Tuesday, 29 July 2008
"ސްޕަރސާހް"
ލަންދޫގެ ވިޔަފާރީގެ އިންޤިލާބެއް....!
މިހާތަނަށް އެނގިފައިވާ ގޮތުން ލަންދޫގެތާރީޚްގައި ފުރަތަމަ ފިހާރައެއްގެ ގޮތުގައި ޢިމާރާތެއް ކޮށްގެން އިންޕޯޓްމުދާ ވިއްކީ 1970 ގެ އަހަރުތަކުގައި މިހާރު އެލްމަންޑްވިލާ ހުރިގޯތިތެރޭގައި ރައްޔިތުންގެ ކާޑުގެ ނަމުގައި ޢިމާރާތެއް ހަދައިގެންނެވެ. އޭގެ އަހަރުތަކެއްފަހުން ދެން 1975 ހާތާންގައި ލަންދޫރަބީޢުގެ އަލްމަރުޙޫމް ދޮންތުއްތު މިރަށު ޚަބަރުމާގެ ( މިހާރު ލަންދޫރައްޔިތުންގެ އިންޖީނުގެ ) ހުރިގޯތީގައި އެގެއާއި އެއް އިންވެގެން ފިހާރައެއް ހިންގިއެވެ. މިފިހާރައިންވެސް ވިއްކީ އިންޕޯޓް މުދަލެވެ. އޭގެފަހުން 1980 ގެ އަހަރުތަކުގައި މިރަށުގެ ކުރީގެ ކަތީބު އަލްމަރުޙޫމް ޢަބުދުއްރައްޒާޤު މޫސާ އަތިރީއިސްޓޯރުގެ ނަމުގައި އޭނާގެ އަމިއްލަ ގެ އަތިރީގޭގައި( މިހާރު ރަސްފަރު ) ގައި އިންޕޯޓް މުދާ ވިއްކެވިއެވެ. އޭގެފަހުން 1985 ހާތާންގައި މިފިހާރަވެސް ހުލިވެގޮސް ރައްޔިތުންގެ ނަމުގައި ފިހާރައެހިންގުމުގެ ޚިޔާލު އުފެދި ގެން އައެވެ .
މިރަށުގެ ކަމުވޮށިގެންވާ ބޭފުޅުންކޮޅެއް ( އާދަމް ޢަލީ ( ހަންޑިއާދަނު ) އިސްކޮށް ހުންނަވައިގެން އޭރުގެ ކަތީބު އަލްމަރުޙޫމް ޢަބުދުއްރައްޒާޤު މޫސާގެ މަސްއޫލްވެރިކަމުގެ ދަށުގައި ރައްޔިތުންގެ ފިހާރައެއް ކޮންމެ ހިއްސާދާރަކުއަތުން 50/- ރ. ނަގައިގެން އަތިރީ އިސްޓޯރުގައި ހިންގަންފެށިއެވެ. މިފިހާރަވެގެންދިޔައީ ލަންދޫރައްޔިތުންގެ ޖީބަށް ބަރުކުރި އެހެނަސް ކޮންމެރަމަޟާން މަހެއްގެ ކޮއްތު ސުފުރާ އަލަނާސި ފަނިންނާއި ކަދުރުން ފަޅުފިލުވާލަދޭ ފިހާރައަކަށެވެ. ތަކެތީގެ އަގުތައް ބަހައްޓަމުން ދިޔައީ އޭރު ފިހާރައިގެވެރިންނަށް ތިއްބެވި ބޭފުޅުންގެ ހިތަށް އެރިވަރަކަށް ބޮޑުކޮށްފައެވެ. ދެރުފިޔާއަށް މާލެއިން ލިބޭތަކެތި 4 ރުފިޔާއަށް ބޮޑުކޮށްގެންނެވެ. އަގުތައް 100% ން 200% ށް ބޮޑުވަމުން ރައްޔިތުންގެ މެދުގައި ތަފާތު އަޑުތައް ފެތުރި އެކިދުވަސް ވަރު އެކިކަހަލަ އޯޑިޓް ފިހާރައަށް ވަދެ އެއްދުވަހުން އަނެއްދުވަހަށް ފިހާރަބޮޑުވަމުން މުޅިއަތޮޅަށް މަޝްހޫރުވަމުން ދިޔައެވެ.
