ޗާންދަނީގޭ އިބްރާހީމް އަބޫބަކުރު އަމިއްލަ ޚަރަދުގައި އޭނައިގެ %100 ހިއްސާ ގައި ހުޅުވަންއުޅޭ ކެފޭއެކެވެ. ނަމަވެސް މިކަމުގައި ( ކެފޭހިންގުމުގެ )ހުރިހާއެހީތެރިކަމެއް ދޭނީ އިބްރާހިމް ދާއޫދު ކަމުގައި މަޢުލޫމާތު ދެއްވިއެވެ.
މިއީ އަދި މިހާތަނަށް ލަންދޫގައި ހުޅުވޭ މިފަދަ ފުރަތަމަ ކެފޭ ނުވަތަ ސައިހޮޓާ ކަމަށް ވާއިރު މިތަނުންދެވޭނެ ޚިދުމަތާދޭތެރޭ އާއި އަދި މިކަން ބިލާހަކަށްނުވެ ހަޤީޤަތަކަށް ވެދާނެކަމާމެދު ވަރަށްގިނަބައެއްގެ ހިތުގައި ސުވާލުއުފެދޭނެއެވެ. އެއީ މީގެ ދުވަސްކޮޅެއްކުރިންވެސް މިފަދަ ކެފޭއެއް (ކެޔޮޅުކެފޭ) މިރަށުގައި ހުޅުވަންއުޅޭކަމުގެ އަޑުވަރަށްބާރަށް ފެތުރިގެން ދިޔައެވެ. ނަމަވެސް އެކަންތައްމިވީ ހަމަ ބިލާހަކަށެވެ. މިހާރު އެކެފޭގައި ދިރިއުޅެނީ 4 ކުދިންގެ މަންމައަކާއި އޭނައިގެ 2 ކުދިންނެވެ.
މިފަހަރަކު ހަމަގައިމުވެސް އެހެންނަކުން ނުވާނެއެވެ. މިހާރު އެހުރީޢިމާރާތުގެ %70 ނިމިފާކަމަށް، ތަނުގެ ވެރިފަރާތާ ޙަވާލާދީ ނަންހާމަކުރަންބޭނުންނުވާ ފަރާތަކުން ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވިއެވެ. އަދި އަންނަމަސް ހުސްވުމުގެ ކުރިން ޚިދުމަތްދޭން ފަށާނެކަމަށް ވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ. ވެއިޓަރުންނާއި ސޭޓުން ވެސް ހަމަޖެހިފައިވާ ކަމަށް އެނގިފައިވެއެވެ. އެއްވެސް ޙާލެއްގައި މިކެފޭގައި ބިދޭސީއަކު ލައްވާ މަސައްކަތް ނުކުރުވާނެކަމަށްވެސް މަޢުލޫމާތުލިބިފާވެއެވެ.
ކޮންމެއަކަސް ޒަމާން ބަދަލުވެއްޖެއެވެ. މިކަހަލަކުދި ރައްރަށުގައިވެސް މިފަދަތަންތަން ނުހުޅުވެންވީ ސަބަބެއްނެތެވެ. ކައިރީގައި ޖެހިގެން އޮތްދެރަށުގައިވެސް މިފަދަކެފޭތައް ހުޅުވައިގެން ހިދުމަތް ދެމުންގެންދެއެވެ. އަދި ހަމަ ޚިދުމަތާއި އެއްވަރުގެ ފައިދާވެސް އެފަރާތްތަކަށް އެކަށީގެންވާ ފައިދާވެސް ލިބޭކަމަށް ވެއެވެ. މިހާރުލަންދޫގެ އާބާދީވެސް 900 އަށް ވުރެމައްޗަށް ދިޔައީއެވެ. ނަމަވެސް މިފަދަ ޚިދުމަތެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ދޭންމިވަނީ ނުފަށައެވެ.
ކޮންމެ މަސައްކަތަކުންވެސް ފައިދާވާނެއެވެ. އެކިމަސައްކަތުން އެކިވަރަށެވެ. ރިސްކެއް ނަގައިގެންނޫނީ މިފަދަބޮޑު ކަމެއްޙާޞިލެއްނުވާނެއެވެ. ލަންދޫ އިންފޯއިން އެދެނީ ލަންދޫގައި މިހުޅުވޭ ކެފޭއަކީ ޚިދުމަތުގެ ފެންވަރުރަގަޅު ކަސްޓަމަރުންގެ އަތްފޯރާފަށުގައި އަގުތައް ހިފެހެއްޓިފައިވާ ރަނގަޅުހިތްފަސޭހަތަނަކަށް މިތަންވެގެންދިއުމެވެ.
0 ޚިޔާލު:
Post a Comment