Tuesday, 29 July 2008
މަގޭ ރަށް
ލަންދޫ: މިރަށަށް ވޮޑެމުން ދިޔައިރު ބޮޑު ކުޅިއެއް އުފެދުނެވެ. އެކުޅިއޮތްތަން މިހާރުވަނީ ކުއްޅަވައްފަލަކަށް ބަދަލުވެފައެވެ. ރަށަކީ ކުރީޒަމާނުގައި ރާއްޖޭގެ ފަނޑިޔާރު ބޭކަލަކަށް އޮންނަ ރަށްރަށުގެ ތެރޭން އެއްރަށެވެ. ބުނެވޭ ގޮތުގައި މިއީ "ދުވާލަކު 1000 ކާށި ބިންމަތީގައި ޖެހޭ" މާރަށެކެވެ.
މިރަށަކީ އާޡާރީގޮތުން ހާއްސަރަށެކެވެ. މިރަށުގައި "ރެދިން" ގެ މާބަދިގެ ކިޔާތަނެއް ހުރެއެވެ. ތަނުގެ ވަށަމިނަކީ 190 ފޫޓެވެ. މިހާރުގެ އުސްމިނަކީ 21 ފޫޓެވެ. 1987މ. ވަނަ އަހަރު ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ޤައުމީ މަރުކަޒާއި އިންޑިޔާގެ އާކިޔޮލޮޖިކަލް ޓީމަކާއި ގުޅިގެން މިތަން ބަލައި ތަހްޤީގު ކުރުމުން އެނގުނީ ބުދުދީނުގެ މޮނާސްޓްރީއަކުން މިހާރު ހުރި ހަމައެކަނި ތަން ކަމެވެ. އެސަރަހައްދުން އެމޮނާސްޓްރީގައި ހިމެނޭ އަނެއް 6 ތަނުގެ ބިންގާ ފެނުނެވެ. އަދި އެތަނާގުޅިގެން އޮންނަންޖެހޭ ވެޔޮވެސް އޮތްކަމަށް އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ލުތުފީ ވިދާޅުވެފައިވެއެވެ. މިރަށާއި މަނަދޫއަށް އެއްފަހަރަށްވުރެ ގިނަފަހަރު މަލާބާރީންގެ ދުއްތުރާފޯރައި ރަށް ލޫޓުވަމުންދަތީ މުލީގޭ ދޮންޙަސަންމަނިކުފާނުގެ (ފަހުން ދޮންބަންޑާރައިން) އިސްވަޒީރުކަމުގައި ކޮރުބަންޑާރައިންގެ ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނު ރާއްޖޭގެ ވަލީއާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު އެރަށްރަށަށް ޙިމާޔަތްތެރިކަން ދެއްވިއެވެ.
ލަންދޫ ދޮން ޢަލީގެ އިސްމާޢީލުގެ އަޙުމަދުއާއި އޭނާގެ އަނބި މަރިޔަމްއަށް "ބަންޑާރަ ދަތުރާއި ބޮލުވާރު ކަޑުއްވައިދެއްވައި އެބައިމީހުންނަށް "ބޮލުމަކަނަ" އާއި މަގުމަރަވަޅި (އުށްޖެހި މަރަވަޅި) އާއި ސާލު އާއި (ބާބީ) އާއި ކަސާރީ މުންޑާއި، ހުރަސް ރޮނގު ލުންގިއާއި ބައިންގެހި ފޭއްޔާއި އަންހެނުންގެ ކަންފަތު ރަންމުނަޖާއި ކަރުރަންފައްޓަރާއި އަތުކުރީ ހަވާދުލީ ރިހިއުޅަލާއި އިނގިލި ރަންމުދި "1210ހ. ވަނަ އަހަރު އައްސުލްތާން ހަސަން ނޫރައްދީން 1 ގެ ފަތްކޮޅަކުން ހުއްދަދެއްވާފައިވެއެވެ. އެފަތްކޮޅުގައިވާގޮތުން އެމަރިޔަމް އޭނާގެ ފިރި އަޙުމަދު ގަތުން ވަރިވެއްޖެނަމަ މަރިޔަމްއަށް ހުއްދަ ކުރެވުނު ތަކެތި ބޭނުންކޮށްގެން ނުވާނެކަން އެނގެއެވެ. އާދެ! އެޒަމާނުގައި މިތަކެތި ބޭނުންކުރެވެނީ ރަދުންގެ ހާއްސަ އިޛުނަފުޅެއް ލިބިގެންނެވެ. ލަންދޫއަކީ ކަމުވޮށިގެންވާ ހަރު މީހުން އުޅުނު ރަށެކެވެ (މުޙަންމަދު އިބްރާހިމް ލުތުފީ).
މިސަރަހައްދާ ވަރަށް ކައިރިން ވަރަށް މުސަކުޅި އަކުރަކުން، ހަތަރު ފަރާތުގައި ލިޔެފައިވާ ހިރިގަލެއް ވަނީ ފެނިފައެވެ. މީގައި ހުރީ އިންޑިޔާގައި ވަރަށް ކުރީ ދުވަސްވަރުގައި ބޭނުންކުރި އަކުރެއްގެ ވައްތަރަކުން ލިޔެފައެވެ. މިލިޔުން ދިރާސާ ކުރެއްވި ޕްރޮފެސަރ ގިޕާރޓް ވިދާޅުވަނީ، މީގައި ލިޔެފައިވަނީ ވަޖްރަޔާނާ ބުޑިޒަމްގެ ފަންޑިތައެއް ކަމުގައެވެ. މިގަލުގައިވާ އަކުރަކީ އިންޑިޔާގެ ދެކުނުގައި ބޭނުންކުރި ބްރަހްމީގެ ވައްތަރެކެވެ. ނަމަވެސް މިއަކުރަށް ބައެއް ބަދަލު އައިސްފައިވެއެވެ. މިލިޔުން ހުރީ ވަރަށް ސާފުކޮށް އެނގޭ ގޮތަށެވެ.
ލަންދޫ އާޘާރީ ސަރަހައްދަކީ އިތުރަށް ދިރާސާކޮށް ރައްކާތެރިކުރަންވެފައި އޮތް މުހިންމު އާޘާރީ ސަރަޙައްދެކެވެ.

Subscribe to:
Post Comments (Atom)
1 ޚިޔާލު:
Informative article. You can use a nice screen font with more spacing between the lines. So that it will be easier for us to read. Good job as a starter.
Post a Comment