ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 20 January 2009

ކައުންސެލަރުން!!! ސ

ޙަފްޞީ ޢަބުދުﷲ/ލަންދޫ


އަޅުގަނޑުމެން ގުނަމުން މިދަނީ އަނެއްދިވެހިރާއްޖޭގެ އުފާވެރިދުވަސްތަކާއި، ހިތްދަތި ދުވަސްތަކެވެ. އެހެނީ
އެއްބަޔަކު އުފާފާޅުކުރަމުންދާއިރު އަނެއްބަޔަކު އަދިވެސް ތިބީ މާޔޫސްވެ، ހިތާމައިގެ ހިތްދަތި ހާލުގައެވެ. މިފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެގިނައިން އިވޭ އެއް ބަހަކަށް ހަމަގައިމުވެސް " ކައުސެލަރުން " ވާނެއެވެ. އަތޮޅު ކައުންސެލަރުންނާ ރަށު ކައުންސެލަރުންނެވެ.

އަތޮޅު ކައުންސެލަރުން އައްޔަން ކުރުމަށްފަހު މިއަދު އަތޮޅުވެރިންނެއް ނެތެވެ. ނަމަވެސް ރަށުކައުންސެލަރުން އައްޔަން ކުރުމަށްފަހުވެސް ކަތީބުންނާ ބޮޑުކަތީބުންނާ ކުޑަކަތީބުންވެސް އެބަތިއްބެވެ. އެވެސް އައްޔަންކޮށްފައިވާ ބައެކެވެ. ކައުންސެލަރުންނަކީވެސް އައްޔަންކޮށްފައިވާ ބައެކެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުގައި ކައުންސެލަރުން އައްޔަންކުރާނީ އިޞްލާޙީ ހެޔޮބަދަލުތަކަކަށެވެ. އެފަދަ ބަދަލުތަކަކަށް މަގުފަހިކުރުމަށެވެ. އެނަތީޖާ ޙާޞިލްވޭތޯ މިއީ އުފެދޭ ސުވާލެކެވެ. ނަތީޖާ ޙާޞިލްވާނެތޯވެސް ސުވާލުއުފެދެއެވެ. އަޅުގަނޑުވެސް ވިސްނުން ޙިއްޞާކޮށްލާނަމެވެ.
ޤާނޫނު އަޞާޞީގައި ބަޔާންވެގެންވާގޮތުގެ މަތީން ކައުންސިލަކުން ރަށާއި އަތޮޅުތައް ހިންގުމަކީ އަޅުގަނޑު ނުހަނު ތާއީދުކުރާކަމެކެވެ. އެހެނީ އެފަދަ ދުވަހަކުން ރަށާއި އަތޮޅުގެ އެންމެ އިސްމީހާވާނީ އެންމެ ގިނަ މީހުންގެ ރުހުން އޮތް މީހާއަށެވެ. މިހާރަށް ބަލާއިރު ކަތީބާ، ބޮޑުކަތީބާ ހިތްހަމަ ނުޖެހޭ އެތައްބަޔަކު ކޮންމެރަށެއްގައިވެސް އެބަތިއްބެވެ. އައްޔަންކުރި ކައުންސެލަރުންނާ މެދު ހިތްހަމަ ނުޖެހޭ އެތައްބަޔަކުވެސް އެބަތިއްބެވެ. އައްޔަންކުރިއިރުވެސް އެކަން އެނގިވަޑައިގަންނަވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށުގެ ކައުންސެލަރުން ކަނޑައެޅުއްވުމުގައި އުނދަގޫތަކަކާ ކުރިމަތިވެފައިވެއެވެ. ނ،އަތޮޅަށް ބެލިނަމަވެސް މިލަދުއާއި، ވެލިދޫ އަދި ލަންދުއަށް ކައުންސެލަރެއް އަންޔަން ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ، ހިޔާލުތަފާތުވެފައިވެއެވެ. އެމް،ޑީ،ޕީއާއި އެޕާރޓީގެ ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި ހިޔާލުތަފާތުވެގެން ދިޔައީ އެޕާރޓީގެ އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން އެމަޤާމް ބޭނުންވުމުންނެވެ. އަދި އެއިން