މިގޮތުގައި ދުވަސްތަކެއްފާއިތުވަމުންގޮސް އަނެއްކާވެސް ލަންދޫގެ އުފަން ދަރިއަކު ( ސަމީރު ޙުސެއިން ފުޅު ) އޭނައިގެ އަމިއްލަފައިސާގެ ތެރެއަށް މިރަށުގެ ދެތިންރައްޔިތެއްގެ އަތުން މަދުފައިސާ ކޮޅެއް ފަހުންދޭގޮތަށް ނަގައިގެން ސާނީސްޓޯރުގެ ނަމުގައި މިރަށުސޯސަންގޭގައި އިމްޕޯޓްމުދާ ވިއްކާ ފިހާރައެއް ހުޅުވިއެވެ. މިފިހާރަވެސް މާގިނަދުވަސްތަކެއްގައި ހިންގޭގޮތެއްނުވިއެވެ. ރަށުގެ ނުފޫޒްގަދަ މީސްމީހުންގެ ދުއްތުރާ ބޮޑުވެގެންނާއި އެހެނިހެން ބައެއްކަހަލަ ޚިޔާނާތުގެ މައްސަލަތަކެއްގެ ސަބަބުން އުވިގެން އަނެއްކާވެސް ރައްޔިތުންގެ ޖިބަށް ބުރަވާން ފަށައިފިއެވެ. އެއްކަލަ އަތިރީއިސްޓޯރަށް އެއްޗެތިގަނަން ދާން ޖެހިއްޖެއެވެ. ރައްޔިތުންގެ ތެރޭގައި ޗުކުޗުކު ލެއްވުން އިތުރުވާން ފަށައިފިއެވެ. ތަކެތީގެ އަގު ބޮޑުވާތީއެވެ. ރައްޔިތުންގެ ފިހާރައިން ބޭނުން ވަރަކަށް ތަނުގެ އިސްވެރިން ބޭނުންއަގެއްދީފައި ބައެއްފަހަރު އަގުނުދީވެސް ތަކެތިގެންދާ މައްސަލައެވެ.
ދުވަސްތައްފާއިތުވަމުންގޮސް ތަނުގެ އިސްވެރިންނަށް ވިޔަފާރިކޮށްގެން ވާފައިދާ އެނގި އަމިއްލައަށް ވިޔަފާރިއެއްކޮށްގެން މީގެ ދެގުނަފައިދާ ޖެއްސިދާނެކަމުގެ ޚިޔާލުއުފެދި ރައްޔިތުންގެ ފިހާރައިގައި އޭރު އެންމެއިސްކޮށް އުޅުނު އެއފަރާތްކަމުގައިވާ މިރަށު މަލަ އަލްފާޟިލް ޢަލީ އިބްރާހީމް އޭނައިގެ ދަރިއަކުކަމުގައިވާ ޢަބުދުއްނާޞިރު ޢަލީ ( މިހާރު ލަންދޫ ކުޑަކަތީބު ) އާއި ދެބަފައިން ހިއްސާވެގެން އޭނައިގެ ގޭގައި ކުޑަކުޑަ ޢިމާރާތެއް ކޮށް ކެނެލް ސްޓޯރގެ ނަމުގައި ފިހާރައެއް ހިންގަންފެށިއެވެ. ވަރަށް ގިނަފަރާތްތަކެއްގެ ފާޑުކިޔުންތަކާއެކުވެސް އެދެބަފައިގެން މަސައްކަތް ކާމިޔާބުކުރިއެވެ. މިއަދާހަމައަށްވެސް ވިޔަފާރީގެ ލަންދޫގެ ދެވަނަބާރެއްގެ ގޮތުގައި އެހެރަގެން ކުރިއަށް ދަނީއެވެ. މިހިސާބުން އަގުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދިޔައެވެ. ނަމަވެސް ރައްޔިތުންގެ އަތްނުފޯރާ ހިސާބުގައި ބައެއްކަހަލަ މުދާ އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.
ދެންއަނެއްކާވެސް އޭގެ 2 އަހަރެއްހާ ދުވަސް ފަހެވެ. މަޝުހޫރުދާމިސް ބަކުރު ވިޔާފާރީގައި އާދައުރެއް ފެށީއެވެ. އަލިމާސްޓޯރުގެ ނަމުގައި ރަށުގައި ތިންވަނަފިހާރައެއް ޤާއިމްކުރިއެވެ. ޒަމާނީ ވިޔަފާރިއަށް ލަންދޫ ހުޅުވާލުމުގެ އާސޮފްހާއެއް އެއްލިއެވެ. ތަފާތުވައްތަރުގެ ގަހަނާއާއި ހެދުން އަދިވެސް ކުރިން ، ރައްރަށުގެ ފިހާރައިން ޢާއްމުކޮށް ނުފެންނަ ޒާތްޒާތުގެ ތަކެތި މިފިހާރައިންވެސް ފެންނަމުން ދާންފަށައިފިއެވެ. ތަކެތީގެ އަގުތައްވެސް މަޑުމަޑުން ދައްވާންފެށިއެވެ.
އަނެއްކާވެސް އެހެންފިހާރައެކެވެ. މުރިނގު ސްޓޯރު ހުޅުވުނީއެވެ. 1992 ގައި މުޅިލަންދޫ އެފިހާރައަކަށް ބަރޯސާވާންޖެހުނީ ޚާލިދު އަބޫބަކުރު އާހިތްވަރަކާއި އެކު ފެށި ބޮޑުފިހާރައަށެވެ. ތަފާތުވައްތަރުގެ ހާޑުވެއަރވެސް ގެންނަންފެށީއެވެ. ދަގަނޑު ހޮޅި، ވީލްބަރޯ ، ފަދަ އަގުބޮޑެތި ސާމާނު ވިއްކަންފެށީ އެހެންފިހާރަތަކުގެ ވެރިންނަށް ނަމޫނާދައްކަމުންނެވެ. ވީނުވީއެއްނޭންގުނެވެ. މުރިނގު ސްޓޯރު 2 ވެސް ހުޅުވައިފިއެވެ. މުޅިރަށުގެ ވިޔަފާރި ކޮންޓްރޯލް ކޮށްފިއެވެ. ކޮންމެވެސް ފަރާތެއްގެ ނޭއްގާނީ ޢަމަލަކުން ކަންނޭންގެއެވެ. ނުވަތަ ކަރަންޓް ޝޯޓަކުން ތޯއްޗެކެވެ. ރައްޔިތުންގެ ފަތަހަ ސްޓޯރުވެސް އަނދާއަޅިއަށް ވެގެންދިޔައީ އެފިހާރައިގެ ހިއްސާދާރުން ގެލޮލުން ކަރުނައޮހޮރުވާފައެވެ.