ކޮންމެ ބޭފުޅެއްގެ ފަހަތުގައިވެސް އިސް ބޭފުޅުންގެ ތެރެއިން ބަޔަކު ތިއްބެވުމުންނެވެ. ޕާރޓީގެ ރައީސްކަމާއި،ރިޔާސީ ކެންޑިޑޭޓްކަންވެސް ޕާރޓީގެ ތެރޭން އެތައްބަޔަކު ބޭނުންވިއެވެ. ނަމަވެސް އިންތިޚާބަކުން ނިންމެވީތީ ދައްކާނެ މާބޮޑު ވާހަކަތަކެއް ނެތެވެ. ނަމަވެސް މިފަހަރު ތަފާތެވެ. އިންތިޙާބުކުރީކީނޫނެވެ. އައްޔަން ކުރީއެވެ. ޑިމޮކްރަސީގެ އުޞޫލުން ކަންކުރާއިރު އިންތިޙާބުނުކުރީ ކީއްވެތޯއެވެ؟ ޤާނޫނުގައި ބަޔާންކޮށްފައިވަނީވެސް އިންތިޙާބުކުރުމަށެވެ. މަޖިލީހުގެ ރުހުމާ ނުލައި ކައުންސެލަރުން އައްޔަންކުރި ބީދައިން، އިންތިޙާބުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. އެގޮތް ބަލައިގަންނަ މީހުންވެސް ގިނަވާނެއެވެ. ނަމަވެސް މައްސަލައަކީ އިންތިޙާބެއް ބާއްވައިފިނަމަ، ބައެއް ރަށްރަށުން އިދިކޮޅު ޕާރޓީތަކުގެ ކެންޑިޑޭޓުން ކާމިޔާބުހޯއްދަވާނެކަން ޔަޤީންވުމެވެ. އެފުރުޞަތުނުދީވެސް އިންތިޚާބުބޭއްވިދާނެއެވެ. އެހެނީ އެމް،ޑީ،ޕީގެ އެކްޓިވިސްޓުންގެ ތެރޭން ނަގާ ބައެއްގެ މެދުގައި ވޯޓްލެވިދާނެއެވެ. އެހެން ޕާރޓީތަކަށް ވޯޓްލުމުގެ ފުރުޞަތުވެސް ދޭން ބޭނުންނުވާނަމަ، އެމް،ޑީ،ޕީގެ މެންބަރުންނަށް ވޯޓް ދިނުމުގެ ފުރުޞަތު ހުޅުވާލެވިދާނެނޫންތޯއެވެ. އެގޮތަށް ކަންކުރިނަމަ ޕާރޓީގެ ތެރޭގައި، ޕާރޓީގެ މެންބަރުންގެ ތެރޭގައި އުފެދޭ މައްސަލަތަކާއި، އޮންނަ ގުޅުމަށް ކުރާ އަސަރު ކުޑަވާނެކަން ގައިމެވެ. ކައުންސެލަރުންގެ މައްސަލާގައި ޕާރޓީއަށް ޤުރުބާންވަމުންދިޔަ މެންބަރުންގެ ތެރޭގައިވެސް މައްސަލަޖެހެމުންދާތަން ފެންނަމުން އެބަދެއެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު، ކައުންސެލަރުންގެ ގޮތުގައި މިއަދު ތިބީ ތައުލީމީ ބައެއް ބޭފުޅުންނާ، ލޮރީ ޑްރައިވަރުންނެވެ. އަޑުގަދަކުރާ މީހުންނާ، ރިޔާސީ އިންތިޚާބުގައި ވޯޓް ގަނެދިން މީހުންނެވެ. ރަށުއޮފީހުގައި ގޮނޑިއެއް މޭޒެއް ނެތި ކަތީބުން ރަށުތެރޭގައި އެނބުރެނީއެވެ. ރަށްފުށުގައި ބައިބައިވުން އުފެދި ދެބަޔަށް ބެހެނީއެވެ. ނަމަވެސް އެއްބަޔަކު ކައުންސެލަރުންގެ ރުހުމާ ތާއީދު ހޯދުމަށް ސަނާކިޔަނީއެވެ. މިއީ އިޞްލާޙީ ހެޔޮބަދަލުތަކެއް ފެށުމެވެ. ފަހުން ރަނގަޅުވާނެއެވެ. ތިރީސް އަހަރުގެ ނުކުޅެދޭ ސަރުކާރެއް ބަދަލުކޮށް، ކުޅެދޭ ސަރުކާރަކަށް ބަދަލުވުމަށް ކެތްތެރިވާންވާނެއެވެ. ހެޔޮވެރިކަމެއް ކުރެވޭނީ ކެތްކޮށްގެންނެވެ.

1 ޚިޔާލު:

shaffa said...

hafsy! It was really nice...kyp up the gud work...i really appreiate ur work..