މުރިނގުސްޓޯރު އެހާފުޅާވެގެންދިޔުމުގެ އަސްލެއްކަމަށް ގިނަބަޔަކު ނިންމަނީ ލަންދޫގެ މުއްސަނދި މަހްޖަނު ޝުއައިބު ޢަބުދުﷲ ގެ ހިއްސާ އެފިހާރައިގާ ވުމާއި ފިހާރައަށް ބޭނުންވާ މުދާ ނާލުނުދީ ބޯޓުން ގެނެވޭތީ ކަމަށެވެ. ކޮންމެ ގޮތެއްވެގެން ވީނަމަވެސް އެންމެންވެސް ޤަބޫލުކުރަންޖެހޭ ޙަޤީގަތަކީ ކިތަންމެ އަގުބޮޑުކޮށް ވިއްކިނަމަވެސް މުރިނގު ސްޓޯރުންނޫނީ މިފަހަކަށް އައިސް ލަންދޫގެ އެއްވެސް ރައްޔިތަކު ހިތްހަމަޖެހިލައިގެން ނުގަންނަކަމެވެ. އަދި ގިމީހުންނަށް ގިނަފަހަރު ދެވެނީވެސް އެފިހާރައަށް ކަމެވެ. ސޭޓް ރަމްލާގެ ހިތްހެޔޮކަން ކަމުގައިވެސް ވެދާނެއެވެ. ކުދިވެރިންނާއިއެކު ފިހާރައަށް ދާ ކަސްޓަމަރުންނަށް އަގަކާނުލައި ދިއްކޮށްލެވޭ މެޓާ ޗުއިންގަމް ޗޮކްލެޓްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ.
ވަރަށްއެކުވެރި ޖައްވެއްގައި ބައެއްފަހަރު މުރިނގުސްޓޯރުގެ ސޭޓްކަން ކުރަމުން އައި ފާތުމާފުޅު މިއަދު ފެންނަނީ މުޅިން ތަފާތުމީހެއްގެ ގޮތުގައެވެ. ކުއްލިއަކަށް ވީނުވީއެއްނޭންގުނެވެ. ހަމައެހެންމެ ބައެއްފަރާތްތަކުން މުރިނގުން ވިޔަފާރިކުރުން ވެސް ހުއްޓާލައިފިއެވެ. ތަފާތު ވާހަކަތައްރަށުތެރޭގައި ފެތުރެންފަށައިފިއެވެ. ޚާލިދު އެކަނިބޮނޑި ބަންނަންވެގެން ސަތަރިދޯންޏެއް ބަނީމަޔޯލައެވެ. ދެބައިމީހުން ރޫޅިއްޖެއެވެ. ތަޅާފޮޅާހިސާބަށް ނުގޮސް މިކަންހައްލުވެއްޖިއްޔާ ވާ ސަހަރޯއެވެ.
ރޯޝަނީގޭގެ ހުޅަގުން އެގޯތީގެ ތެރޭގައި ކުރެވިފައިވާ ބޮޑުޢިމާރާތަކީ އުންމީދުކުރެވޭގޮތުގައި ބޮޑު ސްޕަރމާޓެކެވެ. ދުވަހަކުވެސް ލަންދޫނުދެކޭފަދަ ބޮޑުފިހާރައެއް އެޢިމާރާތުގައި "ސްޕަރސާހް" ގެ ނަމުގައި ހިންގާނެކަން ކަށަވަރުވާ ހެއްކަކީ މިއަހަރުގެ އުގުޅޭބާޒާރާ ދިމާކޮށް ފިހާރައަށް މުދާގަންނަން މާލެގޮސްވީމައެވެ.
އަޅުގަނޑުމެން ލަންދޫއިންފޯގެ އެދުމަކީ ކޮންމެބަޔަކު ވިޔަފާރި ކޮންޓްރޯލް ކުރިކަމުގައިވިޔަސް، އެހެންރަށްރަށުން ވެސް ގަންނަށް ލިބެންހުންނަ އައިސްކުކުޅު، ސޮސެޖް، ތަރުކާރީ ، ކަނޑުމަހުގެ ބާވަތްތައް ފަދަ އާއްމު ދިރުއުޅުމަށް ބޭނުންވާ ބާވަތްތައް ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބަހައްޓައިގެން ރަށުން ގަންނަށް ލިބެންހުންނާނެގޮތް މެދުވެރިވުމެވެ. މާތްﷲ ، އަޅުގަނޑުމެންގެ މިއެދުން "ސްޕަސާހް" ހުޅުވުމާއެކީ ފުރިހަމަކޮށްދެއްވާށިއެވެ. އާމީން،.

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment